Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-ލުބުނާން

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ޤާއިމު ކުރި އެއްބަސްވުމުގެ 14 ނުކުތާ އެމެރިކާ އިން ހާމަ ކޮށްފި

މި އޮނިގަނޑުގެ ދެވަނަ ނުކުތާގައި ބަޔާން ކޮށްފައިވާ ގޮތުން، އިޒްރޭލް އާއި ލުބުނާންގެ ސަރުކާރުން ވަނީ ތަރުތީބު ކުރެވިފައިވާ، ދެފަރާތުން އަމަލު ކުރަންޖެހޭ މަރުހަލާ ތަކަކަށް އެއްބަސްވެފައި. މި މަރުހަލާ ތަކުގެ ދަށުން ލުބުނާންގެ މުޅި ސަރަހައްދުގެ މައްޗަށް އެ ގައުމުގެ އަސްކަރިއްޔާގެ ފުރިހަމަ ބާރާއި ސިޔާދަތީ ބާރު އަލުން ގާއިމު ކުރުމަށް ވަނީ ނިންމާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖޫން 2026 | ހޮނިހިރު 10:05
އިޒްރޭލް އިން ދެކުނު ލުބުނާންގައި ހަރަކާތްތެރިވާ އެ ގައުމުގެ އަސްކަރިއްޔާ (އައިޑީއެފް) ގެ ފައުޖު ތަކުގެ ބައެއް އަނބުރާ ގެންދިއުމާ ގުޅޭ އޮނިގަނޑު އެއްބަސްވުމެއްގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގައި ސޮއި ކުރުމުގެ ތެރެއިން.

އިޒްރޭލް އިން ދެކުނު ލުބުނާންގައި ހަރަކާތްތެރިވާ އެ ގައުމުގެ އަސްކަރިއްޔާ (އައިޑީއެފް) ގެ ފައުޖު ތަކުގެ ބައެއް އަނބުރާ ގެންދިއުމާ ގުޅޭ އޮނިގަނޑު އެއްބަސްވުމެއްގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގައި ސޮއި ކުރުމުގެ ތެރެއިން. | ރޮއިޓާސް

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ 14 ނުކުތާގެ މައްޗަށް އެކުލެވޭ އޮނިގަނޑުގެ ތަފުސީލު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން އާންމު ކޮށްފި އެވެ.

މި އެއްބަސްވުމަކީ އެމެރިކާގެ ވޮޝިންޓަން ޑީސީގައި ދެ ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު އެކުލަވާލާފައިވާ އުސޫލު ތަކެކެވެ.

މި އޮނިގަނޑުގެ ދެވަނަ ނުކުތާގައި ބަޔާން ކޮށްފައިވާ ގޮތުން، އިޒްރޭލް އާއި ލުބުނާންގެ ސަރުކާރުން ވަނީ ތަރުތީބު ކުރެވިފައިވާ، ދެފަރާތުން އަމަލު ކުރަންޖެހޭ މަރުހަލާ ތަކަކަށް އެއްބަސްވެފައި އެވެ. މި މަރުހަލާ ތަކުގެ ދަށުން ލުބުނާންގެ މުޅި ސަރަހައްދުގެ މައްޗަށް އެ ގައުމުގެ އަސްކަރިއްޔާގެ ފުރިހަމަ ބާރާއި ސިޔާދަތީ ބާރު އަލުން ގާއިމު ކުރުމަށް ވަނީ ނިންމާފައި އެވެ.

އެމެރިކާ އިން އާންމުކުރި ލިޔުމުގައިވާ ގޮތުން، ލުބުނާންގެ އަސްކަރިއްޔާގެ ބާރު މުޅި ގައުމުގައި ފެތުރުމަށްޓަކައި، އެ ގައުމުގައި ހަރަކާތްތެރިވާތތރ ދައުލަތުގެ ބާރުގެ ދަށުގައި ނުވާ ހަތިޔާރު އެޅި ޖަމާއަތްތައް ނިގުޅައިގަނެ، އެ ފަރާތްތަކުގެ އަސްކަރީ އިންފްރާސްޓްރަކްޗަރުތައް ނައްތާލަން ޖެހެ އެވެ. މިކަންކަން ފުރިހަމަވަމުންދާ މިންވަރަކަށް ބަލައި، އިޒްރޭލްގެ ސިފައިން ލުބުނާންގެ ސަރަހައްދު ތަކުން މަޑު މަޑުން ފޭބުމަށް ވަނީ ހަމަޖެހިފައި އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާ ކަންކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށް ވެސް އެ ލިޔުމުގައި ފާހަގަ ކޮށްފައިވެ އެވެ. މީގެ ބޭނުމަކީ ލުބުނާންގެ ދެކުނު ސަރަހައްދުގައި ހަމައެކަނި އެ ގައުމުގެ ރަސްމީ އަސްކަރިއްޔާގެ ބާރު އޮތްކަން ޔަގީން ކުރުމެވެ.

މި 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމުގައި ހިމެނޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ވަގުތު ތަކުގައި ހާމަ ކުރަމުންދާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ވަނީ ބުނެފައި އެވެ. މި އެއްބަސްވުމަކީ މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކަށް ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އިސްރާއީލްލުބުނާންއިޒްރޭލް-ލުބުނާން ހަމަނުޖެހުންއެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް

އިތުރަށް ކިޔާލަން

26 ޖޫން 2026

އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ

26 ޖޫން 2026
އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ
25 ޖޫން 2026

ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި

25 ޖޫން 2026
ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށަށް ގޮސްފި
25 ޖޫން 2026

އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް

25 ޖޫން 2026
އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް
25 ޖޫން 2026

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް

25 ޖޫން 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް
24 ޖޫން 2026

އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ލުބުނާނުގައި ދެ މީހަކު މަރު

24 ޖޫން 2026
އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ލުބުނާނުގައި ދެ މީހަކު މަރު
24 ޖޫން 2026

އިޒްރޭލު ސިފައިން ހިފާފައިވާ ލުބުނާނުގެ ބައެއް ސަރަހައްދުތައް އެ ގައުމުގެ އަސްކަރިއްޔާއާ ހަވާލުކުރުމަށް މަޝްވަރާކުރަނީ

24 ޖޫން 2026
އިޒްރޭލު ސިފައިން ހިފާފައިވާ ލުބުނާނުގެ ބައެއް ސަރަހައްދުތައް އެ ގައުމުގެ އަސްކަރިއްޔާއާ ހަވާލުކުރުމަށް މަޝްވަރާކުރަނީ
24 ޖޫން 2026

ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"

24 ޖޫން 2026
ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"
24 ޖޫން 2026

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟

24 ޖޫން 2026
ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟
23 ޖޫން 2026

ލުބުނާން އަކީ އިސްރާއީލުގެ "ޕްލޭގްރައުންޑް" އެއް: ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ

23 ޖޫން 2026
ލުބުނާން އަކީ އިސްރާއީލުގެ "ޕްލޭގްރައުންޑް" އެއް: ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ
23 ޖޫން 2026

އެމެރިކާގެ އަސްކަރީ އެހީ އަށް ބަރޯސާވުން އިސްރާއީލުން ހުއްޓާލަން ޖެހޭ: ނަތަންޔާހޫ

23 ޖޫން 2026
އެމެރިކާގެ އަސްކަރީ އެހީ އަށް ބަރޯސާވުން އިސްރާއީލުން ހުއްޓާލަން ޖެހޭ: ނަތަންޔާހޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު