Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ އިޚްތިޔާރު އޮތީ ހަމައެކަނި އީރާނަށް ކަމަށާއި، ބޭރުގެ ފަރާތްތަކުން އެކަމަށް ނުފޫޒު ފޯރުވައިފިނަމަ މަސްރަހު އިތުރަށް ގޯސްވާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވި. އެމެރިކާއާއެކު ވެފައިވާ ފަހުމުނާމާގެ ދަށުން 30 ދުވަހުގެ ތެރޭގައި ކަނޑުއޮޅި ހުޅުވުމުގެ މަސައްކަތް ކުރިއަށްދާއިރު، އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓުވުމަށްވެސް އީރާނުން ވަނީ ގޮވާލާފައި.

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 15:54
އިރާގުގެ ވެރިރަށް ބަޣުދާދުގައި 2026 ޖޫން 28 ވީ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ (ވ) އާއި އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިން ވާހަކަފުޅު ދައްކަވަނީ

އިރާގުގެ ވެރިރަށް ބަޣުދާދުގައި 2026 ޖޫން 28 ވީ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ (ވ) އާއި އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިން ވާހަކަފުޅު ދައްކަވަނީ | ތަސްނީމް ނިއުސް އޭޖެންސީ

ތެހެރާނާއި ވޮޝިންޓަނާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާ (އެމް.އޯ.ޔޫ) ގެ ދަށުން، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ އިޚްތިޔާރު އޮތީ ހަމައެކަނި އީރާނަށް ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. އަދި އެކަމުގެ ތެރެއަށް ބޭރުގެ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފިނަމަ، އެކަން އިތުރަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފަ އެވެ.

އަރާގްޗީ މިހެން ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ޣައިރު ގާނޫނީ އުދުވާނީ ހަނގުރާމައަށްފަހު، އީރާނުގެ ބާރުގެ ދަށުގައި އޮތް ހުރްމުޒް ކަނޑުއޮޅީގެ މަސްރަހު އަނެއްކާވެސް ނުތަނަވަސްވެފައިވާ  ދަނޑިވަޅެއްގަ އެވެ. އޭނާ މި ވާހަކަފުޅު ދެއްކެވީ އާދިއްތަ ދުވަހު ބަޣުދާދުގައި އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ހުސައިންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ވެފައިވާ ފަހުމުނާމާގައިވާ ގޮތުން، އީރާނުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން އަދި އެ ގައުމުން ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށްފަހު، 30 ދުވަހުގެ ތެރޭގައި އެ ކަނޑުއޮޅި ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ރުޖޫޢަވާނެ އެވެ.

މި އިންތިޒާމުތައް ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ އުފުލާނީ އީރާނުން ކަމަށް އަރާގްޗީ ވިދާޅުވި އެވެ. އަދި މިކަމުގެ ތެރެއަށް ވަދެގަނެ، އީރާނުން ކުރަމުންދާ މަސައްކަތްތަކާ ތަފާތު އާ އިންތިޒާމުތަކެއް ހަމަޖައްސަން އުޅުމަކީ ހުރްމުޒް ކަނޑުއޮޅި ހުޅުވުން ލަސްވެ، މަސްރަހު އިތުރަށް ގޯސްވާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހުރްމުޒް ކަނޑުއޮޅީގައި އުފެދިފައިވާ އާ ނުތަނަވަސްކަމަށް އިޝާރާތް ކުރައްވައި، އީރާނުގެ އެންމެ އިސް ޑިޕްލޮމެޓް ވަނީ އެ ސަރަހައްދު ހުޅުވުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ގޮވާލައްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ފަހުމުނާމާ އޭގެ އަސްލު މަގްސަދުން ބޭރުނުވާނެކަން ކަށަވަރުކުރުމަށްވެސް އޭނާ އެދިވަޑައިގަތެވެ.

ދުނިޔޭގެ ތެލުގެ ބޭނުންތަކުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އީރާނުން ހިފަހައްޓާފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އެ ގައުމަށް ދޭން ފެށި އުދުވާނީ ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތައް ހުއްޓުމަކަށް އައީ އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އިއުލާންކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެކުގަ އެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު ސޮއިކުރި ފަހުމުނާމާގައި، ލުބުނާން ހިމެނޭހެން ހުރިހާ ފަރާތްތަކަކުން ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން 30 ދުވަހުގެ ތެރޭގައި އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދު އުވާލައި، ހުރްމުޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުފަހަރަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށްވެސް އެ އެއްބަސްވުމުގައިވެ އެވެ.

މީގެ އިތުރުން، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް އަދިވެސް ހުއްޓާނުލާ ކުރިއަށްގެންދާތީ އެކަމާ ހިތާމަކުރައްވާ ކަމަށް އަރާގްޗީ ވިދާޅުވި އެވެ. އަދި ވެފައިވާ އެއްބަސްވުމުގެ ދަށުން، ޒަޔަނިސްޓް އިސްރާއީލުގެ ހަމަލާތައް އެމެރިކާއިން ހުއްޓުވަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި އިސްރާއީލުގެ ޣައިރު ގާނޫނީ އުދުވާނުގެ ޝިކާރައަކަށްވި އީރާނުގެ ރައްޔިތުންނާ މެދު އިރާގު ސަރުކާރާއި އެ ގައުމުގެ ރައްޔިތުން ބެހެއްޓި ގާތްކަމާއި ދެއްވި އެއްބާރުލުމަށްޓަކައި އަރާގްޗީ ވަނީ އިރާގަށް ޝުކުރު އަދާކުރައްވާފަ އެވެ.

މަސްދަރު: ޕްރެސްޓީވީ

ހުރްމުޒް ކަނޑުއޮޅިއައްބާސް އަރަގްޗީއީރާން-އެމެރިކާއީރާން-އިޒްރޭލްލުބުނާން

އިތުރަށް ކިޔާލަން

28 ޖޫން 2026

އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި

މި އޮޕަރޭޝަނުގައި ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ މުހިންމު އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ދިން ރައްދެއް ކަމަށް އީރާނުން ބުނޭ.

28 ޖޫން 2026
އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި
28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ އެމެރިކާ އަށް އިތުރަށް ބުއްދިވެރިކަމާ އެކު ކަންކަން ކުރިއަށް ނުގެންދެވޭނެ ނުކުތާ އަކަށް ދާނެ ކަމަށާއި، އެހެންވެއްޖެ ނަމަ ވަރަށް ކާމިޔާބުކަމާ އެކު ފެށި މަސައްކަތް ސިފައިންގެ ބާރުން ނިންމަން މަޖުބޫރު ވެދާނެ ކަމަށް. އަދި އެހެންވެއްޖެ ނަމަ އީރާން އިތުރަށް ދެން ނޯންނާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި.

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
28 ޖޫން 2026

އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު

ބަހްރެއިންގެ އިންޓީރިއާ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ ހަމަލާތަކާ ގުޅިގެން މުހައްރަ ސަރަހައްދުގެ އިމާރާތަކަށް ގެއްލުން ތަކެއް ލިބިފައިވީ ނަމަވެސް، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ އަށް ގެއްލުން ވެފައި ނުވާ ކަމަށް.

28 ޖޫން 2026
އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު
28 ޖޫން 2026

އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުން މިހާރަަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށާއި، އެހެން ނޫނީ އެކަން ކުރުމަށް އޭނާ އަށް މަޖުބޫރު ކުރުމަށް ކޯޓަށް މައްސަލަ ގެންދާނެ ކަމަށް.

28 ޖޫން 2026
އެމެރިކާ އިން އީރާން އަށް ހަމަލާ ދިނީ ކޮންގްރެސް އިން ފާސް ކުރި ޤަރާރާ ޚިލާފަށް: ރޯ ކަންނާ
28 ޖޫން 2026

ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި

އާދީއްތަ ދުވަހު އީރާން އިން ދިން މި ހަމަލާތަކާ އެކު ބަހްރެއިންގައި ނުރައްކަލުގެ ސައިރަން އަޅާފައިވާއިރު، ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އީރާންގެ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ކޮށްފައި.

28 ޖޫން 2026
ބަހްރެއިން އާއި ކުވެއިތަށް އީރާން އިން ހަމަލާ ތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު