Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

1 ޖުލައި 2026 | ބުދަ 11:53

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާގައި ގާއިމުކޮށްފައިވާ ރައްކާތެރިކަމުގެ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ހިޒްބުاللهގެ އަތުގައި ހަތިޔާރު ނެތްކަން ކަށަވަރުނުވަނީސް ލުބުނާނުން ސިފައިން ނުބާލާނެ ކަމަށާއި، އީރާނުން ހަމަލާއެއް ދީފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 11:53
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް | ރޮއިޓާސް

އިސްރާއީލުގެ ސިފައިން ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާގައި ގާއިމުކޮށްފައިވާ "ސެކިއުރިޓީ ޒޯން" ނުވަތަ ރައްކާތެރިކަމުގެ ސަރަހައްދުތަކުން ފޭބުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ކަމަށާއި، އެ ސަރަހައްދުތަކުގައި ސިފައިން ދެމިތިބޭނެ ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވީ، އެ ގައުމުގެ ރައްޔިތުންނާއި އާބާދީތައް ހިމާޔަތްކުރުމަށްޓަކައި، އިސްރާއީލް ޑިފެންސް ފޯސް (އައިޑީއެފް) އިން ލުބުނާނާއި، ސޫރިޔާ އަދި ގައްޒާގެ ރައްކާތެރިކަމުގެ ސަރަހައްދުތަކުގައި ވަކި މުއްދަތެއް ނެތް ގޮތަށް ދެމިތިބޭނެ ކަމަށެވެ.

Advertisement - worldAdvertisement

2006 ވަނަ އަހަރު ލުބުނާނުގައި ކުރި ހަނގުރާމައިގައި މަރުވި އިސްރާއީލު ސިފައިންގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ކަޓްޒް ވިދާޅުވީ، އެ ގައުމުން ގާއިމުކޮށްފައިވާ ރައްކާތެރިކަމުގެ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެން އީރާނުން އިސްރާއީލަށް ހަމަލާއެއް ދީފިނަމަ، އީރާނަށް "ފުރިހަމަ ބާރާއެކު" ހަމަލާދޭނެ ކަމަށް ބުނެ ކަޓްޒް ވަނީ ކުރިން ދީފައިވާ އިންޒާރު އަލުން ތަކުރާރު ކުރައްވާފަ އެވެ.

އިސްރާއީލާއި ލުބުނާނާ ދެމެދު ސުލްހަ ގާއިމުކުރުމަށާއި، އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތުން ހަތިޔާރު ގެންގުޅުން ހުއްޓުވުމަށް މަގުފަހިކުރުމުގެ ގޮތުން، އެމެރިކާގެ މެދުވެރިކަމުގައި އެކުލަވާލި އޮނިގަނޑު އެއްބަސްވުމެއްގައި ދެ ގައުމުން ހުކުރު ދުވަހު ވަނީ ސޮއިކޮށްފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން އެ ގައުމުގެ އިސް އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އިސްރާއީލު ސިފައިންނާއި ހިޒްބުاللهގެ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުން ސިފައިން ބޭލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 4,300 މީހުން ވަނީ މަރުވެފަ އެވެ.

އިސްރާއީލު އަސްކަރިއްޔާއިން ބުނާ ގޮތުގައި، މާރިޗު މަހުގެ ކުރީކޮޅު ހަނގުރާމަ ފެށުނު ފަހުން ލުބުނާނުގައި އެ ގައުމުގެ 38 ސިފައިންނާއި މަދަނީ މަސައްކަތްތެރިއަކު ވަނީ މަރުވެފަ އެވެ.

ސޫރިޔާގެ ޒަމާންވީ ވެރިޔާ ބައްޝާރުލް އަސަދު މަގާމުން ދުރުކުރި ފަހުން، އެ ގައުމުގެ ދެކުނުގައި ހަތިޔާރު ނެތް ސަރަހައްދެއް (ޑީމިލިޓަރައިޒްޑް ޒޯން) ގާއިމުކުރުމުގެ ބޭނުމުގައި އިސްރާއީލުން ދަނީ ތަކުރާރުކޮށް ސޫރިޔާއަށް އަރައިގަނެ ބޮން އަޅަމުންނެވެ.

ޣައްޒާގެ ހާލަތަށް ބަލާއިރު، އެ ސަރަހައްދުގެ ގާތްގަނޑަކަށް 70 އިންސައްތަ މިހާރު އޮތީ އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގައެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްރާއީލު އަސްކަރިއްޔާއިން ދަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެއް ފަރާތުން އަނެއް ފަރާތުން ޚިލާފުވަމުންދާ ކަމަށް ބުނެ އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތު ކުރަމުންނެވެ.

އިސްރާއީލްލުބުނާންސޫރިޔާޣައްޒާހިޒްބުﷲއީރާން

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އދ. ފޭލުވަނީތަ؟ މާހިރުން ވިދާޅުވީ އދ.ގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ހުރިކަމަށް!

24 ސެޕްޓެމްބަރު 2026
އދ. ފޭލުވަނީތަ؟ މާހިރުން ވިދާޅުވީ އދ.ގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ހުރިކަމަށް!
23 ސެޕްޓެމްބަރު 2026

އިސްރާއީލުން ހަމަލާދީ، ބިންތައް ހިފަމުންދާއިރު ގުޅުން ގާއިމެއް ނުކުރެވޭނެ: ސޫރިޔާގެ ޝަރްޢު

23 ސެޕްޓެމްބަރު 2026
އިސްރާއީލުން ހަމަލާދީ، ބިންތައް ހިފަމުންދާއިރު ގުޅުން ގާއިމެއް ނުކުރެވޭނެ: ސޫރިޔާގެ ޝަރްޢު
23 ސެޕްޓެމްބަރު 2026

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި

23 ސެޕްޓެމްބަރު 2026
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
23 ސެޕްޓެމްބަރު 2026

ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ

23 ސެޕްޓެމްބަރު 2026
ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ
23 ސެޕްޓެމްބަރު 2026

ދެ ދައުލަތުގެ ހައްލަށް އޮތް ތާއީދު ހަމައެކަނި ބަސްތަކަކުން ނިންމާލެވޭކަށް ނެތް: ގުޓެރޭޝް

23 ސެޕްޓެމްބަރު 2026
ދެ ދައުލަތުގެ ހައްލަށް އޮތް ތާއީދު ހަމައެކަނި ބަސްތަކަކުން ނިންމާލެވޭކަށް ނެތް: ގުޓެރޭޝް
23 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟
23 ސެޕްޓެމްބަރު 2026

އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު

23 ސެޕްޓެމްބަރު 2026
އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު
22 ސެޕްޓެމްބަރު 2026

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2026
އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
22 ސެޕްޓެމްބަރު 2026

ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި

22 ސެޕްޓެމްބަރު 2026
ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް