Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމުގެ ބާރުވެރިކަން ވަޒީރަކަށް ނުވަތަ ސަރުކާރުގެ ނުފޫޒު އޮންނަ އެއްވެސް ބޭފުޅަކަށް ދީގެންނުވާނެ: މެންބަރު ދީދީ

6 ޖުލައި 2026 | ހޯމަ 08:53

ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ މަގުސަދު ރަނގަޅު ނަމަވެސް، ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމުގެ ބާރު ސިޔާސީ ނުފޫޒު އޮންނަ ވަޒީރަކަށް ނުވަތަ ސަރުކާރުގެ އިދާރާއަކަށް ދިނުމާމެދު މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. އެހެން ގައުމުތަކެކޭ އެއްފަދައިން މިފަދަ ނިޒާމުތައް ހިންގަންވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއަކުން ކަމަށާއި، މި ބިލު އިތުރަށް ދިރާސާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި. މަޖިލީހުން މިހާރު ވަނީ މި ބިލު ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖުލައި 2026 | ހޯމަ 08:53
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމުގެ ބާރުވެރިކަން ވަޒީރަކަށް ނުވަތަ ސަރުކާރުގެ ނުފޫޒު އޮންނަ އެއްވެސް ބޭފުޅަކަށް ދީގެންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ، ޑިޖިޓަލް އައިޑެންޓިޓީގެ ބިލު މުހިންމު ކަމަށާއި، ބިލުގެ  މަގުސަދު ރަނގަޅު ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިސަރުކާރުގެ މަގުސަދާމެދު ސުވާލު އުފެދޭ ކަމަށާއި، ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމަށް ބޮޑެތި ގާނޫނީ ބާރުތަކެއް ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އަށް ދިނުމުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ބެލެނިވެރި ފަރާތަކަށް ހޯމް މިނިސްޓަރަށްވާތީ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ދިވެހި ހުރިހާ ރައްޔިތުންގެ މައުލޫމާތެއް ޓްރެކްކޮށް، ބޭނުން ގޮތަކަށް ބެލޭގޮތަށް ބާރުވެރިކަން ސިޔާސީ ނުފޫޒު އޮންނަ އެއްވެސް ބޭފުޅަކަށް ލިބިގެން ނުވާނެކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ، މިކަމާއި ގުޅޭގޮތުން ކަމާބެހޭ އެހެން ފަރާތްތަކާއެކު މަޝްވަރާ ކުރަން ޖެހޭ ކަމަށާއި، އިތުރު ދިރާސާތައް ހަދަން ޖެހޭ ކަމަށެވެ. މިއީ ވަރަށް ޓެކްނިކަލް ކަންތައްތައް ހިމެނޭ ބިލެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ގާނޫނުތައް ތަންފީޒު ކުރާ ކަމަށާއި، ނަމަވެސް ހަވާލުކުރަނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮންނަ އޮތޯރިޓީއަކަށް ނުވަތަ މިނިވަން މުއައްސަސާއަކަށް ކަމަށެވެ. އަދި އެގޮތަށް ރާއްޖޭގައި ވެސް އަމަލު ކުރަން ޖެހޭ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ. 

މި ބިލު ފަރުމާކުރެވިފައި އޮތް ގޮތުން މި ހުރިހާ ކަމެއް، ޑިޖިޓަލް އައިޑެންޓިޓީ ވެސް އަދި މޯލްޑިވްސް 2.0 ގައި މި ބޭފުޅުން ހުށަހަޅާ ކަންތައްތައް ވެސް ހުރިހާ ކަމެއްގެ ބެލެނިވެރިޔަކަށް މި ވަނީ ހޯމް މިނިސްޓަރު. ނޫނީ ދައުލަތުގެ ސަރުކާރުން ކަނޑައަޅާ މިނިސްޓްރީއެއްގެ އަތްދަށަށް މި ދަނީ. އޭގެ ސަބަބުން ރައްޔިތުންނަށް އެ ރައްކާތެރިކަން އޮންނާނެކަމާ މެދު ވަރަށް ގިނަ ބަޔަކު އެބަ ސުވާލުއުފައްދާ. ސަބަބަކީ ވަރަށް ގިނަ ފަހަރު، ޚާއްސަކޮށް މި ސަރުކާރުގެ މިކަހަލަ ކަންތައްތައް، ވަޒީރުންނާ ހަވާލުކުރެވިފައި އޮންނަ ކަންތައްތަކުގެ ނާޖާއިޒު ބޭނުންކޮށްގެން ޕާޓީއަށް ނޫނީ ސަރުކާރުން ބޭނުންވާ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކޮށްފައި މީގެކުރިންވެސް ވާތީ. އެހެންވީމާ، ކޮމިޓީގެ މަރުހަލާގައި ވެސް މި ކަންތައްތަކަށް ބަލައި، މީގެ ބެލެނިވެރިޔަކަށް އިންޑިޕެންޑެންޓް ބޮޑީއަކަށް ހިންގާ ވަކި އިދާރާއަކަށް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ހޯމަ ދުވަހުގެ ޖަލްސާގައި މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު ވަނީ 49 މެންބަރުންގެ ވޯޓާއެކު ބަލައިގަނެ ކޮމިޓީއަށް ފޮނުވާފަ އެވެ. މި ބިލު ދިރާސާކުރާނީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީންނެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ފަރުމާކޮށްފައިވާ ގޮތުން އެ މުއައްސަސާއަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގައި މަޖިލީހުގެ މާ ބޮޑު ދައުރެއް ނެތެވެ. އެ ބިލުގައި ބުނެފައިވަނީ އެއީ ހޯމް މިނިސްޓްރީގެ ދަށުން ހިނގާ މުއައްސަސާއެއް ކަމަށާއި، އެ މުއައްސަސާގެ އެންމެހާ ކަންކަމަކާ ބެހޭގޮތުން މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރު ކަމަށެވެ. 

އެ ބިލު ގާނޫނަކަށް ވުމާއެކު 16 ޖެނުއަރީ 2026 ގައި އުފެއްދި މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ވެރިޔެއްގެ ގޮތުގައި ހުންނާނީ ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ އެވެ. ޑިޖިޓަލް ޓެކްނޮލޮޖީ ކޮމިޝަނަރު އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮތީ ރައީސްއަށެވެ. އަދި އޭނާ ޖަވާބުދާރީވާން ޖެހެނީ ހޯމް މިނިސްޓަރާއި ރައީސްއަށެވެ. 

ޑިޖިޓަލް އައިޑެންޓިޓީ ބިލްމޯލްޑިވްސް ޑިޖިޓަލް ސަރވިސްމޯލްޑިވްސް 2.0އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 ޖުލައި 2026

ރާއްޖެ ޑިޖިޓަލައިޒްކޮށް "ޕޭޕަރލެސް" ކުރާ ވާހަކަ ދައްކާއިރު، ދިވެހިން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް" ވެފައި: ޒިޔާދު

06 ޖުލައި 2026
ރާއްޖެ ޑިޖިޓަލައިޒްކޮށް "ޕޭޕަރލެސް" ކުރާ ވާހަކަ ދައްކާއިރު، ދިވެހިން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް" ވެފައި: ޒިޔާދު
05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
05 ޖުލައި 2026

މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!

05 ޖުލައި 2026
މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
22 ޖޫން 2026

މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް

22 ޖޫން 2026
މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް
14 މެއި 2026

ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުން ބޮޑު ކަރީސާއަކަށް ވެފައި!

14 މެއި 2026
ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުން ބޮޑު ކަރީސާއަކަށް ވެފައި!
25 އެޕްރީލު 2026

މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލް އިގުތިސާދުގެ ދާއިރާގައި އަންހެނުންނަކީ ބަސްކިޔޭފަދަ ބަޔަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

25 އެޕްރީލު 2026
މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލް އިގުތިސާދުގެ ދާއިރާގައި އަންހެނުންނަކީ ބަސްކިޔޭފަދަ ބަޔަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
23 މާރިޗު 2026

މި ސަރުކާރުން ވަނީ ރާއްޖޭގެ ޒުވާން އާބާދީ ދުނިޔޭގެ ފަގީރު ގައުމުތަކުގައި އޮންނަ ''ބޮންޑަޑް ލޭބަރ'' ދަރަޖައަށް ވައްޓާލާފައި: މެންބަރު އަހުމަދު ދީދީ

23 މާރިޗު 2026
މި ސަރުކާރުން ވަނީ ރާއްޖޭގެ ޒުވާން އާބާދީ ދުނިޔޭގެ ފަގީރު ގައުމުތަކުގައި އޮންނަ ''ބޮންޑަޑް ލޭބަރ'' ދަރަޖައަށް ވައްޓާލާފައި: މެންބަރު އަހުމަދު ދީދީ
23 މާރިޗު 2026

ރެފަރެންޑަމް އަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ނަގާ ވޯޓެއް: މެންބަރު އަހުމަދު ދީދީ

23 މާރިޗު 2026
ރެފަރެންޑަމް އަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ނަގާ ވޯޓެއް: މެންބަރު އަހުމަދު ދީދީ
07 ފެބުރުއަރީ 2026

ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟

07 ފެބުރުއަރީ 2026
ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް