Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް 2.0

މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް

މޯލްޑިވްސް 2.0 ޑިޖިޓަލް ނިޒާމަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލުމަށް ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ގާނޫނީ ވަކީލު އާސިފް ވަނީ ތުހުމަތު ކުރައްވާފައި. އާސިފް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރައްވަނީ ރައީސް މުއިއްޒުގެ ބޭފުޅެއް ކަމަށާއި، އެކޮމިޝަން މިނިވަން ނުވާނެ ކަމަށް. އަދި މިކަންކަމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރާނެ ކަމަށްވެސް އާސިފް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖޫން 2026 | ހޯމަ 13:37
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު އާދަމް އާސިފް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު އާދަމް އާސިފް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ މޯލްޑިވްސް 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ކަމަށާއި، މިއީ ރޭވިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ވަކީލު އާސިފް ވިދާޅުވީ މިސަރުކާރުން މޯލްޑިވްސް 2.0 މެދުވެރިކޮށް، ގެންނަ ޑިޖިޓަލައިޒޭޝަންއަކީ ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށާއި، އެއީ މިސަރުކާރުގެ ބޭފުޅުން ވަކި ކަމެއް ނުވަތަ ވަކި މަގުސަދެއް ހާސިލް ކުރުމަށް ކުރާ ކަމެއް ކަމަށެވެ. 

އެގޮތުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ 2.0އާއެކު ޑިޖިޓަލް ކުރެވި ޚިދުމަތްތައް ރަނގަޅުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގީ މަގުސަދު ނޫން ކަމާއި، މިއީ ދުރާލާ ރޭވިގެން ވަރަށް ރޭވުންތެރިކަމާއެކު ރައްޔިތުންނަށް ދައްކާ ދަޅައެއް ކަމަށެވެ. 

މީގެ އިތުރުން އާސިފް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރައްވަނީ ރައީސް މުއިއްޒުގެ ބޭފުޅެއް ކަމަށާއި، އެކޮމިޝަން މިނިވަން ނުވާނެ ކަމަށެވެ.

2.0 އަކީ އެއީ ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނަގަން އެނގޭތޯ ވަރަށް ދުރާލާ ހަގީގަތުގައި މި ރައްޔިތުންނަށް ދައްކާފައި އޮތް ދަޅައެއް ގޮތުގައި އަޅުގަނޑު ސިފަ ކުރާނީ. އޭގެ އެއް ނިޝާން ދާދިފަހުން ފެނިގެން އެދިޔައީ. އެއީ ވެރިކަން ކުރާ ޕީއެންސީގެ ރަޖިސްޓްރާ އަށް ހުރި ބޭފުޅެއް މިހާރު އިލެކްޝަން ކޮމިޝަނަށް އެ ލަނީ. އިލެކްޝަން ކޮމިޝަންގެ ރައީސް އަކަށް ނޫނިއްޔާ ނައިބު ރައީސްއަކަށް ލިޔަސް މިސާލަކަށް ރައީސް އަކަށް ކަމަށް ބޮޑަށް ބެލެވެނީ. އެބޭފުޅާ ވާނެ އެތަނަށް އައްޔަން ކޮށްފިއްޔާ ހައްޖު ކޯޕްރޭޝަންގައި އެންމެފަހުން ހުންނެވީ. ދެން 2.0އަކީ ކޮން އެއްޗެއްކަން މިދެންނެވި ރައްޔިތުންނަށް ހަގީގީ މަންޒަރު ފެނިގެންދާނެ ދުވަހަކަށް. 
ގާނޫނީ ވަކީލު އާދަމް އާސިފް 

އެހެންކަމުން ކުރިއަށް އޮތްތަނުގައި އިލެކްޝަން ކޮމިޝަންގައި ގޮތް ނޭނގޭ އެތައް ކަމެއް ހިނގާނެ ކަމަށް އާސިފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކަމާ ދެކޮޅަށް ރައްޔިތުން މަގު މައްޗަށް ނުކުމެ މުޒާހަރާ ކުރާ މަންޒަރު ފެންނާނެ ކަމަށެވެ. 

މޯލްޑިވްސް 2.0އާދަމް އާސިފްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

22 ޖޫން 2026

ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ

22 ޖޫން 2026
ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ
22 ޖޫން 2026

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި

22 ޖޫން 2026
ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި
20 ޖޫން 2026

މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި

20 ޖޫން 2026
މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި
20 ޖޫން 2026

މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ

20 ޖޫން 2026
މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ
19 ޖޫން 2026

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

19 ޖޫން 2026
ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު