Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް ޖަލްސާ

މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!

5 ޖުލައި 2026 | އާދީއްތަ 08:37

މާދަމާގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުން ހުށަހަޅާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއި ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފައި. ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކާ ގުޅޭ މުހިއްމު މައްސަލަތައް ކޮމިޓީތަކުގައި ފުނިޖެހިފައި ހުރި ނަމަވެސް، އެ ކަންކަމަށް އިސްކަން ނުދީ ހަމައެކަނި ސަރުކާރުގެ ބިލުތަކުގެ މަސައްކަތް ކުރިއަށްގެންދާތީ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖުލައި 2026 | އާދީއްތަ 08:37
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން. | ރާއްޖެއެމްވީ

ސަރުކާރުން ހުށަހަޅާފައިވާ ދެ ބިލެއްގެ މަސައްކަތް އެކަނި ހިމަނައި، ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ތާވަލުކޮށްފައިވަނީ ހެނދުނު 09:00 އަށެވެ. މި ޖަލްސާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ދެ ބިލެއްގެ ބަހުސްގެ މަސައްކަތް އެކަންޏެވެ.

އެޖެންޑާގައި ހިމެނިފައިވާ މަސައްކަތަކީ ގައްދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަލީ ހުށަހެޅުއްވި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއި، އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުއްރަޙުމާނު ހުށަހެޅުއްވި ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

މަޖިލީހުގެ އެކި ކޮމިޓީތަކުގައި އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް ފުނިޖެހިފައި ހުރިކަން ފާހަގަކުރެވެ އެވެ. އެ މަސައްކަތްތައް ކުރިއަށް ނުގެންދާ އިރު، އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުޅިންވެސް އަވަސް ޙައްލު ބޭނުންވާ އަދި ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ މުހިއްމު ކަންކަމެވެ.

މި ހިނގަމުންދާ މަޖިލީހުގެ ދައުރުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ ބަދަލުގައި މުޅިންވެސް ފެންނަނީ ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް މާ ބޮޑު ދިރާސާއެއް ނުކޮށް ހުށަހަޅާ ބިލުތަކުގެ މަސައްކަތް އެކަނި ކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތަކުގައި ފުނިޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާއި، ދިރިއުޅުމުގެ ހަރަދު އުފުލުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭ މައްސަލަތައް ހިމެނެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލްޑިޖިޓަލް އައިޑެންޓިޓީ ބިލްއެމްޑީޕީ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

05 ޖުލައި 2026
ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު
04 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން

04 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން
02 ޖުލައި 2026

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް

02 ޖުލައި 2026
ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް
02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
01 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި

01 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި
01 ޖުލައި 2026

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!

01 ޖުލައި 2026
ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް