Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިޖިޓަލައިޒޭޝަން ބިލް

ރާއްޖެ ޑިޖިޓަލައިޒްކޮށް "ޕޭޕަރލެސް" ކުރާ ވާހަކަ ދައްކާއިރު، ދިވެހިން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް" ވެފައި: ޒިޔާދު

6 ޖުލައި 2026 | ހޯމަ 05:49

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވީ، ޤާނޫނުތައް ހުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައިވާ ކަމަށް. ޚާއްޞަކޮށް ސިއްޙީ ދާއިރާގެ ކަންކަން ދޯދިޔާވެ، ޤާނޫނުން ލާޒިމުކުރާ ވަސީލަތްތައް ރަށްރަށުގައި ނެތުމާއި، ދޭންޖެހޭ ފައިސާ ނުލިބި އޮތްކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން ނިޒާމުތައް ޒަމާނީ ކުރުމުގެ ވާހަކަ ދައްކާއިރު، ރައްޔިތުންގެ މާލީ ތަނަވަސްކަމާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށް ޒިޔާދު ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖުލައި 2026 | ހޯމަ 05:49
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު. | މަޖިލިސް

ރާއްޖެ ޑިޖިޓަލައިޒްކޮށް ކަރުދާސް ބޭނުންކުރުން މަދުކުރާ ނުވަތަ "ޕޭޕަރލެސް" ކުރާ ވާހަކަ ދައްކާއިރު، މިއަދު ދިވެހި ރައްޔިތުން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް" ވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑިޖިޓަލައިޒޭޝަން ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ހުސައިން ޒިޔާދު ވިދާޅުވީ، ރާއްޖޭގައި ޤާނޫނުތަކާއި އުސޫލުތައް ހެދިފައި ހުރި ނަމަވެސް، ރައްޔިތުންނަށް ދިމާވެފައިވާ އެތައް ކަމެއް ޙައްލުނުވެ އެބަހުރި ކަމަށެވެ.

ކޮންމެ ކަމެއް ނުވެ އޮންނަނީ ޤާނޫނެއް ނެތިގެން ނޫންކަން ފާހަގަކުރައްވައި، ޒިޔާދު ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒްކޮށް ކަރުދާސް ބޭނުންކުރުން މަދުކުރާ ނުވަތަ "ޕޭޕަރލެސް" ކުރާ ވާހަކަ ދައްކާއިރު، މިއަދު ދިވެހި ރައްޔިތުން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް" ވެފައި ކަމަށެވެ.

ސަރުކާރުގެ އިދާރީ ހިންގުމުގެ ދޯދިޔާކަމުގެ މިސާލެއް ދައްކަވަމުން ޒިޔާދު ވިދާޅުވީ، ބ. އޭދަފުއްޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގެނައި ޑޮކްޓަރުންގެ ޓިކެޓަށްވާ ފައިސާ އަދިވެސް ނުލިބޭ ކަމަށެވެ. އެ ފައިސާ ހޯދުމަށް މިއަދާ ހަމައަށްވެސް ސިޓީގެ ޒަރިއްޔާއިން ފިނޭންސް މިނިސްޓްރީގައި އެދެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ޖިންސީ ކުށުގެ ޤާނޫނުގައި ރާއްޖޭގެ ސިއްޙީ ޚިދުމަތް ދޭ ހުރިހާ ތަނެއްގައި "ރޭޕް އެވިޑެންސް ކިޓް" ހުންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދެ އަހަރު ވެގެންދާއިރު އެ ކިޓު ލިބެން ހުރީ ހަމައެކަނި ހުޅުމާލޭގައި ކަމަށް ޒިޔާދު ވިދާޅުވި އެވެ.

 ޚިދުމަތުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އޭދަފުއްޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގެނައި ޑޮކްޓަރުންގެ ޓިކެޓު ލާރި އަދިވެސް ނުލިބިގެން މިއަދާ ހަމައަށް ފިނޭންސަށް ލިޔެލަ ލިޔެލާ އެތިބީ، ޤާނޫނެއް ހެދިފައި އެބައޮތް އެކަމަށްވެސް، އެއީ ޚިދުމަތެއް، ޖިންސީ ކުށުގެ ޤާނޫނުން ލާޒިމުކުރޭ ރޭޕް އެވިޑެންސް ކިޓް ރާއްޖޭގެ ސިއްޙީ ޚިދުމަތް ދޭ ހުރިހާ ތަނެއްގައި ހުންނަންވާނޭ، މިއަދާ ހަމައަށް ހުރީ ހުޅުމާލޭގައި، ދެ އަހަރުވީ، މިވެސް ފެންނާކަށް ނެތް.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު 

އަތޮޅުތެރޭގެ ސިއްޙީ ޙާލަތަށް އަލިއަޅުވާލައްވަމުން މެމްބަރު ވިދާޅުވީ، މި ސަރުކާރުން އޭދަފުށީ ސިއްޙީ މަރުކަޒުގެ ވާހަކަ ދައްކާއިރު، އެތަނުގެ ޙާލަތު އޮތީ ނުހަނު ދަށުގައި ކަމަށެވެ. އެގޮތުން އެންމެ ކުޑަމިނުން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމެއްވެސް އެތަނުގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ މުޅި އުތުރުގެ ސިއްޙީ ޙާލަތުވެސް މިއަދު އޮތް ގޮތް ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ސަރުކާރުން "މޯލްޑިވްސް 2.0" ގެ ނަމުގައި ޤައުމު ޑިޖިޓަލް ކުރުމުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި ނަމަވެސް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ހުރީ އިންތިހާއަށް ދަށްކޮށް ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާ ސުވާލު ކުރުމުންވެސް އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަކަމީ ހިތާމަހުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މެމްބަރު ޒިޔާދުގެ ވާހަކަ ނިންމަވާލެއްވީ ދިވެހި ރައްޔިތުން މިއަދު ތިބީ ފަޤީރުވެފައިކަން ފާހަގަކުރައްވަމުންނެވެ. ޤައުމުގެ ނިޒާމުތައް ޒަމާނީ ކުރާ ވާހަކަ ދައްކާއިރު، ރައްޔިތުންގެ އަސާސީ ބޭނުންތަކާއި މާލީ ތަނަވަސްކަން އޮތް މިންވަރަށް ސަރުކާރުން ސަމާލުކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޙުސައިން އިޔާދުޑިޖިޓަލައިޒޭޝަންއޭދަފުށިމޯލްޑިވްސް 2.0ރޭޕް އެވިޑެންސް ކިޓް

އިތުރަށް ކިޔާލަން

24 ޖޫން 2026

"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު

24 ޖޫން 2026
"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު
22 ޖޫން 2026

މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް

22 ޖޫން 2026
މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް
19 ޖޫން 2026

ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު

19 ޖޫން 2026
ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު
25 އެޕްރީލު 2026

މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލް އިގުތިސާދުގެ ދާއިރާގައި އަންހެނުންނަކީ ބަސްކިޔޭފަދަ ބަޔަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

25 އެޕްރީލު 2026
މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލް އިގުތިސާދުގެ ދާއިރާގައި އަންހެނުންނަކީ ބަސްކިޔޭފަދަ ބަޔަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
23 އެޕްރީލު 2026

ރައީސް މުއިއްޒު އަތޮޅުތަކުގައި އަޅާ 40،000 ހައުސިންގ ޔުނިޓުގެ ވައުދުފުޅެއް ހައުސިންގ މިނިސްޓަރު ހަނދާނެއް ނެތް

23 އެޕްރީލު 2026
ރައީސް މުއިއްޒު އަތޮޅުތަކުގައި އަޅާ 40،000 ހައުސިންގ ޔުނިޓުގެ ވައުދުފުޅެއް ހައުސިންގ މިނިސްޓަރު ހަނދާނެއް ނެތް
17 އެޕްރީލު 2026

ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު

17 އެޕްރީލު 2026
ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު
16 އެޕްރީލު 2026

ކެބިނެޓް ބަދަލުކުރީ ރަށްރަށުގައި ބިންގާ އެޅި ގޮތަށް، ބަދަލުކޮށްލީ ބޭރު ފޮތިގަނޑު އެކަނި: ޒިޔާދު

16 އެޕްރީލު 2026
ކެބިނެޓް ބަދަލުކުރީ ރަށްރަށުގައި ބިންގާ އެޅި ގޮތަށް، ބަދަލުކޮށްލީ ބޭރު ފޮތިގަނޑު އެކަނި: ޒިޔާދު
12 އެޕްރީލު 2026

ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރޭ: މެންބަރު ޒިޔާދު

12 އެޕްރީލު 2026
ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރޭ: މެންބަރު ޒިޔާދު
03 އެޕްރީލު 2026

ފުވައްމުލަކުން ރާއްޖޭގެ ފުރަތަމަ ސިޓީ ސާވިސް އެޕް "އަފުންސިޓީ" ލޯންޗްކޮށްފި

03 އެޕްރީލު 2026
ފުވައްމުލަކުން ރާއްޖޭގެ ފުރަތަމަ ސިޓީ ސާވިސް އެޕް "އަފުންސިޓީ" ލޯންޗްކޮށްފި
07 ފެބުރުއަރީ 2026

ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟

07 ފެބުރުއަރީ 2026
ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް