Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

5 ޖުލައި 2026 | އާދީއްތަ 12:02

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ޚިދުމަތްތައް ރަސްމީ ގަޑި ނޫން ވަގުތުތަކުގައި ނުލިބޭ މައްސަލައިގައި ސުވާލުކުރުމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހަށް ހާޒިރުކުރުމަށް ހޯމަ ދުވަހުގެ އެޖެންޑާގައި ވަނީ ހިމަނާފަ. މީގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމާއި ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ ބިލުތަކުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ތާވަލުކޮށްފަ. ނަމަވެސް ރައްޔިތުންނާ ގުޅުންހުރި މުހިއްމު ގިނަ މައްސަލަތަކެއް ކޮމިޓީތަކުގައި ފުނިޖެހިފައިވާތީ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 5 ޖުލައި 2026 | އާދީއްތަ 12:02
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު | ރައްޔިތުންގެ މަޖިލިސް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ މައްސަލައިގައި ސުވާލު ކުރުމަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހަށް ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ތާވަލުކޮށްފައިވަނީ ހެނދުނު 09:00 އަށެވެ. މި ޖަލްސާގެ އެޖެންޑާގައި ކުރިން ހިމަނާފައި ވަނީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ދެ ބިލެއްގެ ބަހުސްގެ މަސައްކަތް އެކަންޏެވެ.

އެހެން ނަމަވެސް ފަހުން އެޖެންޑާ އަށް ބަދަލެއް ވަނީ ގެނަސްފަ އެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދް އާ ކުރައްވާ ސުވާލު ވަނީ އެޖެންޑާގައި ހިމަނާފަ އެވެ. 

މެންބަރުގެ ސުވާލުގައި ވަނީ އޮންލައިންކޮށް ޚިދުމަތްތައް ދިނުމުގެ ބޭނުމަކީ ކޮންމެ ތާކު ހުރެގެން ވެސް ކޮންމެ ވަގުތަކު ވެސް ޚިދުމަތް ހޯދަން ފަސޭހަ ކޮށްދިނުން ކަން ފާހަގަ ކުރައްވާފަ އެވެ. އެހެން ނަމަވެސް ރަސްމީ ގަޑި ނޫން ވަގުތުތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ޕޯޓަލް އިން ވެސް ނުލިބޭ ކަމަށާ، އެއީ ކީއްވެގެން ތޯ އަދި އެ މައްސަލަ ހައްލުވާނެ ދުވަހަކީ ކޮބައިތޯ މިނިސްޓަރާ ސުވާލު ކުރެއްވުމަށް މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ. 

އޭގެ އިތުރުން ހޯމަ ދުވަހުގެ އެޖެންޑާ އަށް ވަނީ މަޖިލީހުގެ ރައީސް ގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީ އަށް ފޮނުވުމަށް ވެސް ހިމަނާފަ އެވެ. 

ދެން އެޖެންޑާގައި ހިމެނިފައިވާ މަސައްކަތަކީ ގައްދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަލީ ހުށަހެޅުއްވި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއި، އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުއްރަޙުމާނު ހުށަހެޅުއްވި ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

މަޖިލީހުގެ އެކި ކޮމިޓީތަކުގައި އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް ފުނިޖެހިފައި ހުރިކަން ފާހަގަކުރެވެ އެވެ. އެ މަސައްކަތްތައް ކުރިއަށް ނުގެންދާ އިރު، އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުޅިންވެސް އަވަސް ޙައްލު ބޭނުންވާ އަދި ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ މުހިއްމު ކަންކަމެވެ.

މި ހިނގަމުންދާ މަޖިލީހުގެ ދައުރުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ ބަދަލުގައި މުޅިންވެސް ފެންނަނީ ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް މާ ބޮޑު ދިރާސާއެއް ނުކޮށް ހުށަހަޅާ ބިލުތަކުގެ މަސައްކަތް އެކަނި ކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތަކުގައި ފުނިޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާއި، ދިރިއުޅުމުގެ ހަރަދު އުފުލުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭ މައްސަލަތައް ހިމެނެ އެވެ.

މިނިސްޓަރ މުޙައްމަދު ސަޢީދުއެމްޑީޕީޑިޖިޓަލް އައިޑެންޓިޓީ ބިލްޓްރާންސްޕޯޓް މިނިސްޓްރީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

05 ޖުލައި 2026

މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު

05 ޖުލައި 2026
މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
05 ޖުލައި 2026

ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ

05 ޖުލައި 2026
ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ
05 ޖުލައި 2026

މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!

05 ޖުލައި 2026
މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!
05 ޖުލައި 2026

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

05 ޖުލައި 2026
ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު
02 ޖުލައި 2026

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް

02 ޖުލައި 2026
ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
29 ޖޫން 2026

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

29 ޖޫން 2026
ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް