Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮންޑަޑް ލޭބަރ

މި ސަރުކާރުން ވަނީ ރާއްޖޭގެ ޒުވާން އާބާދީ ދުނިޔޭގެ ފަގީރު ގައުމުތަކުގައި އޮންނަ ''ބޮންޑަޑް ލޭބަރ'' ދަރަޖައަށް ވައްޓާލާފައި: މެންބަރު އަހުމަދު ދީދީ

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ގިނަ އަދަދެއްގެ ވަޒީފާތައް އުފައްދަނީ ސިޔާސީ ނުފޫޒު ފޯރުވުމަށް ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި. ވަޒީފާގެ ބަޔާނެއް ނެތި އަދި މަސައްކަތް ކުރާނެ ތަނެއް ނެތި ވަޒީފާ ދެމުންދަނީ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައި ކޮންޓްރޯލް ކުރުމަށް ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން، ވަޒީފާގެ ބިރުދައްކައިގެން ހިންގާ މިފަދަ އަމަލުތަކަށް ރައްޔިތުން ހޭލުންތެރިވެ، މި ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 23 މާރިޗު 2026 | ހޯމަ 05:06
ޕީއެންސީން ބޭއްވި ޚާއްސަ ތަރާވީހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ޕީއެންސީން ބޭއްވި ޚާއްސަ ތަރާވީހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ޒުވާން އާބާދީ ދުނިޔޭގެ ފަގީރު ގައުމުތަކުގައި އޮންނަ ''ބޮންޑަޑް ލޭބަރ''  ދަރަޖައަށް ވައްޓާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާތައް އިއުލާން ކޮށްފައިވާ ކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދިން ނަމަވެސް ކުރާނެ މަސައްކަތެއް ނެތް ކަމަށާއި، ވަޒީފާ އަދާކުރަން ދާނެ ތަނެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެރަށެއްގެ އާބާދީގެ ބޮޑު ބަޔަކަށް ވަޒީފާތައް ބަހަމުން ދަނީ މުޅި ރަށް ސަރުކާރުން ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި ކަމަށެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ، މިއަދުގެ ހާލަތު ވަރަށް ތަފާތު ކަމަށާއި، ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑު ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރާ ދެކޮޅަށް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ދަރިފުޅުގެ ކެންޕޭންގައި ސަރުކާރުގައި ވަޒީފާގައި ހުންނަ މަންމަ އަށް ކެންޕޭން ކުރުމުގެ މިނިވަންކަން މިއަދު ނެތް ކަމަށެވެ.

ދެން ވަޒީފާތައް ބަހަމުންދާއިރު ވެސް، ވަޒީފާ އެއް ނެތް، ވަޒީފާގެ ބަޔާނެއް ނެތް، ވަޒީފާ އަދާކުރަން ދާންޖެހޭ ތަނެއް ނެތް. މިކަހަލަ ބައިވަރު މަގާމުތަކެއް އެބަދޭ. އަޅުގަނޑުމެންނަށް މިހާރު ގެޒެޓުން ބަލާލާއިރު އެބަފެނޭ 19 މާރިޗުގައި 20 މާރިޗަށް ޑިއުވާ އިއުލާންތައް. 20 މާޗަށް، 21 މާޗަށް، 50 މީހުން، 15 މީހުން، 20 މީހުން ނަގަން. އެއީ، ވަޒީފާ އެއީ ސަރުކާރަކުން ނޫނީ ސަރުކާރު ދައުލަތުން ހިންގާ ކުންފުންޏަކުން ވަޒީފާއަށް މީހުން ނަގަން އިއުލާންކުރާ ގޮތެއްތޯ. އެހެންވީމާ، މިހާ މި ލަދު ހަޔާތް ކުޑަގޮތެއްގައި އެ ބޭފުޅުން އެކަންތައް ކުރަމުން އެ ގެންދަނީ. ދެން ވަޒީފާތަކަށް ދާއިރު އެބަބުނޭ ތިމަންނަމެންގެ ކެންޑިޑޭޓް ނޮހަވާފިއްޔާ ވަޒީފާއިން ވަކިކުރާނަމޭ. އެ ދަރަޖައަށް އެދަނީ. އެހެންވީމާ، އަޅުގަނޑަށް ދެންނެވޭނީ، މިއީ ދުނިޔޭގެ ބައެއް ފަގީރު ގައުމުތަކުގައި އޮވެނޫންތޯ ބޮންޑަޑް ލޭބަރ، މުޅި ދިވެހިރާއްޖޭގެ ބައެއް ރަށްތަކުގައި މި އޮތް ޒުވާން އަބާދީ މި ފައްތާލަނީ އެދަރަޖައަށް. ވަޒީފާގެ ބިރުވެރިކަމުގައި ވަޒީފާއަށްޓަކައި މުޅި ދިރިއުޅުން ބަދަލުވެގެން އެދަނީ. އެހެންވީމާ، އެދަރަޖައަށް ދިވެހި ރައްޔިތުން ވެއްޓިގެންނުވާނެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ވަޒީފާގެ ނުފޫޒާއި، ބިރުވެރިކަން އިންތިހާއަށް އެބައޮތްކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިއަދު ގިނަ ރައްޔިތުން ސަރުކާރުގެ މި މަޅީގައި ޖެހިފައިވާ ކަަމަށެވެ. މިކަން ބަދަލުކުރުމުގެ ބާރު މިއަދު ރައްޔިތުންގެ އަތުގައި އެބައޮތް ކަމަށާއި، އެމަގަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ވަޒީފާގެ ބިރު ނުދެއްކޭނެ ކަމަށެވެ. 

ބޮންޑަޑް ލޭބަރއައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ފެންނަ ނުފެންނަ ވޯޓުލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

23 މާރިޗު 2026

ރެފަރެންޑަމް އަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ނަގާ ވޯޓެއް: މެންބަރު އަހުމަދު ދީދީ

23 މާރިޗު 2026
ރެފަރެންޑަމް އަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ނަގާ ވޯޓެއް: މެންބަރު އަހުމަދު ދީދީ
22 މާރިޗު 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

22 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި
21 މާރިޗު 2026

ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

21 މާރިޗު 2026
ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟
21 މާރިޗު 2026

ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ

21 މާރިޗު 2026
ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ
20 މާރިޗު 2026

ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

20 މާރިޗު 2026
ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު