Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ

ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟

ރައްޔިތުންގެ ޝަކުވާތައް ސީދާ ސަރުކާރަށް ހުށަހެޅޭނެ މަގު ފަހިކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން 24 ގަޑިއިރު ޚިދުމަތްދޭ 'ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ' އެއް ރައީސް އޮފީހުގައި ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. ސުވާލަކީ ޚިދުމަތް ނުދެވެނީ އޮފީހެއް ނެތިގެންތޯ؟

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 14:20
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަނީ | މަޖިލިސް

2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އެންމެ ބާރަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ އަކީ ރައޔްިތުންގެ އަޑު އެހުމުގެ ވާހަކަ އެވެ. ރައްޔިތުންނަށް އުއްމީދީ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އަމިއްލަ ފުޅު ބަސްމަގުން ވިދާޅުވި އެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ  ޝަކުވާތައް ސީދާ ސަރުކާރަށް ހުށަހެޅޭނެ މަގު ފަހިކޮށްދެއްވާނެ ކަަމަށް ވިދާޅުވި އެވެ. 

’ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ‘ އެއް ރައީސް އޮފީހުގައި ޤާއިމް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން އެއީ ރައްޔިތުންގެ ޝަކުވާތައް ސަރުކާރަށް ފޯރުކޯށް ނުދެވުމުގެ ހައްލު ކަމަށް ސިފަކުރެއްވި އެވެ. ސުވާލަކީ ޝަކުވާތައް ސީދާ ސަރުކާރަށް ހުށަނޭޅިގެން އުޅެނީ އޮފީހެއް ނެތިގެން ތޯ އުފެދޭ ސުވާލެވެ.

މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައްޔިތުން ހުށަހަޅާ ސިޓީބިޓީ އަށް ޖަވާބެއް ނުލިބެ އެވެ. ރައީސް އާއި ކީއްކުރަންތޯ ވަޒީރަކާއި ބައްދަލުކުރުމަށް އެޕޮއިންޓްމެންޓަކަށް އެދުނަސް ގިނަ ފަހަރު ހަމަ ބަހަބަރެވެ. އެޕޮއިންޓްމެންޓެއް ލިބެނީ ދަމަކުން ބަޑި އެއް ޖަހާހެންނެވެ. މެއިލް އެއް ރައީސް އޮފީހަށް ފޮނުވިޔަސް އޭގެ މުއާލާތް ކެނޑޭ އިރު ވެސް ޖަވާބެއް ނުދެ އެވެ. މި ހުރިހާ ކަމެއް މިހެން ހިނގަނީ އޮފީހެއް ނެތީމަ ކަމަށް ވެދާނެ ނޫންތޯ އެވެ!

24 ގަޑިއިރު ޚިދުމަތްދޭ  އޮފީހެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު ރަސްމީ ގަޑީގައި ވެސް ސަރުކާރަށް އުޅެނީ ރައްޔިތުންނަށް ޚިދުމަތް ނުދެވިގެންނެވެ. ރައީސް ވިދާޅުވި ވާހަކަ އަށް ބަލާލާނަމެވެ. މި ބިއުރޯގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އޮތް އިރު ޕީއެންސީގެ ބައެއް މެމްބަރުންނަށް ރައްޔިތުންގެ އަރިހަށް ވަޑައިނުގެންނެވޭ ތަނުގައި ފޯނުކޯލަށް ވެސް ޖަވާބު ނުދެއްވެ އެވެ. އެހެންވީމަ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން އޮފީހެއް ބޭނުންވެދާނެ އެވެ.

ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ އިރު މި ބުނާ ބިއުރޯއަކީ ސިޓީ، އީމެއިލް، ފޯނު، އަދި ސޯޝަލް މީޑިއާ ފަދަ ތަފާތު ވަސީލަތްތައް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތައް ބަލައިގަންނަ ތަން ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވީމަ ރައީސް އެ ވިދާޅުވާ ވާހަކަ އަކީ ބިއުރޯ އެއް ނެތިގެން ކުރިން ފޮނުވި ސިޓީ އާއި މެއިލް އަށް ޖަވާބު ނުދެވޭ ވާހަކަތޯއެވެ؟ އެހެންވީމަ ރައީސް އޮފީހުގެ ޒިންމާ އަދާ ނުކުރެވެނީތާ އެވެ!

މިކަން ވެސް ދާނީ މޯލްޑިވްްސް 2.0 ދިޔަ އުސޫލުންނެވެ. މޮޅު ހެޑްލައިންތައް ހަދާ ކުލަ ގަދަ ހަފްލާތައް ބާއްވާފައި ކަންކަން ދާނީ ތޮޅިއަށެވެ. ވާނެ ކަމަކީ އަނެއްކާ ވެސް މި އޮފީހަށް ވެސް އިތުރު ސިޔާސީ މުވައްޒަފުން ލުމާއި އިތުރު ވަޒީފާތަކެއް ބަހާލުމެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލިސްސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޕީއެންސީމޯލްޑިވްސް 2.0

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

07 ފެބުރުއަރީ 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު، ފަލާހު އެދުނީ ކައުންސިލްތަކުން އެހީތެރިކަން ދިނުމަށް

ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު، ފަލާހު އެދުނީ ކައުންސިލްތަކުން އެހީތެރިކަން ދިނުމަށް

07 ފެބުރުއަރީ 2026
ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު އޮތް ކަމެއް: އިނގިރޭސިވިލާތް

ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު އޮތް ކަމެއް: އިނގިރޭސިވިލާތް

06 ފެބުރުއަރީ 2026
އެއްވެސް ވައުދެއް ނުފުއްދައި, ރައްޔިތުން "ގުނބޯ ހައްދަން" ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުއްޓަށް

އެއްވެސް ވައުދެއް ނުފުއްދައި, ރައްޔިތުން "ގުނބޯ ހައްދަން" ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުއްޓަށް

06 ފެބުރުއަރީ 2026
 އަބްދުއްރަހީމްގެ ކޮއްކޮ ޕީއެންސީ އާއި ދެކޮޅަށް ވާދަކުރަން ނިންމާފައި ވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރު ވަޒީފާ އިން ވަކިކޮށްފި

އަބްދުއްރަހީމްގެ ކޮއްކޮ ޕީއެންސީ އާއި ދެކޮޅަށް ވާދަކުރަން ނިންމާފައި ވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރު ވަޒީފާ އިން ވަކިކޮށްފި

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު