Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޚިޔާލު ހޯދުމުގެ ވޯޓު

ރެފަރެންޑަމް އަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ނަގާ ވޯޓެއް: މެންބަރު އަހުމަދު ދީދީ

އިންތިޚާބުތައް އެއްކޮށްލުމަށް ބާއްވާ ރެފަރެންޑަމްއަކީ ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި. މި ބަދަލުގެ ސަބަބުން ގާނޫނީ ގޮތުން ގިނަ ސުވާލުތަކެއް އުފެދޭއިރު، އިންތިޚާބުތައް ވަކިން ބޭއްވުމަކީ ރައްޔިތުންގެ ޝަކުވާއެއް އޮތް ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ރަށްރަށުގެ ތަރައްގީއާއި ރައްޔިތުންގެ އަޑު އިއްވުމަށް އޮތް ފުރުސަތު ގެއްލިދާނެތީ މި ވޯޓާ ދެކޮޅަށް މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 04:59
ނޫނެކޭ ކެންޕޭން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ

ނޫނެކޭ ކެންޕޭން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ނަގާ  ރެފަރެންޑަމް ވޯޓަކީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި، ހަމައެކަނި ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅު ވެގެން ނަގާ މަކަރުވެރި ވޯޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ، އެކި ދުވަސްތަކުގައި އިންތިޚާބު ބާއްވާތީ ރައްޔިތުން އެއްވެސް އިރެއްގައި ކަންބޮޑުނުވާ ކަމަށާއި، އެކަމުގެ ޝަކުވާއެއް ނުކުރާ ކަމަށެވެ. 

Advertisement - newsAdvertisement

ކައުންސިލް އިންތިޚާބާއެކު ނަގާ ރެފަރެންޑަމް ވޯޓަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ، މިއީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި ނަގާ ވޯޓެއް ކަމަށާއި، ނަމަވެސް މި ވޯޓު ނަގަނީ ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ކަމަށެވެ.

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިހާރު މިއޮތް ގޮތަށް މި ވޯޓު ނެގުމުން ގާނޫނީ ގޮތުން ވެސް އެތައް ސުވާލެއް އުފެދިފައިވާ ކަމަށާއި، މި ވޯޓަށް ސުވާލު ކުރާ ގޮތް ވެސް ގޯސް ކަމަށެވެ. 

މަޖިލިސް މެންބަރުން މި ތިބީ ފަސް އަހަރަށް ހުވާ ކޮށްގެން. ދެން އަނެއްކާ މިއީ ހަތަރު އަހަރާ ހަ މަހަށް ބަދަލުވީމަ އެ ހުވަޔަށް ވަނީ ކިހިނެއްތޯ؟ ހުވާ ބަދަލުކުރަނީ ތޯ؟ މިކަހަލަ ބައިވަރު ސުވާލުތައް މި އިނީ. ގާނޫނީ އެތައް ސުވާލެއް ވެސް އެބަ އުފެދޭ. ދެން މީގެ ސަބަބުން އުފެދިގެންދާނެ ޕްރެޒިޑެންޓަކީ، މިސާލަކަށް، ދެން އަންނަ މި މަޖިލީހަކުން ޑިސައިޓް ކޮށްފާނެ އެ ސިޓިންގ ޕްރެޒިޑެންޓްގެ ޓާމް ކުރުކޮށްލާ މިސާލަކަށް. ދެން ކިހިނެއްތޯ ވާނީ. ރައްޔިތުންނާ މަޝްވަރާނުކޮށް، އެގްޒެކެޓިވް ޕަވަރއިން އެގޮތަށް ނޫނީ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ޑިސައިޑެއް ނުކުރެވޭނެނޫންތޯ. މިއީ ރައްޔިތުންނާ މަޝްވަރާކޮށްގެން ރައްޔިތުން އެކަމެއް ބޭނުންވެގެން މިކަންތައް އަންނަން ހޭނީ. އެއާ ޚިލާފަށް މިހާރު އަޅުގަނޑުމެން މި ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވެގެން ކުރަން އުޅޭ ކަމެއް. ރައްޔިތުންގެ ބޮލުގައި އަޅުވާފައި މިކަން ކުރަން މި އުޅެނީ ރައީސުލްޖުމްހޫރިއްޔާ. އަޅުގަނޑުމެން ރަށްރަށަށް މި ދާ ދަތުރުގައި ވެސް، އެއްވެސް ރައްޔިތަކު މިކަން ކަންބޮޑުވެގެނެއް ނޫޅޭ. ދެ އިންތިޚާބު، ދެ އިންތިޚާބު ދެ ދުވަހު އޮންނާތީކީ. ރައްޔިތުންނަށް ބޭނުންވަނީ ވެސް ދެ ދުވަހު އޮންނަން.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ރާއްޖޭގެ ސިޔާސީ ސަގާފަތަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަމާއި، ރިޔާސީ ވައުދުތައް ވެސް ފުއްދަމުން ދަނީ އިންތިޚާބުތަކާ ދިމާކޮށްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައްޔިތުންގެ ގާތަށް ދާން މަޖުބޫރުވާ ކަމަށާއި، ނަމަވެސް ސަރުކާރުން ބޭނުންވާ ގޮތަށް ރެފަރެންޑަމް ވޯޓު ކާމިޔާބު ވެއްޖެނަމަ ރައްޔިތުންގެ އަތުން އެބާރު ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މެންބަރު އަހުމަދު ދީދީ ވިދާޅުވީ އިންތިޚާބުތަކާއި ނުލައި ރައްޔިތުން ބޭނުންވާ ކަންކަން ނުވާނެ ކަމަށާއި، ރަށްރަށުގެ ތަރައްގީ ކުރިއަށް ނުދާނެ ކަމަށެވެ. 

އެހެންކަމުން މިއަދު ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ނަގާނުލުމަށް މެންބަރު އަހުމަދު ދީދީ ގޮވާލެއްވި އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓުއައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

22 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

22 މާރިޗު 2026
ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

22 މާރިޗު 2026
އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

21 މާރިޗު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު