Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިނގިރޭސިވިލާތް

އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ

6 ޖުލައި 2026 | ހޯމަ 07:58

އިނގިރޭސިވިލާތުގެ އެންމެ ބޮޑު އަސްކަރީ މަރުކަޒުގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑެއްގެ ތެރެއިން ފެނުނުއިރު، މީގެ ތެރޭގައި ސިފައިންގެ ޒާތީ މައުލޫމާތާއި ހަތިޔާރު ގުދަންކުރާ ތަންތަނުގެ ތަފްސީލު ހިމެނޭ. މި ހާދިސާ ހިނގާފައިވަނީ ބަޖެޓުގެ ދަތިކަމާ ހުރެ އަސްކަރިއްޔާއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށްވާއިރު، މިއީ، އިހުމާލުގެ ސަބަބުން މިފަދަ މައުލޫމާތުތަކެއް އާންމުވި ދެވަނަ ފަހަރު.

ރާއްޖެ އެމްވީ | 6 ޖުލައި 2026 | ހޯމަ 07:58
އިނގިރޭސިވިލާތުގެ ޔޯކްޝަޔަރްގައި ހުންނަ ކެޓެރިކް ގަރިސަން ހެޑްކުއާޓާޒްގެ މަންޒަރެއް.

އިނގިރޭސިވިލާތުގެ ޔޯކްޝަޔަރްގައި ހުންނަ ކެޓެރިކް ގަރިސަން ހެޑްކުއާޓާޒްގެ މަންޒަރެއް. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ އެންމެ ބޮޑު މަރުކަޒުގެ މުވައްޒަފުންގެ މައުލޫމާތާއި ސަލާމަތީ ކަންކަން ބަލަހައްޓާ އުސޫލުތައް ހިމެނޭ ހައްސާސް އަދި ސިއްރު ލިޔެކިޔުންތަކެއް، އުތުރު އިންގްލެންޑްގައި ކުނިވަށިގަނޑެއްގެ ތެރެއިން ފެނިއްޖެ ކަމަށް "ދަ ސަން" ނޫހުން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފި އެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އިނގިރޭސި އަސްކަރިއްޔާއަށް ބޭނުންވާ ބަޖެޓު ނުލިބުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، މަރާމާތު ކުރުމުގެ މަސައްކަތްތައް ފަސްވަމުން ދިއުމުގެ ސަބަބުން، އެ ގައުމުގެ "އެސްޓިއުޓް-ކްލާސް" ގެ ނިއުކްލިއާ ހަކަތައިން ދުއްވާ ފަސް ސަބްމެރިންވެސް މިވަގުތު އޮތީ ބަނދަރުގައި ތާށިވެފަ އެވެ. އަސްކަރީ ބަޖެޓުގެ މައްސަލައިގައި ބޮޑުވަޒީރު ކިއަރ ސްޓާމަރއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ ވަނީ މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

"ދަ ސަން" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކެޓެރިކް ބްރިޖް ސަރަހައްދުގައި ހުރި ކުނި އަޅާ ވަށިގަނޑެއްގެ ތެރެއިން މި ލިޔެކިޔުންތައް ފެނުނީ އާންމު ރައްޔިތަކަށެވެ. އަދި އޭނާ ވަނީ އެ ތަކެތި އެ ނޫހާ ހަވާލުކޮށްފަ އެވެ.

މި ލިޔެކިޔުންތަކުގައި ސިފައިންގެ ނަމާއި ރޭންކުތަކުގެ އިތުރުން، ފޯރިމަރާ ޝިފްޓުތަކުގެ ތަފްސީލާއި، ހަތިޔާރު ރައްކާކޮށްފައި ހުންނަ ތަންތަނުގެ މައުލޫމާތާއި، ސަލާމަތީ އުސޫލުތަކުގެ އިތުރުން ކެޓެރިކް ގެރިސަންއާ ގުޅުންހުރި އެކި ހާދިސާތަކުގެ ރިޕޯޓުތައް ހިމެނޭ ކަމަށްވެ އެވެ. ކެޓެރިކް ގެރިސަންއަކީ އިނގިރޭސި އަސްކަރިއްޔާގެ އެންމެ ބޮޑު މަރުކަޒެވެ.

އިނގިރޭސި އަސްކަރިއްޔާގެ އިންޓެލިޖެންސް އަދި ސެކިއުރިޓީ ދާއިރާގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ ކާނަލް ފިލިޕް އިންގްރަމްއާ ހަވާލާދީ "ދަ ސަން" އިން ބުނީ، މި ލިޔެކިޔުންތަކުގެ ސަބަބުން ދުޝްމަނުންނަށް ނުރައްކާތެރި މައުލޫމާތުތަކެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިއީ ސަލާމަތީ ގޮތުން އޮތް ބޮޑު ނުރައްކަލެކެވެ. އަދި މިއީ ކަންކަން ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން ހާމަވާ، އުސޫލުތަކާ ހިލާފު ކަމެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މިފަދަ ނާޒުކު ލިޔެކިޔުންތައް އުކާލުމުގެ ކުރިން އަންދާލަން ނުވަތަ ނައްތާލަން ޖެހޭނެ ކަމަށެވެ.

މިއީ އިނގިރޭސިވިލާތުގައި އަސްކަރީ ސިއްރުތަކެއް ބޭރުވި ފުރަތަމަ ފަހަރެއް ނޫނެވެ.

މިދިޔަ އަހަރުވެސް ކެޓެރިކް ގަރިސަންގެ ސިފައިންގެ މައުލޫމާތާއި، ޝިފްޓުތައް ބަހާފައިވާ ގޮތާއި، ހަތިޔާރު ދޫކުރާ ތަފްސީލުތައް ހިމެނޭ ލިޔެކިޔުންތަކެއް، ނިއުކާސަލްގެ މަގުމަތީގައި ހުރި ވީދިފައިވާ ކުނި ކޮތަޅަކުން ފެނިގެން ބޭރުވެފައިވެ އެވެ.

މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހު ޕޮލެންޑުގައިވެސް މިފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. އެ ގައުމުގެ "އޮނެޓް" ނޫހުން ރިޕޯޓުކުރި ގޮތުގައި، ކުނިތަކެއްގެ ތެރެއިން އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ވަނީ ފެނިފަ އެވެ. ނަމަވެސް ޕޮލެންޑުގެ އަސްކަރިއްޔާއިން އެ ރިޕޯޓު ދޮގުކޮށް، އެ ނޫހުން ގެންގުޅެނީ ހުއްދަނެތް ސިއްރު ލިޔެކިޔުންތަކެއްގެ ކޮޕީތަކެއް ކަމަށް ބުނެ ތުހުމަތުކޮށްފައިވެ އެވެ.

މަސްދަރު: ސަން

އިނގިރޭސިވިލާތްކިއަރ ސްޓާމާކެޓެރިކް ގަރިސަން

އިތުރަށް ކިޔާލަން

05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ޖުލައި 2026

ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ

05 ޖުލައި 2026
ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ
05 ޖުލައި 2026

ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ

05 ޖުލައި 2026
ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ
05 ޖުލައި 2026

އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް

05 ޖުލައި 2026
އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
04 ޖުލައި 2026

ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ

04 ޖުލައި 2026
ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ
02 ޖުލައި 2026

ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!

02 ޖުލައި 2026
ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!
30 ޖޫން 2026

ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ

30 ޖޫން 2026
ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ
30 ޖޫން 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން

30 ޖޫން 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް