Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވަރލްޑް ކަޕް 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

4 ޖުލައި 2026 | ހޮނިހިރު 04:47

މެމްބަރު ލައިލާ މޮރާން، ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި "އަރލީ ޑޭ މޯޝަން" އެއްގައި ވަނީ، ވަރލްޑް ކަޕްގައި ކޮންގޯއާ ދެކޮޅަށް އިންގްލެންޑުގެ ޓީމުން ދެއްކި މޮޅު ކުޅުމަށް ތައުރީފު ކުރައްވާފައި. އަދި ޤައުމީ ޓީމަށް ކޭން ކޮށްދީފައިވާ މުހިންމު ޚިދުމަތް ތަކުގެ އަގުވަޒަން ކުމުގެ ގޮތުން، އޭނާ އަށް އެ ލަޤަބު އެރުވުމަށް އެ ހުށަހެޅުމުގައި ވަނީ ބާރު އަޅުއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖުލައި 2026 | ހޮނިހިރު 04:47
އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން.

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން. | ރޮއިޓާސް

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަށް "ސަރ"ގެ ލަޤަބު ނުވަތަ ނައިޓްހުޑް އެރުވުމަށް ގޮވާލައި، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އެކި އެކި ސިޔާސީ ޕާޓީ ތަކަށް ނިސްބަތްވާ މެމްބަރުން ގުޅިގެން ކެމްޕެއިނެއް ފަށައިފި އެވެ. 

މި ކެމްޕެއިން ފައްޓަވާފައި ވަނީ ލިބަރަލް ޑިކޮމްރެޓްސްގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ލައިލާ މޮރާން އެވެ. 

މެމްބަރު ލައިލާ މޮރާން، ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި "އަރލީ ޑޭ މޯޝަން" އެއްގައި ވަނީ، ވަރލްޑް ކަޕްގައި ކޮންގޯއާ ދެކޮޅަށް އިންގްލެންޑުގެ ޓީމުން ދެއްކި މޮޅު ކުޅުމަށް ތައުރީފު ކުރައްވައިފަ އެވެ. އަދި ޤައުމީ ޓީމަށް ކޭން ކޮށްދީފައިވާ މުހިންމު ޚިދުމަތް ތަކުގެ އަގުވަޒަން ކުމުގެ ގޮތުން، އޭނާ އަށް އެ ލަޤަބު އެރުވުމަށް އެ ހުށަހެޅުމުގައި ވަނީ ބާރު އަޅުއްވައިފަ އެވެ. 

މި ކެމްޕޭންއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ލައިލާ މޮރާން ވިދާޅުވީ، ހެރީ ކޭން އަކީ ދަނޑު މަތީގައި އަދި ދަނޑުން ބޭރުގައި ވެސް ނަމޫނާ ލީޑަރެއް ކަމަށާއި، އޭނާ ދައްކުވައިދެނީ އިނގިރޭސިވިލާތުގެ މަތިވެރި ސިފަތައް ކަމަށެވެ. އަދި މިއީ މުޅި ޤައުމު އެއްބައިވަންތަ ކުރުވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

ލައިލާ މޮރާން އިތުރަށް ވިދާޅުވީ، ދެން ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އެންޑީ ބާންހަމްގެ ވެރިކަން ރަނގަޅު ގޮތެއްގައި ފެއްޓެވުމަށް ބޭނުންފުޅުވާ ނަމަ، މި ކެމްޕެއިން އަށް ތާއީދު ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އިންގްލެންޑު ޓީމުގެ ހުރިހާ ސަޕޯޓަރުން ވެސް އެ ބޭފުޅަކު ނިސްބަތްވާ ދާއިރާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން މެދުވެރިކޮށް، މި ހުށަހެޅުމުގައި ސޮއި ކުރުމަށް ބާރު އެޅުމަށް އޭނާ ވަނީ ގޮވާލައްވާފައި އެވެ.

ވަރލްޑް ކަޕްގެ ގަދަ 16 ގައި ހޯމަ ދުވަހު މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗަށް އިޝާރާތް ކުރައްވައި ލައިލާ މޮރާން ވިދާޅުވީ، ކޭން އެނބުރި ޤައުމަށް އަންނަން ވާނީ މުބާރާތުގެ ތަށީގެ އިތުރުން، އޭނާ އަށް ހައްގުވާ ނައިޓްހުޑް ލަޤަބާ އެކު ކަމަށެވެ. މި ހުށަހެޅުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުގެ ތާއީދު ލިބެމުން އަންނަ ކަމަށް ވަނީ ފާހަގަވެފައި އެވެ. 

އުމުރުން 32 އަހަރުގެ ކޭން ވަނީ އިންގްލެންޑުގެ ޤައުމީ ޓީމަށް ކުޅެދީފައިވާ 118 މެޗުގައި 84 ލަނޑު ޖަހައިފަ އެވެ. ކޭން އަކީ އިންގްލެންޑުގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ ޤައުމީ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ އެވެ.

ފީފާ ވަރލްޑް ކަޕް 2026އިންގްލެންޑުގެ ގައުމީ ޓީމުއިނގިރޭސިވިލާތްހެރީ ކޭންލައިލާ މޮރާން

އިތުރަށް ކިޔާލަން

04 ޖުލައި 2026

ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ

04 ޖުލައި 2026
ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ
03 ޖުލައި 2026

ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި

03 ޖުލައި 2026
ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި
03 ޖުލައި 2026

ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި

03 ޖުލައި 2026
ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި
03 ޖުލައި 2026

އަލްޖީރިއާ ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑަށް ނޮކްއައުޓުގެ ފުރަތަމަ މޮޅު

03 ޖުލައި 2026
އަލްޖީރިއާ ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑަށް ނޮކްއައުޓުގެ ފުރަތަމަ މޮޅު
03 ޖުލައި 2026

ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ

03 ޖުލައި 2026
ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ
03 ޖުލައި 2026

އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް

03 ޖުލައި 2026
އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް
02 ޖުލައި 2026

އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!

02 ޖުލައި 2026
އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!
02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
02 ޖުލައި 2026

ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!

02 ޖުލައި 2026
ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!
02 ޖުލައި 2026

ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!

02 ޖުލައި 2026
ޖަރުމަނު ޤައުމީ ޓީމާ ކްލޮޕް ހަވާލުވުމުގެ ފުރުސަތު އެބަ އޮތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް