Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ

މި މަޝްރޫއު އަށް "ނަންބަރު 10 ނޯތު" ގެ ނަމުން ނަން ދީފައިވާއިރު، މި އޮފީހުން ކުރިއަށް ގެންދާނެ މައިގަނޑު ތިން މަސައްކަތެއް ބާންހަމް ވަނީ ތަފްސީލު ކޮށްދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 05:09
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަޤާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަޤާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަޤާމަށް ހޮވިވަޑައިގެންފި ނަމަ، ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަމަށް އެންޑީ ބާންހަމް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ބާންހަމް ވިދާޅުވި ގޮތުގައި، މި އޮފީސް ވެގެން ދާނީ އިނގިރޭސިވިލާތުގެ އިދާރީ އޮނިގަނޑަށް ގެންނަ ބޮޑު ބަދަލުގެ މައި މަރުކަޒު ކަމަށެވެ. 

މި މަޝްރޫއު އަށް "ނަންބަރު 10 ނޯތު" ގެ ނަމުން ނަން ދީފައިވާއިރު، މި އޮފީހުން ކުރިއަށް ގެންދާނެ މައިގަނޑު ތިން މަސައްކަތެއް ބާންހަމް ވަނީ ތަފްސީލު ކޮށްދެއްވާފައި އެވެ. 

އެގޮތުން ބާންހަމް ވިދާޅުވީ އެ އޮފީހުގެ އެންމެ މުހިންމު އެއް ބޭނުމަކީ ލަންޑަނަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޤައުމުގެ އުތުރުގެ ސަރަހައްދު ތަކުގެ ތަރައްޤީ އަށް ސީދާ ބޮޑު ވަޒީރުގެ ބެއްލެވުމުގެ ދަށުން މަސައްކަތްތައް ބާރު މިނުގައި ކުރިއަށް ގެންދިޔުމަށެވެ. 

މީގެ އިތުރުން، މެންޗެސްޓަރގައި ޤާއިމު ކުރާ ބޮޑު ވަޒީރުގެ އޮފީހުން އިނގިރޭސިވިލާތުގެ އިޤްތިޞާދީ އަދި އިޖުތިމާއީ ސިޔާސަތުތައް އަލުން ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށް ވެސް ބާންހަމް ވިދާޅުވި އެވެ. ބާންހަމް ސިފަ ކުރެއްވި ގޮތުގައި މިއީ މުޅި އިނގިރޭސިވިލާތުގެ ހިންގުން އަލުން ގުޅާލުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެވެ. 

މި ނިންމުމާ އެކު ސަރުކާރުގެ ނިންމުންތައް ނިންމުމުގައި އާންމު ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބާންހަމް ޤަބޫލު ކުރައްވަ އެވެ. ޚާއްސަކޮށް ޤައުމުގެ އުތުރުގެ ސަރަހައްދު ތަކަށް ދިމާވެފައިވާ ގޮންޖެހުން ތަކަށް ޙައްލު ހޯދުމަށް މި އޮފީހުގެ ސަބަބުން މަގުފަހި ވެގެން ދާނެ ކަމަށް ވެސް ބާންހަމް ފާހަގަ ކުރެއްވި އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް މިފަދަ ވައުދެއް ވެވަޑައިގެންފައި މި ވަނީ އެ ޤައުުމުގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ ވަގުތެއްގައި އެވެ. މި ހުށަހެޅުމަކީ ލަންޑަންގެ ބޭރުގައި ސިޓީ ތަކަށް އިތުރު ބާރު ތަކެއް ދިނުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މޭކާފީލްޑް ދާއިރާގެ މެމްބަރު ކަމުގެ ހުވާ ދާދި ފަހުން ކުރެއްވި ބާންހަމް އަކީ، އެ ޤައުމުގެ ބޮޑު ވަޒީރު ކަމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބޭފުޅާ އެވެ. ވެރިކަން ކުރާ ލޭބާ ޕާޓީގެ ގިނަ މެމްބަރުންނާއި، މިހާރުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ ކެބިނެޓުގައި ހިމެނޭ މިނިސްޓަރުން ވެސް ވަނީ ބާންހަމް އަށް ތާއީދު ކުރައްވާ ކަމަށް ހާމަ ކުރައްވައިފަ އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭޑައުނިންގ ސްޓްރީޓްކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)އެންޑީ ބަރންހަމް

އިތުރަށް ކިޔާލަން

30 ޖޫން 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން

30 ޖޫން 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން
28 ޖޫން 2026

ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ

28 ޖޫން 2026
ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ
27 ޖޫން 2026

އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ

27 ޖޫން 2026
އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ
27 ޖޫން 2026

ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!

27 ޖޫން 2026
ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!
27 ޖޫން 2026

އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ޖަމާވެފައި ހުރި މައްސަލަތައް ނިންމަން 300 އަހަރު ނަގާނެ

27 ޖޫން 2026
އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ޖަމާވެފައި ހުރި މައްސަލަތައް ނިންމަން 300 އަހަރު ނަގާނެ
27 ޖޫން 2026

އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ސްޓާމާ ޕޮޕް ކޯން ބެއްސެވުމުގައި

27 ޖޫން 2026
އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ސްޓާމާ ޕޮޕް ކޯން ބެއްސެވުމުގައި
26 ޖޫން 2026

އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟

26 ޖޫން 2026
އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟
26 ޖޫން 2026

ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން

26 ޖޫން 2026
ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން
26 ޖޫން 2026

ޗާންސެލަރު ރީވްސްގެ ތާއީދު ބާންހަމް އަށް، ގޮވާލެއްވީ އިޤްތިޞާދީ ސިޔާސަތުތައް ދެމެހެއްޓުމަށް

26 ޖޫން 2026
ޗާންސެލަރު ރީވްސްގެ ތާއީދު ބާންހަމް އަށް، ގޮވާލެއްވީ އިޤްތިޞާދީ ސިޔާސަތުތައް ދެމެހެއްޓުމަށް
26 ޖޫން 2026

ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!

26 ޖޫން 2026
ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު