Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް-އެމެރިކާ

އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް

ވޭންސް ވިދާޅުވީ ފާއިތުވި މަދު އަހަރު ތަކުގެ ތެރޭގައި ހަ ބޮޑު ވަޒީރުން ބަދަލުވެފައި ވުމަކީ، ސީރިއަސް ކަމެއް ކަމަށް. އެކަމުން ދައްކުވައި ދެނީ އިނގިރޭސިވިލާތުގެ ސިޔާސަތު ތަކުގައި ބޮޑެތި ގޯސް ތަކެއް އޮތުން ކަމަށައި، ރައްޔިތުން ބޭނުން ވާނީ މުހިންމު ބަދަލު ތަކެއް ގެނައުން ކަމަށް ވެސް ވޭންސް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2026 | އާދީއްތަ 07:36
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ލީޑަރުން ވަނީ ދިގު މުއްދަތަކަށް ފެއިލް ވެފައި ކަމަށާއި، ސިޔާސީ ގޮންޖެހުންތަކާ އެކު ވެސް ދެން ވަޑައިގަންނަވާ ބޮޑު ވަޒީރަކު ރައްޔިތުން ބޭނުންވާ ބަދަލު ތަކެއް ގެނެސްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ. 

ސަންޑޭ ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވޭންސް ވިދާޅުވީ، ވަކި ވަކި ސަރުކާރުތައް އަބަދުވެސް ބަދަލުވަމުން ދިޔުމަކީ އިނގިރޭސިވިލާތުގެ ސިޔާސަތުގައި ވަރަށް "ފުން ނޭވާއެއް" ލާން ޖެހޭ ފަދަ މައްސަލަ ތަކެއް އޮތް ކަމުގެ ހެއްކެއް ކަމަށެވެ. 

ބޮޑު ވަޒީރުގެ މަޤާމުން އިސްތިއުފާ ދެއްވާނެކަން މިދިޔަ މަހުގެ ފަހު ކޮޅު ކިއާ ސްޓާމާ އިއުލާން ކުރައްވާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވައި ވޭންސް ވިދާޅުވީ ބޮޑު ވަޒީރު އިސްތިއުފާ ދެއްވަނީ އެންމެ ދެ އަހަރުގެ ތެރޭގައި އެވެ. އެއާ އެކު، ދެން އިނގިރޭސިވިލާތަށް ވަޑައިގަންނަވާނީ ފާއިތުވި 10 އަހަރުގެ ތެރޭގައި ހަތް ވަނަ ބޮޑު ވަޒީރު ކަމަށް ވެސް ވޭންސް ފާހަގަ ކުރެއްވި އެވެ. 

ވޭންސް ވިދާޅުވީ ފާއިތުވި މަދު އަހަރު ތަކުގެ ތެރޭގައި ހަ ބޮޑު ވަޒީރުން ބަދަލުވެފައި ވުމަކީ، ސީރިއަސް ކަމެއް ކަމަށެވެ. އެކަމުން ދައްކުވައި ދެނީ އިނގިރޭސިވިލާތުގެ ސިޔާސަތު ތަކުގައި ބޮޑެތި ގޯސް ތަކެއް އޮތުން ކަމަށައި، ރައްޔިތުން ބޭނުން ވާނީ މުހިންމު ބަދަލު ތަކެއް ގެނައުން ކަމަށް ވެސް ވޭންސް ވިދާޅުވި އެވެ. 

މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ ފާއިތުވި މަދު އަހަރު ތަކުގެ ތެރޭގައި ހަ ބޮޑު ވަޒީރުން. އެކަމުން އަޅުގަނޑަށް ބުނެދެނީ އިނގިރޭސިވިލާތުގެ ސިޔާސީ މައިދާނުގައި ބޮޑެތި މައްސަލަ ތަކެއް އުޅޭކަން، އަދި ރައްޔިތުން އާދޭސް ކުރަމުން ދަނީ ހެޔޮ ބަދަލު ތަކަަކަށް. އަޅުގަނޑު އުންމީދު ކުރަން އެންޑީ ބާންހަމް، އޭނާ ނޫން ކަމަށް ވެއްޖިއްޔާ އެހެން މީހަކު ވިޔަސް، އެކަން ފުއްދައި ދޭނެ ކަމަށް. ކޮންމެ މީހަކު ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ނަމަވެސް، އިނގިރޭސިވިލާތް އަލުން ހަމަ މަގަށް އަޅުއްވާނެ ކަމަށް އުންމީދު ކުރަން.


ޖޭޑީ ވޭންސް / އެމެރިކާގެ ނައިބު ރައީސް

އެއާ އެކު ވޭންސް ވިދާޅުވީ ދެން ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އެންޑީ ބާންހަމް ވިޔަސް، ނުވަތަ އެހެން ބޭފުޅަކު ވިޔަސް، އެ ބަދަލުތައް ގެނެސް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އައު ބޮޑު ވަޒީރަކީ އިނގިރޭސިވިލާތް ރަނގަޅު މަގުން ކުރިއަށް ގެންދިޔުމާއި، މައްސަލަ ތަކަށް ޙައްލު ހޯއްދަވައި ދެއްވާނެ ބޭފުޅަކަށް ވާނެ ކަަމަށް ވެސް ވޭންސް އުންމީދު ކުރައްވަ އެވެ. 

އެމެރިކާގެ ނައިބު ރައީސް ވޭންސްގެ މި ވާހަކަ ތަކަކީ، އިނގިރޭސިވިލާތުގެ ސިޔާސީ ޙާލަތާ ގުޅިގެން ބައިނަލްއަޤުވާމީ މައިދާނުގައި ފާހަގަ ކޮށްލެވޭ ކަންބޮޑުވުމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. 

މަސްދަރު: ރޮއިޓާސް

އިނގިރޭސިވިލާތްއެމެރިކާ-ބްރިޓަންއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)އެންޑީ ބަރންހަމް

އިތުރަށް ކިޔާލަން

04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

ހޯމް ސެކްރެޓަރީގެ ބެއްލެވުމުގެ ދަށުން މިފަދަ ނިންމުމެއް ނިންމާފައި މި ވަނީ ބައިނަލްއަޤުވާމީ، ޤައުމީ ނުވަތަ ލޯކަލް ފެންވަރުގައި ވަރަށް ޚާއްސަ މުނާސަބަތު ތަކުގައި ބަނގުރާ ލައިސަންސް ގަޑިތައް އިތުރު ކުރުމުގެ ޤާނޫނީ ބާރު ބޭނުން ކޮށްގެން. ހައުސިންގ އެންޑް ކޮމިއުނިޓީ ސެކްރެޓަރީ ގެންދަވަނީ މި ނިންމުމާ ގުޅިގެން، ކައުންސިލް ލީޑަރުންނަށް ރަސްމީކޮށް ސިޓީ އިން އެކަން އަންގަމުން.

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

މެމްބަރު ލައިލާ މޮރާން، ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި "އަރލީ ޑޭ މޯޝަން" އެއްގައި ވަނީ، ވަރލްޑް ކަޕްގައި ކޮންގޯއާ ދެކޮޅަށް އިންގްލެންޑުގެ ޓީމުން ދެއްކި މޮޅު ކުޅުމަށް ތައުރީފު ކުރައްވާފައި. އަދި ޤައުމީ ޓީމަށް ކޭން ކޮށްދީފައިވާ މުހިންމު ޚިދުމަތް ތަކުގެ އަގުވަޒަން ކުމުގެ ގޮތުން، އޭނާ އަށް އެ ލަޤަބު އެރުވުމަށް އެ ހުށަހެޅުމުގައި ވަނީ ބާރު އަޅުއްވާފައި.

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
04 ޖުލައި 2026

ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ

ރިޑްލީ އަކީ، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ އާއި ގާތް ގުޅުމެއް އޮންނަ، ސްޓާމަރގެ އަރިސް ބޭފުޅެއް. މަގާމުން އިސްތިއުފާ ދެއްވާނެކަން އޭނާ ހާމަ ކުރައްވާފައި ވަނީ ލޭބަރ ޕާޓީގެ މުވައްޒަފުންނަށް ފޮނުއްވާފައިވާ އެތެރޭގެ އީމެއިލެއްގައި.

04 ޖުލައި 2026
ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ
03 ޖުލައި 2026

އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް

އީރާނުގެ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން ރާވަމުންދާ ކަމުގެ ކަންބޮޑުވުން އެމެރިކާއިން ފާޅުކޮށް، އެކަމުގެ ސިއްރު އިންޒާރު މެދުވެރިން މެދުވެރިކޮށް ތެހެރާނަށް ވަނީ ދީފައި. ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއެޅިދާނެތީ އެމެރިކާއިން މިފަދަ ފިޔަވަޅެއް އެޅި ނަމަވެސް، އިސްރާއީލުން ބޭނުންވަނީ އީރާނުގެ ލީޑަޝިޕް ބަލިކޮށްލައި އެގައުމުގެ ނުފޫޒު ކުޑަކުރުމަށް. މި ނުރައްކާތަކާ ގުޅިގެން އީރާނުގެ ވަފުދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، އިސްރާއީލުގެ ދެކޮޅުވެރިކަމާއެކުވެސް ދެގައުމުގެ ދެމެދުގައި އޮނިގަނޑު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި.

03 ޖުލައި 2026
އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް
02 ޖުލައި 2026

ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!

އެ ބައްދަލުވުމުގައި ވެސް އޭނާ ވަނީ ސްޓަރމާގެ އިސްތަށިގަނޑު ފުނާ އަޅާފައި ހުންނަ ގޮތުގެ ފޮޓޯއެއް ނަގާފައި. އެ ފޮޓޯގައި ސްޓަރމާ ފެނިވަޑައިގަންނަވަނީ ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓިގެން ހުރެ، ފުނަޔަކުން ބޮލުގައި ފުނާ އަޅާ މަންޒަރު. އެ ފޮޓޯ ހިއްސާ ކުރުމަށް ފަހު، އެ އެކައުންޓުން ބުނެފައި ވަނީ ސްޓަރމާގެ އިސްތަށިގަނޑުގެ ރޭޓިން އަކީ 10 އަކުން 10 އެއް ކަމަށް.

02 ޖުލައި 2026
ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު