Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވަރލްޑް ކަޕް 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

4 ޖުލައި 2026 | ހޮނިހިރު 04:50

ހޯމް ސެކްރެޓަރީގެ ބެއްލެވުމުގެ ދަށުން މިފަދަ ނިންމުމެއް ނިންމާފައި މި ވަނީ ބައިނަލްއަޤުވާމީ، ޤައުމީ ނުވަތަ ލޯކަލް ފެންވަރުގައި ވަރަށް ޚާއްސަ މުނާސަބަތު ތަކުގައި ބަނގުރާ ލައިސަންސް ގަޑިތައް އިތުރު ކުރުމުގެ ޤާނޫނީ ބާރު ބޭނުން ކޮށްގެން. ހައުސިންގ އެންޑް ކޮމިއުނިޓީ ސެކްރެޓަރީ ގެންދަވަނީ މި ނިންމުމާ ގުޅިގެން، ކައުންސިލް ލީޑަރުންނަށް ރަސްމީކޮށް ސިޓީ އިން އެކަން އަންގަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖުލައި 2026 | ހޮނިހިރު 04:50
އިންގްލެންޑުގެ ސަޕޯޓަރުން ތަކެއް އުފާ ފާޅު ކުރާ މަންޒަރު.

އިންގްލެންޑުގެ ސަޕޯޓަރުން ތަކެއް އުފާ ފާޅު ކުރާ މަންޒަރު. | ރޮއިޓާސް

އިނގިރޭސިވިލާތް އަދި ވޭލްސްގެ ޕަބްތައް، ނުވަތަ ބަނގުރާ ވިއްކާ ތަންތަން ހޯމަ ދުވަހުގެ ފަތިހު ފަހެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ އިއުލާން ކުރައްވައިފި އެވެ. 

ބޮޑު ވަޒީރު މިހެން ނިންމަވާފައި ވަނީ ވަރލްޑް ކަޕްގެ ގަދަ 16 ގައި އިންގްލެންޑް އިން މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗާ ދިމާކޮށެވެ. 

ހޯމް ސެކްރެޓަރީގެ ބެއްލެވުމުގެ ދަށުން މިފަދަ ނިންމުމެއް ނިންމާފައި މި ވަނީ ބައިނަލްއަޤުވާމީ، ޤައުމީ ނުވަތަ ލޯކަލް ފެންވަރުގައި ވަރަށް ޚާއްސަ މުނާސަބަތު ތަކުގައި ބަނގުރާ ލައިސަންސް ގަޑިތައް އިތުރު ކުރުމުގެ ޤާނޫނީ ބާރު ބޭނުން ކޮށްގެންނެވެ. ހައުސިންގ އެންޑް ކޮމިއުނިޓީ ސެކްރެޓަރީ ގެންދަވަނީ މި ނިންމުމާ ގުޅިގެން، ކައުންސިލް ލީޑަރުންނަށް ރަސްމީކޮށް ސިޓީ އިން އެކަން އަންގަމުންނެވެ. 

އެކަމާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމަރ ވިދާޅުވީ، އަމިއްލަ ޤައުމަށް ފުޓުބޯޅައިގެ އުފާވެރިކަން އައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ނަމަވެސް، ފުޓުބޯޅަ ސަޕޯޓަރުން ގެޔަށް ދާން ނުޖެހޭނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ. އިންގްލެންޑުން ފުޓުބޯޅަ މުބާރާތް ތަކުގައި ވާާދަކުރާއިރު، އެ ޤައުމުން އާންމު ގޮތެއްގައި ބޭނުން ކުރާ ޝިއާރަކީ "އިޓްސް ކަމިންގ ހޯމް" އެވެ. 

ބޮޑު ވަޒީރު ވިދާޅުވީ މެޗުގެ އެންމެ ފަހު ކަށިގަނޑު ފުމެލަންދެން ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓުމަކީ ޤައުމުގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރަކަށް ވާނެ ކަމަށެވެ. އެއާ އެކު ސްޓާމަރ ވިދާޅުވީ، ޤައުމުގެ ހުރިހާ ރައްޔިތުން އިންގްލެންޑުގެ ޓީމަށް ސަޕޯޓު ކުރާނެ ކަމަށާއި، އިންގްލެންޑަށް ކާމިޔާބު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

އިނގިރޭސިވިލާތުގެ ވިޔަފާރީއާ ބެހޭ މިނިސްޓަރު ކޭޓް ޑިއާޑަން ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ، ކުރިން އެކަމުގެ ހުއްދަ އަށް އެދިފައިވާ ނުވާ ޕަބްތަކަށް ޤަވާއިދުގެ ދަށުން ލުއި ތަކެއް ނުދެވޭނެ ކަމަށެވެ. ނަމަވެސް، ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވާން ފެށުމުން، ހަމަ އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ބޮޑު ވަޒީރު ވަނީ އެ ނިންމުން ބަދަލު ކުރައްވައިފަ އެވެ. 

ފީފާ ވަރލްޑް ކަޕް 2026އިނގިރޭސިވިލާތްއިންގްލެންޑުގެ ގައުމީ ޓީމުކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
04 ޖުލައި 2026

ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ

04 ޖުލައި 2026
ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ
03 ޖުލައި 2026

ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި

03 ޖުލައި 2026
ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި
03 ޖުލައި 2026

ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި

03 ޖުލައި 2026
ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި
03 ޖުލައި 2026

އަލްޖީރިއާ ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑަށް ނޮކްއައުޓުގެ ފުރަތަމަ މޮޅު

03 ޖުލައި 2026
އަލްޖީރިއާ ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑަށް ނޮކްއައުޓުގެ ފުރަތަމަ މޮޅު
03 ޖުލައި 2026

ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ

03 ޖުލައި 2026
ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ
03 ޖުލައި 2026

އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް

03 ޖުލައި 2026
އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް
02 ޖުލައި 2026

އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!

02 ޖުލައި 2026
އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!
02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
02 ޖުލައި 2026

ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!

02 ޖުލައި 2026
ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް