Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން

ރިޕޯޓުތައް ބުނާ ގޮތުގައި ސްޓާމާ އަށް ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ. ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމުގައި މިހާރު ހުންނެވީ މާކް ރުޓޭ. އޭނާގެ ދައުރު ހަމަވާނީ 2028 ވަނަ އަހަރުގެ ތެރޭގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 04:51
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ސްޓާމާ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ސްޓާމާ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކިއާ ސްޓާމާ، ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިކަން ރިޕޯޓު ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ނޫސްވެރިއެއް ކަމަށްވާ ޓޮމް ބޯލްޑްވިން އޮބްޒާވާ ނޫހުގައި ލިޔެއްފައިވާ ލިޔުމެއްގައި އެވެ. 

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަކީ ޔޫރަޕު އެޓްލާންޓިކް ސަލާމަތީ ނިޒާމުގެ އެންމެ މުހިންމު މަޤާމު ތަކުގެ ތެރޭގައި ހިމެނޭ މަޤާމެކެވެ. ޔޫކްރެއިން އަަށް ދެމުން އަންނަ ތާއީދާއި، ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އެންމެ ބޮޑަށް ބަރޯސާ ވެގެންދަނީ މި އިއްތިހާދުގެ އިސްވެރިޔާގެ ފިކުރު ތަކާއި، ސިޔާސަތު ތަކުގެ މައްޗަށެވެ. 

ރިޕޯޓުތައް ބުނާ ގޮތުގައި ސްޓާމާ ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވަ އެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމުގައި މިހާރު ހުންނެވީ މާކް ރުޓޭ އެވެ. އޭނާގެ ދައުރު ހަމަވާނީ 2028 ވަނަ އަހަރުގެ ތެރޭގައި އެވެ. ނަމަވެސް، ސްޓާމާ އަށް މި މަޤާމަށް ވަޑައިގެންނެވޭނީ އިނގިރޭސިވިލާތުގެ ސަރުކާރުގެ އިތުރުން، ނޭޓޯގެ އެހެން ބައިވެރި ޤައުމު ތަކުގެ ތާއީދު ލިބިގެންނެވެ. 

މީގެ އިތުރުން ރިޕޯޓު ތަކުގައި ބުނެފައިވާ ގޮތުން، ސްޓާމާގެ ސަލާމަތީ ދާއިރާގެ ރޯލަށާއި، މަސައްކަތްތަަކަށް ޔޫރަޕުގެ ލީޑަރުން ވަރަށް ބޮޑަށް ތައުރީފު ކުރައްވަ އެވެ. ހަމަ އެހެންމެ، ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ އާއި ސްޓާމާއާ ދެމެދު ގާތް ގުޅުމެއް އޮތުމަކީ ވެސް ޔޫރަޕުގެ ލީޑަރުން ވަރަށް ގަޔާވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަކީ ބައިނަލްއަޤުވާމީ ސިޔާސަތުގައި ވަރަށް ބާރުގަދަ މަޤާމެކެވެ. މި މަޤާމުގައި ހުންނަވާ ބޭފުޅާ އިސްވެ ހުންނަވައިގެން، ނޭޓޯގެ 32 މެމްބަރު ޤައުމު ތަކުގެ ސަލާމަތީ ސިޔާސަތުތައް ކަނޑަ އަޅައި ތަންފީޒު ކުރެވޭނެ އެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަކީ ނުފޫޒު ގަދަ އަދި ޤައުމު ތަކާ މެދު ގާތް ގުޅުމެއް ބާއްވަން ފަހި މަޤާމެކެވެ. 

އިނގިރޭސިވިލާތުގެ ގިނަ މީޑިއާ ތަކުގައި މި ޚަބަރު ރިޕޯޓު ކޮށްފައި ވީ ނަމަވެސް، ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ސްޓާމާ ވާދަ ކުރައްވާނެ ކަމުގެ ރަސްމީ ބަހެއް ލިބިފައި ނުވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސަރުކާރާއި، ނޭޓޯގެ އެހެން ޤައުމު ތަކުން ވެސް ރަސްމީ ބަހެއް ބުނެފައި ނުވެ އެވެ. މި ރިޕޯޓު މިހެން ކޮށްފައި ވަނިކޮށް ހޯމަ ދުވަހު ސްޓާމާ ވަނީ ރުޓޭއާ ބައްދަލު ކުރައްވައިފަ އެވެ. ދެ ބޭފުޅުން ބައްދަލު ކުރައްވާފައި ވަނީ ބޮޑު ވަޒީރުގެ ރަސްމީ އޮފީސް ޑައުނިން ސްޓްރީޓުގައި އެވެ. 

ބައިނަލްއަޤުވާމީ ތަޖުރިބާކާރުން ބުނާ ގޮތުގައި ސްޓާމާ މި މަޤާމަށް ކުރިމަތިލައްވައިފި ނަމަ، އެކަން ބައިނަލްއަޤުވާމީ ސިޔާސަތުގައި މުހިންމު ބަދަލު ތަކެއް ގެނެސްދޭނެ އެވެ. އަދި ޔޫރަޕުގެ ސަލާމަތާއި، ސުލްޙަ ބެލެހެއްޓުމުގައި އައު ފިކުރު ތަކެއް ގެނެސްދޭނެ ކަމަށް ވެސް ބެލެވެ އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ސްޓާމާ އިއުލާން ކުރައްވާފައި ވަނީ، ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. ވެރިކަން ކުރާ ލޭބާ ޕާޓީގެ އެތެރޭގައި ޕްރެޝަރު ބޮޑުވެ ސްޓާމާ އިސްތިއުފާ ދެއްވަން ނިންމެވިއިރު، ދެން ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާ އެންޑީ ބާންހަމްގެ ސަރުކާރުގެ މަޤާމެއް ވެސް ސްޓާމާ އަށް ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. އެގޮތުން ފޮރިން ސެކްރެޓަރީގެ މަޤާމު ސްޓާމާ އަށް ދެއްވާނެ ކަމަށް ރިޕޯޓު ކޮށްފައި ވީ ނަމަވެސް، އެކަމާ ގުޅޭ ޞައްޙަ ބަހެއް ލިބިފައި ނުވެ އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް ސްޓާމާ އައްޔަން ވެފައި ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެ އަހަރު އޮތް ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ލޭބާ ޕާޓީ އިން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ.

ސްޓާމާ އަކީ 2010 ވަނަ އަހަރު ގޯޑަން ބްރައުންގެ ފަހުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ލޭބާ ޕާާޓީގެ ފުރަތަމަ ބޭފުޅާ އެވެ. އަދި އެ އިންތިޚާބަކީ، 2005 ވަނަ އަހަރު އޭރުގެ ބޮޑު ވަޒީރު ޓޯނީ ބްލެއާގެ ފަހުން ލޭބާ ޕާޓީ އަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނު ފުރަތަމަ ފަހަރެވެ.

އުމުރުން 63 އަހަރުގެ ސްޓާމާ އަކީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ލޭބާ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.

މަސްދަރު: ދި ގާޑިއަން

އިނގިރޭސިވިލާތްނޭޓޯކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

28 ޖޫން 2026

ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ

28 ޖޫން 2026
ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ
27 ޖޫން 2026

އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ

27 ޖޫން 2026
އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ
27 ޖޫން 2026

ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!

27 ޖޫން 2026
ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!
27 ޖޫން 2026

އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ސްޓާމާ ޕޮޕް ކޯން ބެއްސެވުމުގައި

27 ޖޫން 2026
އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ސްޓާމާ ޕޮޕް ކޯން ބެއްސެވުމުގައި
26 ޖޫން 2026

އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟

26 ޖޫން 2026
އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟
26 ޖޫން 2026

ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން

26 ޖޫން 2026
ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން
26 ޖޫން 2026

ޗާންސެލަރު ރީވްސްގެ ތާއީދު ބާންހަމް އަށް، ގޮވާލެއްވީ އިޤްތިޞާދީ ސިޔާސަތުތައް ދެމެހެއްޓުމަށް

26 ޖޫން 2026
ޗާންސެލަރު ރީވްސްގެ ތާއީދު ބާންހަމް އަށް، ގޮވާލެއްވީ އިޤްތިޞާދީ ސިޔާސަތުތައް ދެމެހެއްޓުމަށް
26 ޖޫން 2026

ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!

26 ޖޫން 2026
ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!
25 ޖޫން 2026

ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

25 ޖޫން 2026
ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

25 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު