Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ

5 ޖުލައި 2026 | އާދީއްތަ 13:25

ސްޓާމަރ ވިދާޅުވީ، ދެން ބޮޑު ވަޒީރުގެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ވެސް ތަރުތީބު ކުރެވިފައިވާ މަސައްކަތް ތަކެއް ލިބިވަޑައިގަންނަވާނެ ކަމަށާއި، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރެވެން ޖެހޭނެ ކަމަށް. އެއާ އެކު ސްޓާމަރ ވިދާޅުވީ، ބާކީ އޮތް ދުވަސް ތަކުގައި ވެސް ރަނގަޅު މަަސައްކަތް ތަކެއްކޮށް، ހެޔޮ ގޮތުގައި ވަކިވެގެން ދާން ބޭނުންވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2026 | އާދީއްތަ 13:25
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ. | ގެޓީ އިމޭޖަސް

ބޮޑު ވަޒީރުގެ މަޤާމުގައި ހުންނަވައިގެން ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު ކަމަށާއި، އެކަމުގެ ސަބަބުން ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ ކަމަށް ކިއާ ސްޓާމަރ ވިދާޅުވެއްޖެ އެވެ.

ސްޓާމަރ މިހެން ވިދާޅުވެފައި ވަނީ ބީބީސީ އަށް ދެއްވި އިންޓަވިޔުއެއްގައި އެވެ. މިއީ ބޮޑު ވަޒީރުގެ މަޤާމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، މީޑިއާ އަކަށް ސްޓާމަރ ދެއްވި ފުރަތަމަ އިންޓަވިޔު އެވެ. 

އޭނާ ހާސިލު ކޮށްފައިވާ ކާމިޔާބީތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސްޓާމާ ވިދާޅުވީ، ލޭބާ ޕާޓީގެ އެތެރޭގައި ޔަހޫދީންނާ ދެކޮޅަށް އޮތް ސަގާފަތް ހުއްޓުވުނު ކަމަށާއި، އޭގެ ފަހުން 2024 ވަނަ އަހަރުގެ އާންމު އިންތިޚާބު ކާމިޔާބު ކުރެވުނު ކަމަށެވެ. އޭގެ ފަހުން މި ފާއިތުވި ދެ އަހަރުގެ ތެރޭގައި، ސަރުކާރުން ޤައުމުގެ އިޤްތިޞާދު އެއް ހަމައެއްގައި ހިފަހައްޓައި ދީފައިވާ ކަމަށް ސްޓާމަރ ވިދާޅުވި އެވެ. 

މީގެ އިތުރުން ސްޓާމަރ ވިދާޅުވީ، ދެން ބޮޑު ވަޒީރުގެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ވެސް ތަރުތީބު ކުރެވިފައިވާ މަސައްކަތް ތަކެއް ލިބިވަޑައިގަންނަވާނެ ކަމަށާއި، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރެވެން ޖެހޭނެ ކަމަށެވެ. އެއާ އެކު ސްޓާމާ ވިދާޅުވީ، ބާކީ އޮތް ދުވަސް ތަކުގައި ވެސް ރަނގަޅު މަަސައްކަތް ތަކެއްކޮށް، ހެޔޮ ގޮތުގައި ވަކިވެގެން ދާން ބޭނުންވާ ކަމަށެވެ. 

ސިޔާސީ މުސްތަޤުބަލާ ގުޅޭ ގޮތުން ސްޓާމާ ވިދާޅުވީ، ބޮޑު ވަޒީރު ކަމުން ވަކިވުމަށް ފަހު އޭނާގެ ސިޔާސީ ޙަޔާތް ނިމުނީ ކަމަށެވެ. އެކަން ވަރަށް ސާފުކޮށް ދަންނަވަން ބޭނުންވާ ކަމަށާއި، ނަމަވެސް އެކުގައި މަސައްކަތް ކުރެއްވި އެހެން ބޭފުޅުންގެ ސިޔާސީ ޙަޔާތް ނިމުމަކަށް ނާންނާނެ ކަމަށް ސްޓާމަރ ވިދާޅުވި އެވެ. އެބޭފުޅުން ވެސް މަސައްކަތް ކުރަންވާނީ ކާމިޔާބު ހޯދުމަށް ކަމަށް ސްޓާމަރ ވިދާޅުވި އެވެ.

މީގެ އިތުރުން ސްޓާމަރ ވިދާޅުވީ ސިޔާސީ މައިދާނަށް ނިކުންނެވީ، ބޮޑު ވަޒީރުކަން ކުރަން ބޭނުން ވެގެން ނޫން ކަމަށެވެ. އަދި ސިޔާސީ ދާއިރާގެ ނިމުން އަންނަން ބޭނުންވީ މިހާރު އޮތް ގޮތަށް ނޫން ކަމަށް ވެސް ސްޓާމާ ވަނީ ވިދާޅުވެފައި އެވެ. ނަމަވެސް، އެންމެ އިޚުލާސްތެރިކަމާ އެކު އެކަން ޤަބޫލު ކުރާ ކަމަށް ސްޓާމަރ ފާހަގަ ކުރެއްވި އެވެ. 

ސްޓާމަރގެ ފަހުން ބޮޑު ވަޒީރުގެ މަޤާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އެންޑީ ބާންހަމްއާ ގުޅޭ ގޮތުން ސްޓާމަރ ވިދާޅުވީ، ބާންހަމް އަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށާއި، އަބަދު ވެސް އޭނާއާ އޮންނަނީ ރަނގަޅު ގުޅުމެެއް ކަމަށެވެ. ބާންހަމްއާ މެދު އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް ކަމަށާއި، އޭނާ އަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ސްޓާމަރ ވިދާޅުވި އެވެ. 

މަސްދަރު: އިންޑިޕެންޑެންޓް

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)އެންޑީ ބަރންހަމް

އިތުރަށް ކިޔާލަން

05 ޖުލައި 2026

ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ

05 ޖުލައި 2026
ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ
05 ޖުލައި 2026

އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް

05 ޖުލައި 2026
އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
04 ޖުލައި 2026

ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ

04 ޖުލައި 2026
ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ
02 ޖުލައި 2026

ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!

02 ޖުލައި 2026
ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!
30 ޖޫން 2026

ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ

30 ޖޫން 2026
ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ
30 ޖޫން 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން

30 ޖޫން 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން
28 ޖޫން 2026

ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ

28 ޖޫން 2026
ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ
27 ޖޫން 2026

އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ

27 ޖޫން 2026
އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް