Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިނގިރޭސިވިލާތް

ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ

5 ޖުލައި 2026 | އާދީއްތަ 12:17

މަޖާޒީ ގޮތެއްގައި އެ ސުވާލަށް ޖަވާބު ދެއްވަމުން ސްޓާމާ ވިދާޅުވީ، އޭނާ ބޭނުން ކުރައްވާ ހެއާ ޖެލްގެ ބްރޭންޑަކީ "ސަރުކާރުގެ ސިއްރެއް" ކަމަށް، އެހެންކަމުން އެ މައުލޫމާތު އާންމު ކުރެވެން ނެތް ކަމަށް ވެސް ސްޓާމާ ވަނީ ވިދާޅުވެފައި. އެކަމަށް އުސޫލެއް އޮންނަ ކަމަށާއި، އެއީ ވަރަށް ހައްސާސް މައުލޫމާތު ތަކެއް ކަމަށް ވެސް ސްޓާމާ ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2026 | އާދީއްތަ 12:17
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، އޭނާގެ އިސްތަށިގަނޑުގައި ފުނާ އަޅާފައި ހުންނަ ގޮތަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައި.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، އޭނާގެ އިސްތަށިގަނޑުގައި ފުނާ އަޅާފައި ހުންނަ ގޮތަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައި. | ގެޓީ އިމޭޖަސް

ބޮލުގައި ލާ  ހެއާ ޖެލް ނުވަތަ އިސްތަށިގަނޑު ރީތި ކުރެއްވުމަށް ބޭނުން ކުރައްވާ އުފެއްދުމަކީ ދައުލަތުގެ ސިއްރެއް ކަމަށާއި، އެ ޖެލްގެ ނަން ނުބުނެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.

ސްޓާމާ މިހެން ވިދާޅުވެފައި ވަނީ، ދާދި ފަހުން ދެއްވި އިންޓަވިޔުއެއްގައި އެވެ. އެ އިންޓަވިޔުގައި ސްޓާމާ ވަނީ އާންމު ރައްޔިތުންގެ ފަރާތުން ކުރިމަތިވި ބައެއް ސުވާލު ތަކަށް ޖަވާބު ދެއްވައިފަ އެވެ. އެގޮތުން އެކަކު ވަނީ، އިސްތަށިގަނޑު ރީތި ކުރެއްވުމަށް ބޭނުން ކުރައްވާ ޖެލް އަކީ ކޮބައިތޯ ސުވާލު ކޮށްފައި އެވެ. 

މަޖާޒީ ގޮތެއްގައި އެ ސުވާލަށް ޖަވާބު ދެއްވަމުން ސްޓާމާ ވިދާޅުވީ، އޭނާ ބޭނުން ކުރައްވާ ހެއާ ޖެލްގެ ބްރޭންޑަކީ "ސަރުކާރުގެ ސިއްރެއް" ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު އާންމު ކުރެވެން ނެތް ކަމަށް ވެސް ސްޓާމާ ވަނީ ވިދާޅުވެފައި އެވެ. އެކަމަށް އުސޫލެއް އޮންނަ ކަމަށާއި، އެއީ ވަރަށް ހައްސާސް މައުލޫމާތު ތަކެއް ކަމަށް ވެސް ސްޓާމާ ވިދާޅުވެފައިވެ އެވެ. 

އެއާ އެކު ސްޓާމާ ވިދާޅުވީ، 30 އަހަރު ވަންދެން އެ މައުލޫމާތަކީ އާންމު ކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ. ނަމަވެސް، ކޮންމެ ވެސް ދުވަހަކު އޭގެ ނަން ބުނެވިދާނެ ކަމަށް ސްޓާމާ ވިދާޅުވި އެވެ. އެހެން ވިދާޅުވުމާ އެކު ވެސް ސްޓާމާ ވަނީ، ހެއާ ޖެލްގެ ނަން ވިދާޅުވެފައި އެވެ. ނަމަވެސް، އިންޓަވިޔުގެ އެ ހިސާބުގަައި އިންނަނީ "ބީޕް" އަޑު ކޮޅެއް ބޭނުން ކޮށްފައި އެވެ.

އިސްތަށިގަނޑު ރީތި ކުރެއްވުމަށް ބޭނުން ކުރައްވާ ޖެލްއާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ސްޓާމާ ދެއްވި ޖަވާބު.

ސްޓާމާގެ އިސްތަށިގަނޑު ހުންނަ ގޮތާ މެދު، އާންމުންގެ ތެރޭގައި އަބަދު ވެސް ގިނަ ވާހަކަ ތަކެއް ދެކެވެ އެވެ. ބޮޑު ވަޒީރުގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް، އިސްތަށިގަނޑާ މެދު ސްޓާމާ ގެންގުޅުއްވާ ސަމާލުކަން ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވެ އެވެ. ސްޓާމާގެ އިސްތަށިގަނޑު ހުންނަ ގޮތާ މެދު މާކަސް ދިނުމަށް އިންސްޓަގްރާމް އެކައުންޓެއް ވެސް ބައެއް ފަރާތްތަކުން ހިންގަ އެވެ. ދާދި ފަހުން ސްޓާމާ ވަނީ އެ އެކައުންޓު ހިންގަމުން އަންނަ ފަރާތާ ވެސް ބައްދަލު ކުރައްވައިފަ އެވެ. 

އެ އިންޓަވިޔުގައި ސްޓާމާ އިތުރަށް ވިދާޅުވީ، އޭނާގެ އަމިއްލަ ސިފަ އަށް ވުރެ ބޮޑަށް ޤައުމީ މުހިންމު މައްސަލަ ތަކަށް އިސްކަން ދެއްވާ ކަމަށެވެ. މީގެ ކުރިން ވެސް ސްޓާމާ ވަނީ މިފަދަ ބައެއް ސުވާލު ތަކަށް މަޖާޒީ ގޮތެއްގައި ޖަވާބު ދެއްވައިފަ އެވެ. 

އިނގިރޭސިވިލާތުގެ ސިޔާސީ ލީޑަރުންގެ އަމިއްލަ ދިރިއުޅުމާއި، ގެންގުޅުއްވާ ބައެއް އާދަތަކާ ގުޅޭ ގޮތުން މީގެ ކުރިން ވެސް މީޑިއާ ތަކުގައި ވާހަކަ ދެކެވިފައި އެވެ. އެގޮތުން ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ އިސްތަށިގަނޑު ހޭވިފައި އޮންނައިރު، އެކަމަށް ެވސް ގިނަ ބައެއްގެ ސަމާލުކަން އޭރު ލިބިފައިވެ އެވެ. 

ކިއަރ ސްޓާމާއިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

05 ޖުލައި 2026

އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް

05 ޖުލައި 2026
އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
04 ޖުލައި 2026

ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ

04 ޖުލައި 2026
ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ
02 ޖުލައި 2026

ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!

02 ޖުލައި 2026
ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!
30 ޖޫން 2026

ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ

30 ޖޫން 2026
ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ
30 ޖޫން 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން

30 ޖޫން 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން
28 ޖޫން 2026

ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ

28 ޖޫން 2026
ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ
27 ޖޫން 2026

އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ

27 ޖޫން 2026
އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ
27 ޖޫން 2026

ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!

27 ޖޫން 2026
ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް