Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ

4 ޖުލައި 2026 | ހޮނިހިރު 04:44

ރިޑްލީ އަކީ، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ އާއި ގާތް ގުޅުމެއް އޮންނަ، ސްޓާމަރގެ އަރިސް ބޭފުޅެއް. މަގާމުން އިސްތިއުފާ ދެއްވާނެކަން އޭނާ ހާމަ ކުރައްވާފައި ވަނީ ލޭބަރ ޕާޓީގެ މުވައްޒަފުންނަށް ފޮނުއްވާފައިވާ އެތެރޭގެ އީމެއިލެއްގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖުލައި 2026 | ހޮނިހިރު 04:44
ބޮޑު ވަޒީރު ސްޓާމާ އާއި، ލޭބާ ޕާާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ރިޑްލީ.

ބޮޑު ވަޒީރު ސްޓާމާ އާއި، ލޭބާ ޕާާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ރިޑްލީ. | ރޮއިޓާސް

އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބަރ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހޮލީ ރިޑްލީ، މިއަހަރުގެ ފަހު ކޮޅު އެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާން ކުރައްވައިފި އެވެ.

ރިޑްލީ އަކީ، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ އާއި ގާތް ގުޅުމެއް އޮންނަ، ސްޓާމަރގެ އަރިސް ބޭފުޅެކެވެ. މަގާމުން އިސްތިއުފާ ދެއްވާނެކަން އޭނާ ހާމަ ކުރައްވާފައި ވަނީ ލޭބަރ ޕާޓީގެ މުވައްޒަފުންނަށް ފޮނުއްވާފައިވާ އެތެރޭގެ އީމެއިލެއްގައި އެވެ. 

އެންމެ ފަހުން އޮތް އާންމު އިންތިޚާބުގައި ލޭބަރ ޕާޓީ އަށް ލިބުނު ބޮޑު ކާމިޔާބުގައި މުހިންމު ދައުރެއް އަދާ ކުރެއްވި ހޮލީ ރިޑްލީ މަގާމުންް ވަކިވެ ވަޑައިގަންނަވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ އަހަރީ ކޮންފަރެންސް އަށް ފަހު އެވެ. އޭނާ ވިދާޅުވި ގޮތުގައި މަގާމުން ވަކިވެ ވަޑައިގެންނެވުމަށް ނިންމެވީ އަމިއްލަ ބައެއް ސަބަބުތަކަށްޓަކައި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ ޕާޓީގެ އައު ލީޑަރަކު އިންތިޚާބު ވުމުން، އެ ބޭފުޅަކާ އެކު މަސައްކަތް ކުރާނެ އައު ޖެނެރަލް ސެކްރެޓަރީ އަކު އައްޔަން ކުރުމުގެ ފުރުސަތު ޕާޓީގެ ނޭޝަނަލް އެގްޒެކެޓިވް ކޮމިޓީ އަށް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޤަބޫލު ކުރައްވާ ކަމަށެވެ.

ބޮޑު ވަޒީރު ސްޓާމަރ ވަނީ، މަގާމުން އިސްތިއުފާ ދެއްވާނެކަން ނިމުނު ޖޫން މަހު އިއުލާން ކުރައްވައިފަ އެވެ. އެއާ އެކު، ސްޓާމަރގެ ބަދަލުގައި ދެން އެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އެންޑީ ބާންހަމް އެވެ. ލޭބަރ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަކީ ނުފޫޒު ގަދަ މަގާމަކަށް ވާއިރު، ސްޓާމަރ އާއި އެއްގޮތަށް ބާންހަމް ވެސް ބޭނުންފުޅު ވަނީ އެ މަގާމަށް އޭނާގެ އަރިސް ބޭފުޅަކު އައްޔަން ކުރެއްވުމަށެވެ. ރިޑްލީ ވަނީ އޭނާގެ ނިންމެވުން ބާންހަމްގެ ޓީމަށާއި، ޕާޓީގެ އިސްވެރިންނަށް ވެސް އަންގަވައިފަ އެވެ.

ރިޑްލީ ލޭބަރ ޕާޓީއާ ގުޅިވަޑައިގަތީ އުމުރުން އެންމެ 22 އަހަރުގައި އެވެ. އެއީ 2011 ވަަނަ އަހަރު އެވެ. އޭނާ ސިޔާސީ ދާއިރާ އަށް ނުކުންނެވީ އޭނާ ބޮޑުވި އީސްޓް ލަންޑަންގެ ޑެގަންހަމްގައި ބްރިޓިޝް ނޭޝަނަލް ޕާޓީގެ ނުފޫޒު ގަދަވަމުން ދިއުމާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށެވެ. ޕާޓީގެ ތެރޭގައި ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ރިޑްލީ އަކީ ޕާޓީގެ އިސް ސަފަށް އަންހެނުން ގެނައުމުގައި ނަމޫނާ ބޭފުޅެއްގެ ގޮތުގައި ބެލެވޭ ބޭފުޅެކެވެ.

ބޮޑުވަޒީރު ސްޓާމަ ވަނީ ރިޑްލީ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައި އެވެ. އެގޮތުން ސްޓާމަރ ވިދާޅުވީ ރިޑްލީ އަކީ ލޭބަރ ޕާޓީ އިން މިހާތަނަށް ދުށް އެންމެ ވަރުގަދަ ކެމްޕެއިން މެނޭޖަރު ކަމަށާއި، އާންމު އިންތިޚާބުގެ ކާމިޔާބީގެ ފަހަތުގައި އޮތް ބާރަކީ އޭނާ ކަމަށެވެ. އަދި ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި އޭނާ ކުރެއްވި ޚިދުމަތަށްޓަކައި ސްޓާމަރ ވަނީ ޝުކުރު އަދާ ކުރައްވާފައި އެވެ.

ލޭބާ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ރިޑްލީ ހަވާލުވެ ވަޑައިގަތީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެވުނީ އެ މަގާމުގައި ގިނަ ދުވަސް ތަކެއް ވަންދެން ހުންނެވި ޑޭވިޑް އިވާންސްގެ ބަދަލުގައި އެވެ. މަގާމުން ވަކިވި ނަމަވެސް، އައު ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރިޑްލީ ވަނީ ދެއްވާފައި އެވެ.

މަސްދަރު: ދި ގާޑިއަން

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭހޮލީ ރިޑްލީކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

02 ޖުލައި 2026

ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!

02 ޖުލައި 2026
ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!
30 ޖޫން 2026

ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ

30 ޖޫން 2026
ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ
30 ޖޫން 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން

30 ޖޫން 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން
28 ޖޫން 2026

ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ

28 ޖޫން 2026
ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ
27 ޖޫން 2026

އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ

27 ޖޫން 2026
އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ
27 ޖޫން 2026

ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!

27 ޖޫން 2026
ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!
27 ޖޫން 2026

އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ޖަމާވެފައި ހުރި މައްސަލަތައް ނިންމަން 300 އަހަރު ނަގާނެ

27 ޖޫން 2026
އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ޖަމާވެފައި ހުރި މައްސަލަތައް ނިންމަން 300 އަހަރު ނަގާނެ
27 ޖޫން 2026

އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ސްޓާމާ ޕޮޕް ކޯން ބެއްސެވުމުގައި

27 ޖޫން 2026
އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ސްޓާމާ ޕޮޕް ކޯން ބެއްސެވުމުގައި
26 ޖޫން 2026

އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟

26 ޖޫން 2026
އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟
26 ޖޫން 2026

ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން

26 ޖޫން 2026
ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް