Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!

އެ ބައްދަލުވުމުގައި ވެސް އޭނާ ވަނީ ސްޓަރމާގެ އިސްތަށިގަނޑު ފުނާ އަޅާފައި ހުންނަ ގޮތުގެ ފޮޓޯއެއް ނަގާފައި. އެ ފޮޓޯގައި ސްޓަރމާ ފެނިވަޑައިގަންނަވަނީ ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓިގެން ހުރެ، ފުނަޔަކުން ބޮލުގައި ފުނާ އަޅާ މަންޒަރު. އެ ފޮޓޯ ހިއްސާ ކުރުމަށް ފަހު، އެ އެކައުންޓުން ބުނެފައި ވަނީ ސްޓަރމާގެ އިސްތަށިގަނޑުގެ ރޭޓިން އަކީ 10 އަކުން 10 އެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2026 | ބުރާސްފަތި 07:11
ލޯގަނޑެއްގެ ކުރިމަތީގައި ހުންނަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ބޮލުގައި ފުނާ އަަޅުއްވަނީ.

ލޯގަނޑެއްގެ ކުރިމަތީގައި ހުންނަވައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ބޮލުގައި ފުނާ އަަޅުއްވަނީ. | އިންސްޓަގްރާމް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓަރމާ ބޮލުގައި ފުނާ އަޅާފައި ހޮންނަ ގޮތަށް މާކްސް ދިނުމަށް، ނުވަތަ ރޭޓް ކުރުމަށް ސޯޝަލް މީޑިއާގައި އެކައުންޓެއް ހިންގާ މީހަކަށް، ބޮޑު ވަޒީރުގެ ރަސްމީ އޮފީހަށް ދައުވަތު ދެއްވައިފި އެވެ.

އިންސްޓަގްރާމްގައި ހިންގާ މި އެކަންޓުގެ ނަމަކީ "ރޭޓަޑްސްޓަރމާސްހެއަރ" އެވެ. މި އެކައުންޓު ހިންގާ ފަރާތަކަށް ވަނީ، ބޮޑު ވަޒީރުގެ ރަސްމީ އޮފީސް ޑައުނިންގ ސްޓްރީޓް އިން ދައުވަތު ދީފައި އެވެ. ބުދަ ދުވަހު އޭނާ ވަނީ ބޮޑު ވަޒީރުގެ އޮފީހަށް ގޮސް، ސްޓަރމާއާ ބައްދަލު ކުރައްވައިފަ އެވެ. 

އެ ބައްދަލުވުމުގައި ވެސް އޭނާ ވަނީ ސްޓަރމާގެ އިސްތަށިގަނޑު ފުނާ އަޅާފައި ހުންނަ ގޮތުގެ ފޮޓޯއެއް ނަގައިފަ އެވެ. އެ ފޮޓޯގައި ސްޓަރމާ ފެނިވަޑައިގަންނަވަނީ ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓިގެން ހުރެ، ފުނަޔަކުން ބޮލުގައި ފުނާ އަޅާ މަންޒަރެވެ. އެ ޕޮޓޯ ހިއްސާ ކުރުމަށް ފަހު، އެ އެކައުންޓުން ބުނެފައި ވަނީ ސްޓާމާގެ އިސްތަށިގަނޑުގެ ރޭޓިން އަކީ 10 އަކުން 10 އެއް ކަމަށެވެ. 

Loading Instagram post...

ސިޔާސީ ދާއިރާ އަކީ ފޫހި ކަމެއް ނެތް, މަޖާ ދާއިރާ އަކަށް ހެދުމުގެ މަޤުސަދުގައި ފާއިތުވި ފަސް އަހަރު ދުވަހު އޮންލައިންކޮށް ހިންގަމުން އައި މި އެކައުންޓްގެ ވެރިޔާ އަށް ބޮޑު ވަޒީރުގެ ރަސްމީ އޮފީހުން ދައުވަތު ދިނީ އެކައުންޓުގެ މަޤުބޫލުކަން ބޮޑުވުމާ ގުޅިގެންނެވެ. މި ބައްދަލުވުމުގައި ބޮޑު ވަޒީރު ސްޓަރމާ އާއި އެމަނިކުފާނުގެ ޓީމުން ވަނީ އެކައުންޓު ހިންގާ ފަރާތާ އެކު ގިނަ ވަގުތު ތަކެއް ހޭދަ ކުރައްވައި، އެކި ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. 

މި ބައްދަލުވުމަކީ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ މި އެކައުންޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. ބޮޑު ވަޒީރުގެ ރަސްމީ އޮފީހުގެ މަޝްހޫރު ކަޅު ދޮރުން އެތެރެ އަށް ވަދެ، ސީދާ ބޮޑު ވަޒީރާ ބައްދަލުކޮށް އިސްތަށިގަނޑަށް މާކްސް ދިނުމުގެ ފުރުސަތު ލިބުމަކީ މި މަސައްކަތަށް ލިބުނު ރަސްމީ ބަލައި ގަތުމެއް ކަމަށް އެ އެކައުންޓުން ކުރި ޕޯސްޓުގައި ވަނީ ބުނެފައި އެވެ. 

މި އެކައުންޓަކީ ލޭބަރ ޕާޓީގެ ލީޑަރުގެ މަޤާމާ ސްޓަރމާ ހަވާލުވެ ވަޑައިގެންނެވިއިރުން ފެށިގެން، އޭނާގެ އިސްތަށިގަނޑަށް ފާޑު ކިޔައި، ފުނާ އަޅާފައި ހުންނަ ގޮތަށް މާކަސް ދެމުން އަންނަ އެކައުންޓެކެވެ. މި އެކައުންޓުގެ ސަބަބުން ސިޔާސީ ކަންކަމަށް އާންމުންގެ ޝައުޤުވެރިކަން އިތުރުވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.  

އެ ބައްދަލުވުމާ ގުޅޭ ގޮތުން ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ، އާންމު ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމާއި، ސޯޝަލް މީޑިއާގެ ތަފާތު އުފެއްދުން ތަކަށް ހިތްވަރު ދިނުމަކީ ބޮޑު ވަޒީރު އިސްކަން ދެއްވާ ކަމެއް ކަމަށެވެ. މިއީ ސޯޝަލް މީޑިއާގައި ސަމާސާ ކުރުމުގެ މަޤުސަދުގައި ހިންގާ މިފަދަ ޕޭޖަކަށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު މިފަދަ ސަމާލު ކަމެއް ދެއްވި ފުރަތަމަ ފަހަރެވެ. 

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭޑައުނިންގ ސްޓްރީޓްރޭޓެޑް ސްޓާމަރސް ހެއަރކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

30 ޖޫން 2026

ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ

މި މަޝްރޫއު އަށް "ނަންބަރު 10 ނޯތު" ގެ ނަމުން ނަން ދީފައިވާއިރު، މި އޮފީހުން ކުރިއަށް ގެންދާނެ މައިގަނޑު ތިން މަސައްކަތެއް ބާންހަމް ވަނީ ތަފްސީލު ކޮށްދެއްވާފައި.

30 ޖޫން 2026
ބޮޑު ވަޒީރުގެ ޚާއްސަ އޮފީހެއް މެންޗެސްޓަރގައި ޤާއިމު ކުރައްވާނެ ކަަމަށް ބާންހަމް ވިދާޅުވެއްޖެ
30 ޖޫން 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން

ރިޕޯޓުތައް ބުނާ ގޮތުގައި ސްޓާމާ އަށް ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ. ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމުގައި މިހާރު ހުންނެވީ މާކް ރުޓޭ. އޭނާގެ ދައުރު ހަމަވާނީ 2028 ވަނަ އަހަރުގެ ތެރޭގައި.

30 ޖޫން 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން
28 ޖޫން 2026

ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ

ބީބީސީއަށް ލިބިފައިވާ މައުލޫމާތުގެ ދަށުން ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން އަދި ދެ ދަރިން އާޗީ އާއި ލިލިބެޓް ހަތަރު އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތަށް ދަތުރު ކުރުމަށް ހަމަޖެހިފައިވޭ.

28 ޖޫން 2026
ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ
27 ޖޫން 2026

އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ

އެޑިންބަރާ ޔުނިވާސިޓީގައި ބިނާކުރާ މި ސުޕަ ކޮމްޕިއުޓަރަކީ މިހާރު ބޭނުންކުރާ މެޝިނަށްވުރެ 50 ގުނަ ބާރުގަދަ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ މެޝިނެކެވެ. 750 މިލިއަން ޕައުންޑުގެ މި މަޝްރޫއުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި ކައުނާ ބެހޭ ދިރާސާތަކުގެ އިތުރުން ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެ. ސަރުކާރު ބަދަލުވުމާ ގުޅިގެން މެދުކަނޑާލުމަށްފަހު އަލުން ފަށާފައިވާ މި މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފަ.

27 ޖޫން 2026
އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ
27 ޖޫން 2026

ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!

އިނގިރޭސިވިލާތުގެ ދެކުނު އިރުމަތީ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލަންޑަންގެ ހީތުރޯ އަދި ގޭޓްވިކް އެއާޕޯޓުގެ 800 އެއްހާ ފްލައިޓް ލަސްވެ، ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްކޮށްފައި. މިކަމުގެ ސަބަބުން އެއާ ޓްރެފިކް ކޮންޓްރޯލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ގިނަ އަދަދެއްގެ ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެފައިވާއިރު، މޫސުން އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭތީ ދަތުރުތަކަށް ބުރޫއެރުން ކުރިއަށްދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރޭ.

27 ޖޫން 2026
ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު