Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވަޒީފާ ބުރާސްފަތި އިހުތިޖާޖު

ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު

ސަރުކާރުން މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ބިރުދެއްކުމުގެ އަމަލުތައް ވަގުތުން ހުއްޓާލުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ގޮވާލައްވައިފި. އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ހައްގުގައި އެ ޕާޓީން މަގުމައްޗަށް ނުކުމެ، އެފަދަ ނިންމުންތައް ނިންމައި އިސްވެރިން ޒިންމާދާރުކުރުވާނެ ކަމަށް. މީގެއިތުރުން، މިހާރުގެ ސަރުކާރުގެ ތެރޭގައި ވެރިކަން ވައްޓާލަން މަސައްކަތްކުރާ ބަޔަކު ތިބިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުމަށް ވެސް ޒިޔާދު ވަނީ ގޮވާލާފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 19 ޖޫން 2026 | ހުކުރު 08:33
އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ.

އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

އެމްޑީޕީން ނުކުމެ ތިބީ ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކުރަން އެކަނި ނޫން ކަމަށާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ސަރުކާރުން، މުވައްޒަފުން ވަޒީފާއިން ކަނޑާ ކެނޑުމާއި، ވަޒީފާ އެއްރަށުން އަނެއް ރަށަށް ބަދަލުކުރާ ކުރުމަކުން ވެރިކަން ނުހިފެހެއްޓޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސްކުރާ ގޭތެރޭގައި ރައީސް މުއިއްޒުގެ ޅިޔަނު އިބްރާހިމްގެ ކަޅިރަވަ ދެކެވަޑައިގެންނެވި ކަމަށާއި، އެހިސާބުން ވެސް މިކަން ނިމިއްޖެކަން އެނގިޖެއް ކަމަށެވެ. ޒިޔާދު ވިދާޅުވީ ރީތި ގޮތަކީ އިސްތިއުފާ ދިނުން ކަމަށާއި، އެއިރުން ފަހަރުގައި އަތުން ގެނައި އެއްޗެއް ހިފައިގެން ދެވިދާނެ ކަމަށާއި، އިމަރޖެންސީ ހާލަތެއްގައި އެކަން ނިންމާލަން ޖެހިއްޖެއްޔާ ގެންދަން އެވެސް ނުލިބޭނެ  ކަމަށެވެ. 

Advertisement - newsAdvertisement

ޒިޔާދު ވިދާޅުވީ ބިރުދައްކައިގެން އެމްޑީޕީ ނުސިހޭނެކަން ރައީސް މުއިއްޒު އަށް ވަރަށް ސާފުވާނެ ކަމަށެވެ. އަދި ވެރިކަން ވައްޓާލަން އެމްޑީޕީ އިން ނުނުކުމެ ތިބީ ވެރިކަން ގަދަވެގެން ނޫން ކަމަށެވެ. ސަބަބަކީ ވެރިކަމެއް ވައްޓާލާނަމޭ ބުނެ ނުކުމެ ވައްޓާލާ ވަރުގެ ވެރިކަމަކަށް ރައީސް މުއިއްޒުގެ ވެރިކަން ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ޒިޔާދު ވިދާޅުވީ މި ވެރިކަމަކީ މުޑުދާރު، ވިޔާނުދާ ކަންކަން ކުރާ ވެރިކަމެއް ކަމަށާއި، އެހެންކަމުން ވެރިކަން ވައްޓާލަން މަގުމައްޗަށް ނުކުންނާނެ ކަމަށެވެ. 

ރައީސް މުއިއްޒު އަށް ވަރަށް އަދަބުވެރިކަމާއެކު މި ދަންނަވަނީ މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރާ ބަޔަކު އެބަތިބި. ފަހަރަކު ގޮޅިއަކަށް މުއިއްޒު އަރަމުން އެ ގެންދަނީ، މިއަދު މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ ވެސް  އެބައެއްގެ ލަފާގެ މަތިން. އެހެންނަމަވެސް މިއީ ނުބައި ގޮޅިއެއް. މަޑުމަޑުން ގޮސް ތި އިންނެވީ ކުޑަ ސޯފާއެއްގައި. މާދަމާ ހެލިލިޔަސް ވެއްޓޭނެ، ވެއްޓޭ އިރު ވެއްޓޭނީ އެކަންޏެއްވެސް ނޫން. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ ވަޒީފާގެ ބިރު ދެއްކުން މިއަދުން މިއަދަށް ހުއްޓާލާށޭ. އެއްރަށުން އަނެއް ރަށަށް ވަޒީފާ ބަދަލުކުރުން ހުއްޓާލާފައި، ހަމަ އާދައިގެން މަތިން ކެބިނެޓް ބަދަލުކުރާހެން ތާސްބައެއް ކަނޑާލާ ބަހާލަ ބަހާލާ ހުންނަވާ. އެވެސް ދެން ބެހިއްޔާ ރަނގަޅީ ބަލައިގެން ބެހުން، ތި ތާސްބައިގައި ގިނައީ ޖޯކަރުން. ކިތައްމެ ވަރަކަށް ކަނޑާ ބަދަލުކުރިޔަސް ޖޯކަރެއް ނޫން މީހެއް އެމްޑީއަކަށް ވަޒީރަކަށް ނުގެނެވޭނެ. 
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ މިހާރު ނުކުމެ މިތިބީ ވަޒީފާއިން ވަކިކުރި މުވައްޒަފުން އަނބުރާ ވަޒީފާތަކަށް އަނބުރާ ގެންނަ ގޮތަކަށް އެކަނި ނޫން ކަމަށާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރާ އެމްޑީީންނާއި ޑީއެމްޑީންގެ ފަހަތުން ދުވެގެން މުވައްޒަފުންނަށް ވަޒީފާ އަނބުރާ ދެވޭނެ ގޮތަކަށް ވެސް ނޫން ކަމަށާއި، ހުއްޓުމެއް ނެތި އެ އެމްޑީންގެ ފަހަތުން ދުވާނެ ކަމަށެވެ. 

އަޅުގަނޑުމެން ގުޅަން ފަށައިފިއްޔާ ގުޅާނަން ފިސާރި ރަނގަޅަށް. ދަންވަރު ގުޅަންޖެހުނަސް އަޅުގަނޑުމެން ގުޅާނަން. އަޅުގަނޑުމެންނަކީ ގުޅަން ފަރިތަ ފަސޭހަ ބައެއް. މަގުމައްޗަށް ފަރިތަ ފަސޭހަ ބައެއް. އެކަން އެންމެ ރަނގަޅަށް އެނގޭނީ މިބޭފުޅުންނަށް. އަޅުގަނޑުމެން ހުއްޓުވުމަށް މަގުތައް ބަންދު ކުރިއަސް އަޅުގަނޑުމެން މި ނުކުރީ ރައީސް މުއިއްޒުއަށް ހަމަ އެކަނި މި ވާހަކަތައް ބުނެލަން. 
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވާހަކަ ނިންމާލީ ރައީސް މުއިއްޒުއަށް ނަސޭހަތެއް ދެއްވަމުންނެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ލައްވާ ވެރިކަން ވައްޓާލަން ނެހެއްދެވުމަށެވެ. އަދި މިއީ އެމްޑީޕީ އިން ވައްޓާލާވަރަށް ވުރެ މާ މުޑުދާރު ވެރިކަމެއް ކަމަށާއި، އެމްޑީޕީއާއި ނުލާ ރައީސް މުއިއްޒު އިސްތިއުފާ ދެއްވާ ވަޑައިގަތުމަކީ އެދޭ ގޮތަށް ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރި މުވައްޒަފުންނާއި، ވަޒީފާ ބަދަލުކުރި މުވައްޒަފުންނަށް އަނބުރާ ވަޒީފާދިނުމަށް ވަނީ ގޮވާލާފަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީއިން ތިބީ މާގިނަ ދުވަހަކު ތިބޭ ގޮތަކަށް ނޫން ކަމަށާއި، އެމްޑީޕީ އޮތީ މާ ގަދަކޮށް ކަމަށެވެ. 

އެމްޑީޕީޙުސައިން އިޔާދުޑރ. މުއިއްޒުވަޒީފާ ބުރާސްފަތި

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

19 ޖޫން 2026
މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

18 ޖޫން 2026
ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު

ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު

18 ޖޫން 2026
އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި

އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި

18 ޖޫން 2026
ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް

ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް

18 ޖޫން 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު