Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސްގެ ބޯހިޔާވަހިކަމުގެ ވައުދު

ރައީސް މުއިއްޒު އަތޮޅުތަކުގައި އަޅާ 40،000 ހައުސިންގ ޔުނިޓުގެ ވައުދުފުޅެއް ހައުސިންގ މިނިސްޓަރު ހަނދާނެއް ނެތް

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40،000 ހައުސިން ޔުނިޓް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅާ ގުޅޭގޮތުން ސުވާލުކުރުމުން، އެ އަދަދަށް ޔުނިޓްތައް އެޅުމާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިވަޑައި ނުގަންނަވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ މުއްތަލިބު ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން ބޭރުގެ ފައިނޭންސް ހޯދުމަށް ދަތިތަކެއް ހުރި ނަމަވެސް، އެކި ގޮތްގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް. ނަމަވެސް، މިހާތަނަށް އަތޮޅުތެރޭގައި ހައުސިން ޔުނިޓްތަކުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 23 އެޕްރީލު 2026 | ބުރާސްފަތި 14:27
ހައުސިންގް މިނިސްޓަރ އަބްދުﷲ މުއްތަލިބު

ހައުސިންގް މިނިސްޓަރ އަބްދުﷲ މުއްތަލިބު | ރައީސް އޮފީސް

މާލޭ ފިޔަވައި އެހެން ރަށްތަކުގައި 40،000 ހައުސިން ޔުނިޓް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވި ނަމަވެސް އެ ވައުދުފުޅު ހައުސިންގ މިނިސްޓަރ އަބްދުﷲ މުއްތަލިބަށް އެނގިވަޑައި ނުގެން، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ވާހަކަ ދައްކަވައިފި އެވެ. 

ދ. މީދޫ އަށް 05 މާރޗް 2024 ގައި ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ފަސް އަހަރު ދުވަހަަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކު ގައި 40،000 ޔުނިޓް ގާއިމްކުރައްވާނެ ކަމަށެެވެ. އެ 40،000 ހައުސިން ޔުނިޓް ގާއިމްކުރައްވާނީ މާލޭ ސަރަހައްދުން ބޭރުގައިކަން ރައީސް ފާހަގަކުރެއްވި އެވެ. 

Advertisement - newsAdvertisement

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ  40،000 ހައުސިންގ ޔުނިޓް އައި ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެއީ ރައީސް މުއިއްޒު 20 އަހަރުގެ ޕްލޭނެއްގެ ވާހަކަ ވެސް ވިދާޅުވެފައިވާ ކަމަށާއި، އެއީ ރަސްމާލޭގައި 65،000 ހައުސިންގ ޔުނިޓުގެ ވާހަކަ ރައީސް ވިދާޅުވެފައިވާ ކަމަށާއި، މާލެ އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވެސް ވައުދުވެ ވަޑައިގެންފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސްގެ މި ވައުދުފުޅުތަކަކީ ވައުދު ފޮތުގައި ފެންނަން ހުންނާނެ ނަންބަރުތަކެއް ނޫން ކަމަށެވެ. އެހެންކަމުން 40،000 ފުލެޓުގެ އަދަދު ނޫސްވެރިޔާ ގެނައި ގޮތަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ މިހާރު ވެސް އެތައް ހާސް ފުލެޓެއް ސޮއިކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައެއް ޕްރޮޖެކްޓަތަކަކީ ދައުލަތުގެ ބަޖެޓުން ހިންގާ ޕްރޮޖެކްޓް ކަމަށާއި، ބައެއް ޕްރޮޖެކްޓްތަކަކީ ޑިވަލޮޕަރުން ހޯދައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ކަމަށާއި އަދި ބައެއް ޕްރޮޖެކްޓްތަކަކީ ބޭރުގެ ފަރާތްތަކުން ލޯނު ހޯދައިގެން ކުރިއަށްގެންދާނެ ޕްރޮޖެކްޓް ކަމަށެވެ. 

އެހެންނަމަވެސް، މި ޙާލަތު އޮތް ގޮތަށް، މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ އޭދަފުށީގައި 1000 ހައުސިންގ ފުލެޓް އެޅުމަށްޓަކައި ބައެއް ޕްރޮޕޯސަލް ލިބުނީމަ ސޮއުކުރީ ފައިނޭންސް ހޯދައިގެން އައީމަ ކުރިއަށްދާ ގޮތަށް. އެހެންނަމަ ވެސް އެ ފަރާތްތަތަކަށް ފައިނޭންސް ނުހޯދުނު. އެއީ  މިހާރުގެ ކަންތައްތައް އޮތް ގޮތުން ރޭޓިންގއާ އެއްޗެހި ހުރި ގޮތުން ފަސޭހަ ކަމެއް ނޫން އެއްވެސް ބަޔަކަށް ފައިސާ ހިފައިގެން އައުމަކީ. އެހެންވީމަ އެ މަސައްކަތް ކުރިން. ހަމަ އެގޮތަށް ގުޅީފަޅުގައި ވެސް އަޅުގަނޑުމެން ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގުގެ މަސައްކަތް އެޅުމަށްޓަކައި ބަޔަކާ އެކު ސޮއިކުރެވުނު ފައިނޭންސް ހިފައިގެން އަންނަގޮތަށް. އެހެންނަމަ ވެސް ފައިނޭންސް ނުއެއް ގެނެވޭތީ ޙަޤީޤަތުގައި މިހާރު އަޅުގަނޑުމެން މި ބަލަނީ އާރުޑީސީ މެދުވެރިކޮށް މަސައްކަތް ފަށަން ވީހާވެސް އަވަހަކަށް. އެހެންވީމަ އެގޮތަށް އެކި އޮޕްޝަންތަކުން މަސައްކަތް ފެށޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާ އިރުގައި  އަޅުގަނޑުމެން ހަވާލުވިއިރުގައި ދައުލަތުގެ ފައިނޭންޝަލް ޙާލަތު ހުރި ގޮތުގެ ސަބަބުން، ދަރަނި ހުރި ގޮތުގެ ސަބަބުން، އަޅުގަނޑުމެންނަށް އިތުރަށް ބުރޯކުރަން ފުރުޞަތު ވަރަށް ބޮޑަށް ހަނިވެފައި އޮތީ.
ހައުސިންގ މިނިސްޓަރ އަބްދުﷲ މުއްތަލިބު

މިނިސްޓަރުގެ މުޅި ވާހަކަ ނިންމަވާލެއްވި އިރުވެސް އަތޮޅު ތެރެއަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. އަދި މިހާތަނަށް އަތޮޅު ތެރޭގައި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތެއް ފެށިފައި ނުވެ އެވެ. 

މިނިސްޓަރުގެ ވާހަކައިގެ ދެން ދެއްކެވީ މާލެ ސަރަހައްދުގައި އަޅާ ހައުސިންގ ޔުނިޓްތަކުގެ ވާހަކަ އެވެ. އެގޮތުން ބީއެމްއެލްއިން އަޅާ ހައުސިންގ ޔުނިޓްތަކާއި، އިތުރަށް އަޅަންޖެހޭ ހައުސިންގ ޔުނިޓްތަކުގެ ވާހަކަ މިނިސްޓަރު ދެއްކެވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުޑރ. އަބްދުﷲ މުއްތަލިބުދ. މީދޫރަސްމާލެއޭދަފުށިގުޅީފަޅު

ކޮމެންޓް

އިތުރަށް ކިޔާލަން

މާރުކޭޓް ހުސް ނުކުރެވުނީ މަގު ހެދުމުގެ ޕްލޭން ކުއްލިއަކަށް ބަދަލުކޮށް 2 ހަފްތާ ތެރޭ ތަން ހުސްކުރަން އެންގުމުން، ރައީސް ހައްދަވަނީ އިތުރުފުޅެއް: އާޒިމް

މާރުކޭޓް ހުސް ނުކުރެވުނީ މަގު ހެދުމުގެ ޕްލޭން ކުއްލިއަކަށް ބަދަލުކޮށް 2 ހަފްތާ ތެރޭ ތަން ހުސްކުރަން އެންގުމުން، ރައީސް ހައްދަވަނީ އިތުރުފުޅެއް: އާޒިމް

23 އެޕްރީލު 2026
ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

22 އެޕްރީލު 2026
ފިޔަވަޅުނާޅާނަމޭ ބުނެ، ނާޅާ ކެތެއް ހަމަ ނުވީ އެވެ.

ފިޔަވަޅުނާޅާނަމޭ ބުނެ، ނާޅާ ކެތެއް ހަމަ ނުވީ އެވެ.

22 އެޕްރީލު 2026
ކުރިން މިނިސްޓަރަށް ކަމުނުގޮސްގެން ވާހަކަދެއްކެވި ކޮންޓްރެކްޓަރ ލައްވާ އަލުން މަސައްކަތް ފެށިނަމަވެސް ދޭތެރެ ދޭތެރެއިން މަސައްކަތް ހުއްޓޭ ކަމަށް މިނިސްޓަރ ޝަހީމް އެއްބަސްވެވަޑައިގެންފި

ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ

ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ

22 އެޕްރީލު 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު