Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރޭ: މެންބަރު ޒިޔާދު

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލުމާއި އިގްތިސާދީ ދަތިކަމުގެ ސަބަބުން ސަރުކާރަށް ރައްޔިތުން ވަރަށް ބޮޑަށް ނުރުހޭ ކަމަށް. މެންބަރު ޒިޔާދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށްވުރެ ބޮޑަށް ރައްޔިތުން ބޭނުންވަނީ ކައުންސިލްތަކުގެ ބާރުވެރިކަމާއި އަސާސީ ޚިދުމަތްތައް ކަށަވަރުވުން ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 12 އެޕްރީލު 2026 | އާދީއްތަ 13:13
ރާއްޖެޓީވީ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

އިންތިޚާބުތަކާއި ދިމާކޮށް ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޒިޔާދު ވަނީ މިމަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ތިން އިންތިޚާބާ ދިމާކޮށް ސަރުކާރުން ގިނަ ރަށްރަށުގެ ބިން ހިއްކުމާއި، މަޝްރޫއުތައް ފެށިކަން ފާހަގަކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އެގޮތުން ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ދިއްދޫ ރައްޔިތުން ތިބީ ބިން ހިއްކާތީ ނުރުހުން ވެފައިނޫން ކަމަށާއި، އެކަމަކު އެމަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް އުފަލެއް ނެތް ކަމަށެވެ. މިއަދު ރައްޔިތުންނަށް ހުރިހާ ގޮތަކުން ދަތިވެ، ރައްޔިތުންގެ އަތުގައި ފައިސާ ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއަދުގެ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ލޯކަލް ކައުންސިލްތަކަށް މީގެ ކުރިން ލިބުނު ބާރުވެރިކަން ކަމަށެވެ. ލާމަރުކަޒީ ނިޒާމު ބާރު ކަނޑާލާފައިވާ އިސްލާހުތައް ރައްޔިތުން ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހިތްކަން ފެށީ އިންތިޚާބާ ފެށީ. ވޯޓުލާން ނިމުނު ސަތޭކަ ހެކްޓަރު ހިއްކާ ނިމުނީ. އެންމެ ގޮނޑިއެއް ލިބުނީ. އެހެންވީމާ، އެބަ އެނގޭ އަދި މީނާ މި ކުރާ ކަންކަން ރައްޔިތުން ބަލައިނުގަނެ ސަބަބުތައް ވަރަށް ސާފުކޮށް. އެ މީހުން ހިތްކާތީ ރުޅިއައިސްގެން ޖެހީއެއް ނޫން. އޭނަގެ މަކަރުވެރިކަން އެނގި ދިއްދޫ، ހަމަ ވަރުގަދަ ދާއިރާ އެއީ. އަބްދުﷲ ނާޒިމް. ނާޒިމްއަކީ އަދި އޭގެއިތުރުން ކައުންސިލަށް އާމްދަނީ ލިބޭތީ އޭނާ އެންމެ ނަފުރަތުކުރާ ކަމަކީ އެއީ. މިވެނި ކައުންސިލެއްގައި ހެނދުނު އޮފީހަށް ވަޑައިގަންނަވާ ގޮތަށް ހިސާބު ބަލާނީ. މިވެނި ކައުންސިލަށް ކިހާވަރެއްތޯ ލިބެނީ. އޭގެ ނަތީޖާ މި ލިބުނީ. ލާމަރުކަޒީ ގާނޫނަށް އެ ގެނައި އިސްލާހަށް ބުނި ނޫނެކޭ މިއީ. މިއީ އަސްލު އެއްޗަކީ. ދިއްދޫ ހިއްކާތީ އަރައިގެން ރުޅިއަކުން ނޫން އެ މީހުން ނޫނެކޭ އެ ބުނީކީ. އެ މީހުން ނޫނެކޭ އެ ބުނީ އެ ގާނޫނަށް އެ ގެނައި ސަބަބު. އެ އިސްލާހުތަކެއް. އެ އިސްލާހުތަކަށް މި ބުނަނީ ބަދަލުގެ ސަބަބުން. ދެން ބޭސް ވެސް ނުލިބޭތީ. އިންތިޚާބަށް އަދި އެތަން ހިއްކިޔަކަސް އެ މީހުންނަކަށް ލިބޭ އުފަލެއް ނެތް. ތަނެއް، ބިންގަނޑެއް ހިކިގެން ވާނެ މޮޅެއް ނެތް. ފައިސާއެއް ނެތް އަތަކު.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު 

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ގައުމުގައި ރައްޔިތުންނާއި ގައުމުގެ ކުރިއެރުމަށް މަސައްކަތް ނުކުރުމުގެ މައްސަލައިގެ އިތުރުން މިސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތް މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ތެރޭގައި ވެސް އިތުބާރެއް ނެތް ކަމަށެވެ. 

އެހެންކަމުން މިއަދު ސަރުކާރުން ކުރަމުންދާ ހުރިހާ ކަމަކާމެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޙުސައިން އިޔާދުލާމަރުކަޒީ ނިޒާމުވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

11 އެޕްރީލު 2026
އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
11 އެޕްރީލު 2026

ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް

11 އެޕްރީލު 2026
ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް
11 އެޕްރީލު 2026

އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް، އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުން ހިމެނޭ!

11 އެޕްރީލު 2026
އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް، އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުން ހިމެނޭ!
10 އެޕްރީލު 2026

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ

10 އެޕްރީލު 2026
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ
10 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

10 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު