Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެބިނެޓަށް ގެންނަ ބަދަލު

ކެބިނެޓް ބަދަލުކުރީ ރަށްރަށުގައި ބިންގާ އެޅި ގޮތަށް، ބަދަލުކޮށްލީ ބޭރު ފޮތިގަނޑު އެކަނި: ޒިޔާދު

ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ނާންނާތީ ރައްޔިތުންގެ ނުރުހުން އޮތްކަން ފާހަގަކުރައްވައި، ދާދިފަހުން ބޭއްވި ބައި-އިލެކްޝަންތަކުގެ ނަތީޖާއަކީ ސަރުކާރަށް ރައްޔިތުން ދިން "ނޫނެކޭ" ގެ މެސެޖެއް ކަމަށް މެންބަރު ޒިޔާދު ވިދާޅުވި. މީގެ އިތުރުން މަޖިލީހުގެ ބާރުތައް ކަނޑުވާލައި މަޝްވަރާގެ ފުރުސަތު ބަންދުކުރުމާއި، ސިޔާސީ މަގާމުތަކަށް ބޮޑެތި މުސާރަ ދިނުމަކީ އާންމުންގެ ކަންބޮޑުވުން އޮތް ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން މިހާރުގެ ހާލަތަށް ބަލާއިރު ރައްޔިތުން ތިބީ އިންތިޚާބެއްގައި ސަރުކާރަށް ޖަވާބުދޭން ކެތްމަދުވެފައި ކަމަށް ޒިޔާދު ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 16 އެޕްރީލު 2026 | ބުރާސްފަތި 14:49
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު. | ރާއްޖެ އެމްވީ

ސަރުކާރުގެ ކެބިނެޓަށް ދާދިފަހުން ގެނައި ބަދަލުތަކަކީ އެއްވެސް އިޚުލާސްތެރި ނިޔަތެއް އޮވެގެން ގެނައި ބަދަލުތަކެއް ނޫން ކަމަށާއި، އެއީ ރަށްރަށުގައި މަޝްރޫއުތަކުގެ ބިންގާ އަޅާއިރު ބޭރުން އޮޅާލާފައި އޮންނަ ފޮތިގަނޑު ބަދަލުކޮށްލުން ކަހަލަ ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ސިފަކުރައްވައިފި އެވެ.

ޒިޔާދު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ޒިޔާދު ވިދާޅުވީ ކެބިނެޓަށް ބަދަލު ގެނައި ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ރަށްރަށުގައި ބިންގާ އަޅާއިރު ކަންކަން ކުރާ އުސޫލުން، ހަމައެކަނި ބޭރު ފޮތިގަނޑު ބަދަލުކޮށްލުމުން ދުރަށް ފެންނައިރު ރީތިވެދާނެ ކަމަށާއި، ނަމަވެސް އެތެރޭގެ ހާލަތު އޮތީ ހަމަ އޮތް ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ބަދަލަށް ފަހު މާދަމާ ފެންނަ ނުފެންނަ ވޯޓެއް ނެގި ނަމަވެސް، ސަރުކާރާ ދެކޮޅަށް ވޯޓުދޭ މީހުންގެ ނިސްބަތް 80 އިންސައްތައަށް އަރާނެ ކަމަށް ޒިޔާދު ތުހުމަތު ކުރެއްވި އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގެ ނަތީޖާއަށް އަލިއަޅުވާލައްވަމުން ޒިޔާދު ވިދާޅުވީ، ކައުންސިލް އިންތިޚާބަކީ އާންމުކޮށް އާއިލީ އަދި ރައްޓެހިކަމުގެ ގުޅުންތަކަށް ބުރަވާ އިންތިޚާބަކަށް ވީނަމަވެސް، މިފަހަރުގެ ނަތީޖާއިން ފެނުނީ ރައްޔިތުން ސަރުކާރަށް "ނޫނެކޭ" ބުނި މަންޒަރު ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އިންތިޚާބާ ކުރިމަތިލީ 60 ގޮނޑީގެ ފަހަތުގައި ތިބެގެން ކަމަށާއި، ނަމަވެސް ފަހަތުން އަރައި ރަނގަޅު ނަތީޖާއެއް ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ޒަމާނުގައި ނުޖެހޭ ކަޑައެއް ޖަހާކަށް ކުރިން ޖަހާހެން. މިހާރު ކޮންނަނީ ބޮޑެތި ވަޅުވަޅު. ބޮޑެތި ބިންގާ އަޅައިގެން. އެހެން ބައެއް ރަށްރަށުގައި އެބަހުރި ތިން ބިންގާ، ހަތަރު ބިންގާ އެއް މިނިސްޓަރަކު ވަޑައިގެން އަޅާފައި. މި ތަންތަން ރައްޔިތުންނަށް ފެނޭ ހަމަ ރައްޔިތުންނަށް ވާނުވާ ރަނގަޅަށް އެނގިގެން ނޫނެކޭ އެ ބުނީ. މުޅި ޖުމުލަކޮށް ޤާނޫނުއަސާސީއަށް ގެނައި ބަދަލަށް، އަތޮޅު ކައުންސިލު އުވާލުމަށް، ރައްޔިތުންނަކަށް ނުދެވޭ ޖާގައެއް ނޫނެކޭ ބުނާކަށް. ރައްޔިތުންގެ މެންބަރެއް މަޖިލީހަކު ނެތް. އެހެންވީމާ، މަޖިލީހުގެ މެންބަރުން މެދުވެރިކޮށް ރައްޔިތުންނަކަށް އެ މެސެޖެއް ނުދެވުނު. ޤާނޫނުއަސާސީއަށް ގެނައި ބަދަލަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ރައްޔިތުން ދެކޮޅު، އެކަމަކުވެސް ބުނާނެ ފުރުޞަތެއް ނުލިބުނު. މިހެން ރައްޔިތުން ތިއްބާ ފަސްވަނަ އަހަރު އަންނާނީ ތިމަންނަމެންގެ ނަން އޮންނަ ނަކަރުދާސްކޮޅެކޭ ބުނީމާ، އޭގެ ޖަހަން އޮތް ނޫނެކޭ ދެ އަހަރު ބައި ކުރިން މި އައީ. 
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތަކަށް ފާޑުވިދާޅުވަމުން ޒިޔާދު ވިދާޅުވީ، ރައީސަކީ އެއްވެސް ވަރަކަށް މަޝްވަރާކޮށްގެން ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ބާރުތައް ކަނޑުވާލައި، ގާނޫނުތަކުގެ ތެރެއިން މަޖިލިސް އަޅުވެތިކުރަން މަސައްކަތް ކުރަނީ މަޝްވަރާގެ ފުރުސަތު ބަންދުކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އިންތިޚާބާ ދިމާކޮށް ވަޒީފާ ނުދޭނެ ކަމަށް ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ތަފާތު މަންޒަރެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، އެމްއޭސީއެލް ފަދަ ކުންފުނިތަކުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތާ އަޅާބަލާއިރު، އެއްވެސް މަސައްކަތެއް ނުކޮށް ސިޔާސީ ގޮތުން ނަގާފައި ތިބޭ މީހުންނަށް ބޮޑެތި މުސާރަދޭ މައްސަލާގައި މުވައްޒަފުންގެ ނުރުހުން އޮތް ކަމަށެވެ. ފަތިހު ހަތަރެއް ޖަހާއިރު ވަޒީފާއަށް ނުކުމެ ބުރަ މަސައްކަތްކުރާ މުވައްޒަފަށް ލިބޭ އާމްދަނީއަށްވުރެ، އޮފީހަށް ނުގޮސް ތިބޭ މީހުންނަށް ލިބޭ މުސާރަ ބޮޑުވުމަކީ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނާ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ ގާނޫނުއަސާސީއަށާއި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާ މެދު ރައްޔިތުންގެ މެސެޖު ސަރުކާރަށް ދިނުމުގެ ފުރުސަތު މަޖިލިސް މެދުވެރިކޮށް ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުން ތިބީ އިންތިޚާބެއްގައި ސަރުކާރަށް ޖަވާބުދޭން ކެތްމަދުވެފައި ކަމަށާއި، މިހާރު ފެންނަ ނަތީޖާތަކަކީ ދެ އަހަރު ބައި ކުރިން ރައްޔިތުން ސަރުކާރަށް ދޭން އޮތް "ނޫނެކޭ" ގެ މެސެޖު ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޙުސައިން އިޔާދުރައްޔިތުންގެ މަޖިލިސްލާމަރުކަޒުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރޭ: ސުއޫދު

އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރޭ: ސުއޫދު

16 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

15 އެޕްރީލު 2026
ވާހަކައަށް ހުރަސްއެޅުއްވި ބޮޗޭ އަށް މީކާއިލްގެ ރައްދެއް: ރައްޔިތުން ދަނީ މެންބަރާ ދިމާލަށް ހިނިފުޅުވަޑުވަމުން، ވަޒީފާ ބަހައިގެން އިންތިޚާބު ކާމިޔާބު ކުރެވުނުތޯ؟

ވާހަކައަށް ހުރަސްއެޅުއްވި ބޮޗޭ އަށް މީކާއިލްގެ ރައްދެއް: ރައްޔިތުން ދަނީ މެންބަރާ ދިމާލަށް ހިނިފުޅުވަޑުވަމުން، ވަޒީފާ ބަހައިގެން އިންތިޚާބު ކާމިޔާބު ކުރެވުނުތޯ؟

14 އެޕްރީލު 2026
މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

14 އެޕްރީލު 2026
"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

14 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު