Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް ޖަލްސާ

"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު

ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ. ޑޮލަރާއި ބޭހުގެ އިތުރުން ސިނގިރޭޓުގެ ސިޔާސަތަށް ގެނައި ބަދަލުތަކަކީ ނުކުންނާނެ ނަތީޖާއަށް ބެލުމެއް ނެތި ނިންމާފައިވާ ނިންމުންތަކެއްކަން ފާހަގަކުރައްވައި، މި ގޯސްތައް އިސްލާހުކުރުމަށް މެމްބަރު ވަނީ ގޮވާލައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖޫން 2026 | ބުދަ 06:56
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު. | މަޖިލިސް

ސޮހޯ މަންޑެއްޔަކަށް ނުވަތަ (އެއްވެސް ކަމެއް ނުދަންނަ މީހަކަށް) ވެރިކަން ދިނުން މާ ނުރައްކާކަން ދިވެހިންނަށް މިއަދު އެނގެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ، އެއްވެސް ކަމެއް ނުދަންނަ މީހަކަށް ވެރިކަން ދިނުމުގެ ނަތީޖާ މިއަދު ރާއްޖޭގައި ފެންނަމުންދާ ކަމަށެވެ.

މިއަދު ރާއްޖޭގައި މުދަލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި ޑޮލަރުގެ ސިޔާސަތަށް ގެނައި ބަދަލާއި، ބޭހުގެ ސިޔާސަތަށް ގެނައި ބަދަލާއެކު އެ ދާއިރާތަކުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިނގިރޭޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން މަސައްކަތް ކުރިއިރުވެސް މިއީ ވަގު ސިނގިރޭޓުގެ ބާޒާރެއް އުފެދިގެންދާނެ ކަމެއްކަމަށް މީހުން ބުނަމުންދިޔަ ކަމަށާއި، ނަމަވެސް އެ ދުވަހު ސަރުކާރުން އެ ވާހަކަތައް އަޑުނާހައި މިހާރު އަނެއްކާވެސް މިވަނީ ސިޔާސަތު ބަދަލުކުރަން ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ ސަރުކާރުން ހަދާފައިވާ އެކި ގޯސްތަކުގެ މިންވަރެއް ކަމަށާއި، މި ގޯސްތައް ސަރުކާރުން ޤަބޫލުކޮށް، މި ކަންކަން މިއަދު ހުންނެވި ރައީސް ޑރ މުޙައްމަދު މުއިއްޒު ޙައްލުކޮށްދެއްވަންވެސް ޖެހޭކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއަދު ހުންނެވި ރައީސްވެސް އަދުލުވެރިވެ އަމާނަތްތެރިވާން ޖެހޭ ކަމަށާއި އެއީ ވެރިއެއްގެ ހުންނަންޖެހޭ އެންމެ އަސާސީ ސިފަތައް ކަމަށެވެ.

ހަމައެއާއެކު، މަޖިލިސް މެމްބަރުންނަށް ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތެއް ނޫން ގޮތަކަށް ވާހަކައެއް ނުދެއްކޭ ކަމަށާއި މެމްބަރުން ތިބީ އަޅުވެތިކަމެއްގައި ކަމަށްވެސް މެމްބަރު ޒިޔާދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން މެމްބަރު އިތުރަށް ވިދާޅުވީ، މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުމަކީ އެންމެ ނުރައްކާ ކަމެއް ކަމަށް ދިވެހިންނަށް ކުރިން ހީވެފައި އޮތްނަމަވެސް، ސޮހޯ މަންޑެއްޔަކަށް ވެރިކަން ދިނުން އަދި މާ ނުރައްކާކަން ދިވެހިންނަށް މިއަދު އެނގެމުންދާކަމަށެވެ. ދިވެހި ބަހުގެ ރަދީފުގައި އޮންނަ ގޮތުނ ސޮހޯމަންޑެއްޔަކީ އެއްވެސް ކަމެއް ނުދަންނަ މީހެކެވެ.

 ދިވެހިންނަށް ކުރިން ހީވެފައި އޮތީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުމޭ އެންމެ ނުރައްކާ ކަމަކީ، ނަމަވެސް މިއަދު މި އެނގެނީ ސޮހޯ މަންޑެއްޔަކަށް (އެއްވެސް ކަމެއް ނުދަންނަ މީހަކަށް) ވެރިކަން ދިނުން އަދި މާ ނުރައްކާކަން.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

މެމްބަރު ޒިޔާދު ވިދާޅުވީ ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ސަރުކާރުން ޒިންމާވާންޖެހޭ ކަމަށާއި މި ކަންކަން ޙައްލުކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

 

ޙުސައިން އިޔާދުވައިކަރަދޫ20 ވަނަ ރައްޔިތުންގެ މަޖިލީސްޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
23 ޖޫން 2026

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފި

23 ޖޫން 2026
އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފި
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު

23 ޖޫން 2026
ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު