Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

ޕީީޕީއެމް ޖަގަހަ ކުރިމަތީ މަގު ބަންދުކޮށްގެން ޖަލްސާ ބާއްވާފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2017 | ހުކުރު 11:26
އެމްޑީޕީ ހަރުގެ ކުރިމަތީ ކުރިއަށް ދިޔަ ސައިގެ ހަރަކާތަކަށް ފުލުހުން ހުރަސް އަޅަނީ

އެމްޑީޕީ ހަރުގެ ކުރިމަތީ ކުރިއަށް ދިޔަ ސައިގެ ހަރަކާތަކަށް ފުލުހުން ހުރަސް އަޅަނީ

ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ކުރިއަށްދާތާ ކިތަންމެ ދުވަހެއް ވެފައިވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއިން މިހާރު ވަނީ ސިޔާސީ ހަރަކާތްތައް ކޮންމެވެސް ވަރަކަށް ވަރުގަދަކޮށްފަ އެވެ.

ދެކޮޅުން ސިޔާސީ ޖަލްސާތައް ފަށާފައިވާއިރު އެންމެ ފާހަގަ ކޮށްލެވެނީ ފުލިހުންގެ އަމަލުތަކެވެ. ފުލުހުންގެ ހިދުމަތް ދޭން ޖެހެނީ ގާނޫނާ އެއްގޮތަށް، އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު އެވެ. ނަމަވެސް، ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ދިނުމުގައި ފުލުހުންގެ ވިސްނުމާއި އަމަލާއި ބަސްމަގުގައި ވެސް ތަފާތުކަން ހުރިކަން ފާޅުކަން ބޮޑު ގޮތެއްގައި މިދަނީ ފެންނަމުންނެވެ.

އެމްޑީޕީން ހަވީރުގެ ސައި ފޮދު ނަމުގައި އެ ޕާޓީ ހަރުގެ ކުރިމަތީ ކުރިއަށް ގެންދަން އުޅުނު ކޮންމެ ހަރަކާތެއް ނިމިފައިވަނީ ސަޔަށް ގެނައި އެއްޗހި ފުލުހުންގެ ޕިކަޕެގައި ގެންގޮސްގެންނެވެ. ނޫނީ އެއްވާ މީހުނަށް މަރުހަބާ ކިޔަނީ ފުލުހުން ގެންގުޅޭ ޕެޕަރ ސްޕްރޭ އިން އެވެ. އެކަން ހިނގާތާ އެތައް ދުވަހެއްޖެ އެވެ.

އެހެން ކަމެއްވެސް ފާހަގަ ކުރެވުނެވެ. އެމްޑީޕީ ހަރުގެ ކުރިމައްޗަށް އެއްވާ މީހުނަށް ވުރެ ބައެއް ފަހަރު ގިނައީ އެސްއޯ ފުލުހުންނެވެ. ކަމެއް ނުހިނގިޔަސް ބޮޑު ޕީކަޕެއް ފުރެންދެން ފުލުހުން ގޮސް އެތަނުގައި އުޅޭގޮތުން ހީވަނީ ވަރުގަދަ ދުޝްމަނުންތަކަކާ ކުރިމަތިލާން އުޅޭހެންނެވެ. ފުލުހުންގެ ހިދުމަތެއް ދިނުމުގެ ވައްޓަފާޅިއެއް ނެތެވެ. ގާނޫނުން ރައްޔިތުންނަށް ލިބިގެންވާ ހައްގުތައް ހިމާޔަތްކުރުމަކީ ފުލުހުން ދަންނަ ކަމެއް ކަމެއް އެމްޑީޕީ ހަރުގެ ކުރިމަތީގައި އަމަލުކުރާ ގޮތުން ފާހަގައެއް ނުކުރެވެ އެވެ.

މަންޒަރު އެހެން ދިމާއަކަށް ބަދަލުކޮށްލަން ހިންގާށެވެ. އިދިކޮޅު ފަރާތްތަކުން ކިތަންމެ ބޮޑު ޖަލްސާއެއް ބޭއްވިޔަސް، މަގު ބަންދުކޮށްލަ ދިނުމަށް ވެސް ފުލުހުންގެ އެހީތެރިކަމެއް ނުލިބެ އެވެ. ނަމަވެސް ޕީޕީއެމްގެ ރަސްމީ ޖަގަހަ، ރުމާލު ދޭއެއް ޖަގަހައިގައި ޖަލްސާ ކުރިއަށް ދާއިރު އެ ޕާޓީގެ ހަރުގެ ކުރިމަތީ މަގު އޮންނަނީ ބަންދުކޮށްފަ އެވެ. ބުދަ ދުވަހުގެ ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ޕީޕީއެމް ޖަގަހަ ވަށައިގެންވާ މަގުތައްވެސް އޮތީ ބަންދުކޮށްފަ އެވެ. ހީވަނީ މަގުމަތީ ބާޒާރަށް ދުއްވާ އެއްޗިއްސަށް ނުވަދެވޭނެހެން ބަންދުކޮށްފައި އޮތް ހެނެވެ. ކުރަނީ އެއް ކަމަކެވެ. އެމްޑީޕީންވެސް ބާއްވަން މަސައްކަތްކުރަނީ ސިޔާސީ ޖަލްސާއެކެވެ. ޕީޕީއެމް ވެސް އެ ބާއްވަނީ ސިޔާސީ ޖަލްސާއެކެވެ. ތަފާތަކީ ފުލުހުންގެ އަމަލެވެ. ޕީޕީއެމްގެ ޖަލްސާތަކުގައި އެސްއޯ ފުލުހެއް ފެންނާންވެސް ނުތިބެ އެވެ. މަގު މަތީ މީހުން ތިއްބަސް އެތެރެވުމަށް އަންގާނެ މީހަކުވެސް ނުތިބެ އެވެ. ގައިމު ވެސް ރުމާލު 2 ގެ ޖަގަހައިގައި ޕޯޑިއަމް ބަހައްޓައިގެން ތިބެނީކީ މާލޫދު ކިޔަވާކަށެއް ނޫނެވެ. ވަރުގަދަ ބަހުގެ ހަމަލާތައް ވެސް ދެ އެވެ. ހިތަށް އެރި އެއްޗެއް ހިތަށް އެރި ގޮތަކަށް ގޮވާލަ އެވެ. އަބުރަށް އަރައިގަނެ އެވެ.

ވިސްނާ ފިކުރުކުރާ ބަޔަކަށް މިއީ އިބުރަތެކެވެ. ގައުމުގެ ހާލަތާމެދު ވިސްނާލާމީހަކަށް ވަރަށް މަންޒަރު ސާފެވެ. ގާނޫނު ހަމަ ހަމަ ނުވާ ތަނެއްގައި ދެން އޮންނާނީ ރައްޔިތުން އެކަމާ ފާޅުގައި ދެކޮޅުހެދުމެވެ. މަގު ބަންދުކޮށްގެން ޖަލްސާއާ އެއްވުން ނުބޭއްވޭނަމަ ޕީޕީއެމްއަށް ވެސް ބޭއްވިގެންނުވާނެ އެވެ. ޕީޕީއެމްގެ ޖަލްސާއަށް ފުލުހުން މަގު ބަންދުކޮށްދޭ އުސޫލުން އެހެން ޕާޓީތަކަށް ވެސް އެ ހިދުމަތް ދޭން ވާނެ އެވެ. ފުލުހުންގެ ހިދުމަތަށް ހަރަދުކުރަނީ ރައީސް އަބްދުﷲ ޔާމީން ނުވަތަ ޕީޕީއެމްގެ މެމްބަރުންގެ އަމިއްލަ ޖީބަކުން ނޫނެވެ. ދިވެހިރައްޔިތުންގެ ފައިސާއިންނެވެ.

ޕީޕީއެމް އާއި އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތަކާމެދު ފުލުހުން އަމަލު ކުރަނީ، ރިޝްވަތުގެ ފައިސާ ގޯނި ހިފައިންގެ ދިޔަ ކަމަށް ބުނެ އިއުތިރާފުވި މީހާ ބަހައްޓާފައި ސަރުކާރާ ދެކޮޅު މެމްބަރުންގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ކުރި އުސޫލުންނެވެ. ރިޝްވަތު ދިން މީހާގެ މައްޗަށް ދައުވާކޮށް ރިޝްވަތު ހިފި ކަމަށްބުނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ދޫކޮށްލާފަ އެ ހުންނަ ބީދައިންނެވެ. ވަކި ޓީވީ ޗެނަލަކުން ދައްކާ އެއްޗެއްގެ ސަބަބުން އެ ޓީވީ ޗެނަލެއް ޖޫރިމަނާ ކޮށްފައި ޕީޕީއެމް އަށް ތާއިދުކުރާ ޓީވީ ޗެނަލެއް ގާނޫނާ ގަވައިދާ ހިލާފަށް ވިއަސް އަދަބެއް ނުދީ ދޫކޮށްލާ އުސޫލުންނެވެ.

މިއީ ހަމަ މި ފެއްސާއި ރަތާއި ހުދުގެ ފަސްގަނޑުގައި ހުރި ތަފާތެވެ. ނަމަވެސް، މިމަންޒަރުތައް ފެންނާނީ ބަލަންތިބި ބަޔަކަށެވެ. ފެނުނަސް ބަލަން ބޭނުން ނުވާ ބަޔަކަށް މި މަންޒަރުތަކެއް ނުފެންނާނެ އެވެ. މި ވާހަކަތައް ދައްކާ އަޑު އިވުނަސް، އަޑު އަހަން ބޭނުން ނުވާ މީހަކަށް އަޑެއް ނީވޭނެ އެވެ. ތިބާއަށް މިކަން އަޑު މިއިއްވީ އެވެ. މަންޒަރު މި ދެއްކީ އެވެ. ފުލުހަކު ވިޔަސް، ފަނޑިޔާރަކު ވިޔަސް، ވެރިޔަކު ވިޔަސް ފަރުދަކު ވިޔަސް މި ބޭއިންސާފަށް ރުހިގެން، މި ބޭއިންސާފު ދަމަހައްޓަން ތިބޭނަމަ، ފެންނާނީ އަނދިރި ދުވަސްތަކެވެ.

ބޭއިންސާފަށް އިއްޔެ ރުހިގެން ތިބި އެތައް ބަޔަކަށް މިއަދު އެކަމުގެ އަނިޔާގެ ރަހަ ފެނިއްޖެ އެވެ. ތިބާ ވެސް ވިސްނާށެވެ. ފުލުހުން ވެސް ސިފައިން ވެސް ވިސްނާށެވެ. ގާނޫނާ ހިލާފު އަމުރުތަކަށް ކިޔަމަން ނުވާށެވެ. ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއަައްސަސާގެ ކަރާމާތް ދެމެހެއްޓުމަށްޓަކައި ތިބާގެ ވާޖިބަކީ، ތަފާތުކުރުން ނައްތާލައި، ހަމަހަމަކަމާއި އިންސާފު ތިޔަ މުއައްސަސާގައި ގާއިމުކުރަން މަސައްކަތް ކުރުމެވެ.

އިންސާފުގެ މަގު ހިޔާރުކޮށްގެން ލިބިދާނެ ވަގުތީ ގެއްލުމެއްގެ ބިރަށް ތިބާގެ ތީނީ އަދި ގައުމީ ވާޖިބު ދޫކޮށް ނުލާށެވެ. އަމިއްލަ ނަފުސްގެ ގަދަރާއި އިއްޒަތާއި އަގު ދުއްވާ ނުލާށެވެ. ބޭއިންސާފާއި އަނިޔާވެރިކަމެއް ތާއަބަދަށް ދެމި ނޯންނާނެކަން މިއީ ތާރީޚުން ފެންނަ ހުރި ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

06 އޯގަސްޓު 2017
މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި

މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި

03 ޖުލައި 2017
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

26 ޖޫން 2017
މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު