Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމީޑިއާނެޓް

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

ޖޫރިމަނާކުރީ 500،000ރ. އިން

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 17 ޖޫން 2017 | ހޮނިހިރު 12:42
މީޑިއާނެޓްގެ މައި އޮފީސް

މީޑިއާނެޓްގެ މައި އޮފީސް

މީޑިއާނެޓް ޖޫރިމަނާކުރިއިރު، މިއަދާ ހަމައަށް ވެސް ބްރޯކާސްޓިން ކޮމިޝަނުން އެކަން ހާމައެއް ނުކުރެ އެވެ. ޖޫރިމަނާކުރިކަން ނުވަތަ ނުކުރާކަމެއް ވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް މި ވާހަކަ ރާއްޖޭގެ މީޑިއާގައި ގެނެސްދީފައިވާއިރު، އެކަން ބްރޯޑްކާސްޓިން ކޮމިޝަނުން ދޮގެއް ނުކުރެ އެވެ. ފިޔަވަޅުއެޅުމުގައި ބެލިކަންކަމެއް ނޭނގެ އެވެ. އެނގެން އޮތީ ކޮންމެ ކަމަކަށް ބަލައިގެން ފިޔަވަޅު އެޅިޔަސް، ފިޔަވަޅު އެޅުމުގައި މިފަހަރު ވެސް ހަމައެއް ލަމައެއް ނެތް ކަމެވެ.

މީޑިއާނެޓް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރީ އަލްޖަޒީރާއިން ދެއްކި "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީގެ މައްސަލައިގަ އެވެ. މިއީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ހިންގާފައިވާ ކަމަށް ތުހްމަތުކުރާ ޖަރީމާތަކާއި ކޮރަޕްޝަންގެ މައްސަލަތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ތަހްގީގީ ޑޮކިއުމެންޓަރީ އެކެވެ. ޑޮކިއުމެންޓަރީގެ މޮޅުކަމުން އެވޯޑް ވެސް ލިބިފައިވެ އެވެ. ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބެވި މެމްބަރުންނަށް ފެނިވަޑައިގަތީ މި ޑޮކިއުމެންޓަރީ ރީބްރޯޑްކާސްޓްކުރީތީވެ، މީޑިއާނެޓް ޖޫރިމަނާކުރުމަށެވެ.

ވަރުގަދަ ތަހްގީގެއްކޮށް، ސަރުކާރުގެ ބިތުފަންގި ނަގައި، މުޅި ދުނިޔެއަށް ފަޅައި އަރުވާލި މި ޑޮކިއުމެންޓަރީ ސެޕްޓެމްބަރު 7، 2016 ގައި އަލްޖަޒީރާއިން ދެއްކުމުގެ ކުރިން، މި ޑޮކިއުމެންޓްރީ ދެއްކުން ހުއްޓުވަން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މަސައްކަތް ކުރި އެވެ. ސްޓީލިން ޕެރަޑައިސްގައި ތުހްމަތުކޮށްފައިވާ ކަންކަން އޭސީސީން ތަހްގީގުކުރަމުން ދާއިރު، އެ ތުހްމަތުތަކަކީ ދޮގެއްކަން އޭސީސީން ނިންމާފައެއް ނެތެވެ.

ހަގީގަތެއް ހާމަކުރުމަކީ އަބުރުގެ ގާނޫނުގެ ދަށުން ކުށަކަށް ނުވާއިރު، ސްޓީލިން ޕެރަޑައިސްގައި ކޮށްފައިވާ ތުހްމަތުތަކަކީ ދޮގެއް އެއްވެސް ތަނަކުން ކަނޑައަޅާފައެއް ނެތެވެ. މީޑިއާނެޓް ޖޫރިމަނާކުރީ، އަމިއްލަ އަށް އިސްނަގައިގެން ބެލި މައްސަލައަކަށް ވިޔަސް، މީހަކު ހުށަހަޅައިގެން ބެލި މައްސަލައަކަށް ވިޔަސް، މައްސަލަ ބެލުމުގައި ވެސް އިންސާފެއް ނެތްކަން ހާމަކޮށްދެނީ، ސްޓީލިން ޕެރަޑައިސްގައި ކޮށްފައިވާ ތުހްމަތުތަކަކީ ދޮގެއްކަން، އިންސާފުވެރި އެހެން ތަހްގީގަކުން ކަނޑައަޅާފައި ނެތުމުންނެވެ. ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ އިހްތިޔާރު ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިގެން ނުވާއިރު، ސްޓީލިން ޕެރަޑައިސްގައި ކޮށްފައިވާ ތުހްމަތުތައް އެއީ ދޮގެއް ކަމަށް ކަނޑައެޅީ ކޮން ގޮތަކަށްތޯ އެވެ؟ އެކަން ކަނޑައެޅި ތަނެއް ނެތެވެ.

މައްސަލަތައް ބެލުމުގައި ހަމަހަމަ ކަމެއް ނެތްކަން މީޑިއާނެޓްގެ މައްސަލައިން ވެސް ހާމަކޮށްދެ އެވެ. ރާއްޖެ ޓީވީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރީ ނޮވެމްބަރު 19، 2016 ވަނަ އަހަރު ރާއްޖެ ގެނެސްދިން ރޭޕް ކޭސްއެއްގެ ހަބަރަކާ ގުޅިގެންނެވެ. އެއަށް ފަހު، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ، އޮކްޓޯބަރު 26، 2016 ވަނަ ދުވަހުގެ ރޭ އެމްޔޫއޯއިން ބޭއްވި ހަރުގެ ޖަލްސާއެއްގައި ރައީސް ޔާމީންގެ ތަރައްގީ ސިޔާސަތުތަކަށް ފާޑުކިޔައިގެންނެވެ. ސްޓީލިން ޕެރަޑައިސް ދެއްކީ، ރާއްޖެ ޓީވީ ޖޫރިމަނާކުރި ދެ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކުރިން ކަމަށްވާއިރު، މިކަމުން ދޭހަކޮށްދެނީ މައްސަލަތައް ބެލުމުގައި ވެސް ހަމައެއް އުސޫލެއް ނެތް ކަމެވެ. ތަރުތީބެއް ނެތްކަމެވެ.

މީޑިއާނެޓް ޖޫރިމަނާކުރިއިރު، ބްރޯޑްކާސްޓިން ކޮމިޝަންގެ ނާގާބިލުކަމުން ނޭނގޭ އެތައް ކަމެއް އެބަ ހުއްޓެވެ. ރާއްޖޭގައި ސްޓީލިން ޕެރަޑައިސް ރީބްރޯޑްކާސްޓްކުރީ ހަމައެކަނި މީޑިއާނެޓަކުންނޫނެވެ. ރަށްރަށުގައި ވަކިން ބޯތަށިޖަހައިގެން އެސްއެމްއޭ ޓީވީގެ ހިދުމަތް ދޭ ފަރާތްތަކުން ވެސް ސްޓީލިން ޕެރަޑައިސް ދެއްކި އެވެ. ރާއްޖޭގެ ހުރިހާ ރިސޯޓްތަކަކީ ވެސް އެސްއެމްއޭ ޓީވީގެ ހިދުމަތް ރޫމުތަކާއި މުވައްޒަފުންނަށް ވެސް ދޭ ތަންތަނެވެ. ނަމަވެސް ސެޕްޓެމްބަރު 7، 2016 ވަނަ ދުވަހު ސްޓީލިން ޕެރަޑައިސް ދެއްކީ ކިތައް ރިސޯޓުގައި ކަމެއް، ކޮންކޮން ރަށްރަށެއްގައި ކަމެއް ބްރޯޑްކާސްޓިން ކޮމިޝަނަށް ބެލިފައި އެބަ އޮތްތޯ އެވެ؟ އެކަން ނުބެލޭނަމަ އެއީ ކޮމިޝަންގެ ނުކުޅެދުންތެރި ކަމެވެ. މީޑިއާނެޓް ޖޫރިމަނާކުރިއިރު، މިފާހަގަ ކުރި އެސްއެމްއޭ ހިދުމަތް ދޭ އެއްވެސް ފަރާތެއް ޖޫރިމަނާއެއް ނުކުރެ އެވެ.

އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. ސްޓީލިން ޕެރަޑައިސް ޑޮކިއުމެންޓްރީ މީޑިއާނެޓުން ރީބްރޯޑްކާސްޓްކުރުމުގެ ކުރިން، އެ ދުވަހު އެ ޑޮކިއުމެންޓްރީ ފުރަތަމަ ގެނެސްދިނީ އަލްޖަޒީރާގެ ޔޫޓިއުބް ޗެނަލުންނެވެ. ރާއްޖޭގެ ގިނަ ބަޔަކު ބެލީވެސް ޔޫޓިއުބުންނެވެ. ނަމަވެސް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އެއްވެސް ފަރާތެއް ޖޫރިމަނާނުކޮށް، މީޑިއާނެޓް ޖޫރިމަނާމިކުރީ ކޮން ހަމަޔަކުން ހެއްޔެވެ؟ މިފަދަ އެތައް މައްސަލައެއް ހުރިއިރު، ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ބެލުމުގައި ހަމައެއް ލަމައެއް، ނެތްކަން ހާމަވެ އެވެ.

އިތުރަށް ކިޔާލަން

24 ޖޫން 2023

ސައްހަ ލިޔުމެއް ނެތަސް، ފީ އެއް ނަގަންވީމަ އޯކޭ؟ މިއީ ކޮންކަހަލަ ހަމައެއް؟

24 ޖޫން 2023
ސައްހަ ލިޔުމެއް ނެތަސް، ފީ އެއް ނަގަންވީމަ އޯކޭ؟ މިއީ ކޮންކަހަލަ ހަމައެއް؟
12 ޖޫން 2023

ވެޓަރަންސްގައި ހަމައެއް ލަމައެއްނެތް، އެފްއޭއެމަށް ވަރިހަމަ!

12 ޖޫން 2023
ވެޓަރަންސްގައި ހަމައެއް ލަމައެއްނެތް، އެފްއޭއެމަށް ވަރިހަމަ!
06 މާރިޗު 2023

އަގުބޮޑުކުރުމުން ވެސް ހިތްހަމައެއް ނުޖެހުނު، އަދިވެސް ކިޔަނީ އިތުރަށް ލާރި ދޭން!

06 މާރިޗު 2023
އަގުބޮޑުކުރުމުން ވެސް ހިތްހަމައެއް ނުޖެހުނު، އަދިވެސް ކިޔަނީ އިތުރަށް ލާރި ދޭން!
20 ޖުލައި 2022

ރަނިލް ވިކްރަމަސިންގހަ: 6 ފަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން އެއްވެސް ދައުރެއް ފުރިހަމައެއް ނުކުރެއްވޭ، މިފަހަރު ރައީސްކަމަށް

20 ޖުލައި 2022
ރަނިލް ވިކްރަމަސިންގހަ: 6 ފަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން އެއްވެސް ދައުރެއް ފުރިހަމައެއް ނުކުރެއްވޭ، މިފަހަރު ރައީސްކަމަށް
17 މާރިޗު 2022

އަގު އެއްހަމައެއްގައި ހިފެހެއްޓި، ހުސްނުވެ ކަރާ އަދި މިރުސް ލިބޭނެ

17 މާރިޗު 2022
އަގު އެއްހަމައެއްގައި ހިފެހެއްޓި، ހުސްނުވެ ކަރާ އަދި މިރުސް ލިބޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު