Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި

ސަރުކާރުން ބުނަމުން ދިޔައީ 42 މެންބަރުން ހަމަ ނުކުރެވޭނެ ކަމަށް.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 3 ޖުލައި 2017 | ހޯމަ 12:47
އިދިކޮޅު މެންބަރުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު މަޖިލީހުގައި

އިދިކޮޅު މެންބަރުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު މަޖިލީހުގައި

ބޮޑު ކޯލިޝަނަކުން އައި ވެރިކަމަކުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމްގެ ސަރުކާރުން ނެގީ ބޮޑު ތަނުންނެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތީ ރައީސް ޔާމީންގެ ފައިކޭޓުގައެވެ. އެމެޖޯރިޓީއާއެކު ޖުޑިޝަރީ އޮތީ ފައްސިޔައިގައެވެ. ނަމުގައި މިނިވަން ވިޔަސް މުއައްސަސާތައް އޮތީ ސަރުކާރަށް ވިކިފައެވެ. ނަތީޖާއެއްގެ ގޮތުން އިދިކޮޅު ފަރާތްތަކަށް އިސްއުފުލާވެސް ނުލައްވާ ރައީސް ޔާމީނަށް 3 ބާރު އޮތީ ހިތަކަށް ލިބިދީފައެވެ. ވެރިކަން ކުރާނެ ގޮތަކަށް ކުރުމަށެވެ.

އެބާރާއެކު މަޖިލީހުން ފާސްކުރީ ހިތުހުރި ޤާނޫނެކެވެ. ބަދަލު ގެނައީ ގެންނާނެ އެއްޗަކަށެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެނައީވެސް 24 ގަޑިއިރުގެ ތެރޭގައެވެ. ރަައީސް ޔާމީނާ ވާދަކުރައްވަފާނެ ކޮންމެ މީހަކަށް ލަގާ ދިނުމުގެ ތެރެއިން މުޅި ކޯލިޝަން ރޫޅުނީއެވެ. ވެރިކަމަށް ގެންނެވި ބޭބޭފުޅުވެސް ބޭރުކޮށްލެއްވީއެވެ.

އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އެރީ އެނޫން ގޮތެއް ނެތިގެންނެވެ. ހަމަހަމަކަން ގެއްލުނީތީއެވެ. ކޮރަޕްޝަން ޢާއްމުވީމައެވެ. އެންމެ ބޮޑެތި ކޮރަޕްޝަންތައް ސީދާ ސަރުކާރުގެ ތެރެއިން ހިންގީމައެވެ. މިކަންކަން ބޮޑުވެ ދެންވާ ޤައުމު، އަތްދަށުން ދޫވެދާނެ ކަމުގެ ބިރަށްޓަކައި ކަންކަން އިސްލާހު ކުރުމަށެވެ.

އެކަމަށްޓަކައި ރައީސް މައުމޫނާއި ރައީސް ނަޝީދު އަދި ޤާސިމް އިބްރާހީމާއި ޝައިޚް އިމްރާން ގުޅިވަޑައިގެންކުރި މަސައްކަތުން އިއްތިފާގު ވެވުނީ އެންމެބޮޑު ކަމަކީ މަޖިލީހުގެ ތެރެއިން ކަންކަން ކުރެވޭނޭ ގޮތެއް ހެދުން ކަމަށެވެ. ސަރުކާރަށް އޮތް ސުޕަރ މެޖޯރިޓީ ރައްޔިތުންގެ ކޮޅަށް އަނބުރާލުމެވެ.

އިދިކޮޅު އެމްޑީޕީން އެކަނި އޮވެ ކުރަމުން އައި މަސައްކަތުގެ ތެރެއަށް އަދާލަތު ޕާޓީގެ އެއްބާރުލުން ލިބުނު ނަމަވެސް މަޖިލީހުގެ ތެރެއިން ކަމެއް ނިންމުމާ ކައިރިވެސްވެވޭވަރެއް ނުވިއެވެ. ނަމަވެސް ސަރުކާރު ހައްދުފަހަނައަޅަން ފެށުމުން، ރައީސް މައުމޫން ނުކުންނެވިއެވެ. އެމަނިކުފާނާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކޮޅެއް އިދިކޮޅަށް ނިކުންނެވިއެވެ. އެހެންނަމަވެސް އޭގެތެރެއިން އޭދަފުށީ ދާއިރާގެ މެންބަރ ސަލީމްއާއި ބާރަށު ދާއިރާގެ މެންބަރު ޝުޖާޢުއަށް ކެތްކޮށްލެވޭވަރެއް ނުވިއެވެ. އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއް ލަތީފަށްވެސް ޖެހިވަޑައިގަތީ އެހާލެވެ.

ނަމަވެސް ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީވެސް ރަނގަޅަށް އިދިކޮޅަށް ޖެހިލައި ގުޅިފައިވާ އިދިކޮޅު ކޯލިޝަނަކުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިއެވެ. އެކަމަށް ނަގާ ވޯޓުން ސަރުކާރު ބަލިވެދާނެތީ އެވޯޓު ނެގިއަކަ ނުދިނެވެ. މަޖިލީހުގެ ސިސްޓަމާ ކުޅެލިއެވެ. ވޯޓިންގ ސިސްޓަމް ގޯސްވެ ރޯލްކޯލަކަށް ދާން ފެނޭތޯ ނެގި ވޯޓު ނެގީ މައްސަލަ ޖެހިފައިހުރި ސިސްޓަމުންނެވެ. އެކަމަކު އެވޯޓް ސައްޙަ ކަމަށް ބުނެ އެމައްސަލަ ނުގޮތަކަށް ފެއިލް ކޮށްލިއެވެ.

ގުޅިގެން ކުރި މަސައްކަތުން އަނެއްކާވެސް މަޖިލީހަށް އެމައްސަލަ ހުށަހެޅިއެވެ. އެފަހަރުވެސް ގަތީ އަމަށަކު ބިރެއް ނޫނެވެ. ވޯޓާއި ހަމައަށް ނުގެންދިއުން އެކަންޏެއް ނޫނެވެ. ފަސޭހަ ކަމާއެކު މަޖިލީހަށް ނުވެއްދޭގޮތް ހަދާލިއެވެ. މަޖިލީހުން އެފަދަ މައްސަލައެއް ފާސްވާ ވަރަށް 42 މެންބަރުން ސޮއިިކޮށްގެން ނޫނީ މައްސަލައެއް ހުށަނޭޅޭނެ ގޮތައް ޤަވާއިދު ބަދަލުކުރިއެވެ.

އިދިކޮޅު ފަރާތްތަކުން ފަހަށް ޖެހޭކަށް ނުހެދިއެވެ. އިހުނަށްވުރެ މަސައްކަތް އިތުރުކޮށް 42 ހަމަ ކުރުމުގެ މަސައްކަތް މެކުހަށް ޖެހިއެވެ. އިސާހިތަކު އެކަމުގައި އުޅޭ ފަރާތްތަކަށް ތަފާތު ބިރުތައް ދައްކާން ފެށިއެވެ. އިދިކޮޅު ފަރާތްތަކާ ގުޅޭ މެންބަރުން ތަފާތު ތުހުމަތު ތަކުގައި ފުލުސް އޮފީހަށް ދަމަން ފެށިއެވެ. ދައުވާތައް އުފުލައި ޝަރީޢަތް ފެށިއެވެ. ހައްޔަރުކޮށް އެހެން މެންބަރުން ހައްޔަރު ކުރާނެ ކަމުގެ ބިރު ދައްކާން ފެށިއެވެ.

އެކަންކަމާއެކުވެސް ފަހަށް ނުޖެހި ކުރި މަސައްކަތުން ރައްޔިތުން ސަރުކާރަށް ތާއީދު ނުކުރާކަން ލޯކަލް ކައުންސިލް އިންތިޚާބުގައި ފާޅުކަންބޮޑު ގޮތަކަށް ބުންޏެވެ. އެހިތްވަރާއެކު ސަރުކާރަށް ތާއީދުކޮށްގެންތިބި މެންބަރުން ވިސްނާން ފެށިއެވެ. ރައްޔިތުން ތިބިގޮތް ރަނގަޅަށް ސާފުވުމުން ރައްޔިތުންގެ ކޮޅަށް މެންބަރުން އެނބުރޭން ފެށިއެވެ. ހިމޭންވެފައިތިބި މެންބަރުން ބަސްބުނާން ފެށިއެވެ. ތަފާތު ގޮތްގޮތަށެވެ. ދެފަށް މާނައިގައެވެ. ޅެންފަރިއްސާއި ޓްވީޓްތަކުގައެވެ. ފޭސްބުކް ސްޓޭޓަސްތަކުގައެވެ. އަބަދު ފިތިފައި ނުތިބެވޭނެ ކަމަށް ވިދާޅުވެ ސަރުކާރުގެ ގޯސްތައް ގޮވާން ފެށިއެވެ. ނުވިތާކަށް ވަޒީރުންގެ އިސްތިއުފާއަށްވެސް ގޮވާލެއްވީއެވެ.

ހިކުމަތްތެރިކަމާއެކު ހަތަރު ލީޑަރުންނާއި އެލީޑަރުންގެ އިރުޝާދާއެކު މަސައްކަތް ކުރައްވަމުން ގެންދެވި މަސައްކަތް ކާމިޔާބުވުމުގެ ކުލަވަރު ފެންނާން ފެށިއެވެ. ނާމާން ކަމާއި ބިރުވެރިކަމުގެ ތެރެއިންނެވެ. ކޮންމެ ބޭފުޅަކަށްވެސް އޮތީ އެބޭފުޅެއްގެ ޓާސްކް ފުރިހަމަ ކުރެއްވުމެވެ. އިސާހިތަކު އިވެންފެށީ ހަމަވެއްޖެ ކަމުގެ ވާހަކައެވެ. އެބުނާ 42 ސޮއިކޮށްފި ކަމުގެ ވާހަކައެވެ. އެކަކަށްވެސް އަނެކަކަކީ ކާކުކަމެއް ނޭނގުނެވެ. އެންމެން އެންމެނަށް ކުރެވެމުން ދިޔައީ ބޮޑު ސުވާލެކެވެ. ސަރުކާރުގެ ފިއްތުންތަކާއި ބިރުވެރިކަމުގެ ތެރެއިން އެކަން ވެދާނެ ހެއްޔެވެ. ދެން އިވުނީ ގިނަވެއްޖެ ކަމުގެ ވާހަކައެވެ. ސަރުކާރުން ބުނަމުން ދިޔައީ އެއީ ނުވާނެ ކަމެއް ކަމަށެވެ. ޚުދު ރައީސް ޔާމީންވެސް ވަރަށް ވަރުގަދައަށް ދިޔައީ ރައްދު ދެއްވަމުންނެވެ. އިދިކޮޅު ފަރާތްތައް އުޅެނީ ހުވަފެނެއްގައި ކަމާ އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

ދެއީދު ދޭތެރެއިން އަންނާނެކަމަށް ބުނާ ބޮޑު އީދުގެ ވާހަކަ ދައްކަން ފެށީ ފަހުދިހައިގައެވެ. އުފާވެރިކަން ލިބެން އުޅޭ ކަމުގެ ވާހަކައެވެ. ރައްޔިތުންގެ ކޮޅު ގަދަވާކަމުގެ ވާހަކައެވެ. އެކަންކަމަށް ފާޅުގައި ބަސްބުނަމުންދިޔަ ސަރުކާރުގެ ބޮޑުން ސިއްސުވާލީ ހޯމަދުވަހު މަޖިލީހަށް ވެއްދި މައްސަލައިގެ ލިސްޓު ފެނުނީމައެވެ. ހީނުކުރާހާ މެންބަރުން ސޮއިކުރައްވާފައި އޮތަތީއެވެ. ރައީސް ޔާމީނާ އެންމެ ގާތް ބޭފުޅުންގެ ގޮތުގައި ތިއްބެވި ސިނާންމެންފަދަ މެންބަރުން ހިމެނުން ވެގެން ދިޔައީ ބޮޑު ކަމަކަށެވެ. ހީނުވާ މެންބަރުންވެސް ފަސްނުޖެހި ސޮއި އަޅާލިއިރު ސަރުކާރަށް ވާނުވާވެސް ނޭނގެއެވެ.

ކޮންމެއަކަސް ސަރުކާރުން އާރާއި ބާރުގައި ގަދަބަސް ބުނެބުނެ ތިއްބާ އިދިކޮޅު ލީޑަރުން ބޮޑު ރޭވުމެއް ރާވައިފިއެވެ. ގިނަ ޕްރެކްޓިސްތަކެއް ކޮށްފިއެވެ. މޮޅުގޮތްގޮތައް ކުޅިބައި އަތުރާލާފައިވެއެވެ. ފުރަތަމަ ކޮޅުން ފެށިގެން ލިބުނު ގިނަ މޮޅާއެކު މާބޮޑުތަނުން ފޮނިވެފައި ތިއްބާ ފަހަރަކު ގެޔަކަށް މަނާ ކޮއްޕަމުން ގެންގޮސް މަނާ މަންތިރިކޮށްފިއެވެ. އިސާހިތަކު މޮޅުކުޅިތަކެއް ކުޅެ، ހަތަރު ފަރާތުން ބައްދާލައިފިއެވެ. ދެންވާ އެރޭނެގޮޅިއެއް ނުދައްކާ ބޮނދުބުޑަށް އެކީ ސައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިޒަކީ 38، މެޖޯރިޓީ ނެތްކަން ވަރަށް ސާފު!

ސައިޒަކީ 38، މެޖޯރިޓީ ނެތްކަން ވަރަށް ސާފު!

21 ފެބުރުއަރީ 2018
މުޅި އަހަރު ޖޫރިމަނާ ދެއްކުމުގައި!

މުޅި އަހަރު ޖޫރިމަނާ ދެއްކުމުގައި!

30 ޑިސެމްބަރު 2017
ޓީޗަރުންގެ ދުވަސް : ގިނަ ސްކޫލުތަކުގައި ދުވަސް ފެށުނީ ހެނދުނުގެ ސައިން

ޓީޗަރުންގެ ދުވަސް : ގިނަ ސްކޫލުތަކުގައި ދުވަސް ފެށުނީ ހެނދުނުގެ ސައިން

05 އޮކްޓޯބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު