Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނަސޭހަތުގެ ބަސްކޮޅެއް

އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

އަމިއްލަ އަތުގައި ކަސްތޮޅު އަޅުވައި، އަމިއްލަ ހުރަގޭގައި ބަންދުނުވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 22 މާރިޗު 2017 | ބުދަ 09:59
ދުނިޔޭގެ ކުލަ މަޖާ ފެނި އޭގެ ހެއްލުމުގައި ތިބާ ހަށިވިއްކާނުލާ

ދުނިޔޭގެ ކުލަ މަޖާ ފެނި އޭގެ ހެއްލުމުގައި ތިބާ ހަށިވިއްކާނުލާ

އޭ މިނިވަނެއްގެ ގޮތުގައި މިބިމުގައި ޚަލްގު ކުރެއްވި މަޚްލޫގާ އެވެ. ތިބާ ވަނީ ހުރިހާ ދިރޭތަކެއްޗެއްގެ މައްޗަށް އިސް ކުރެވިފަ އެވެ. އޭ ބުއްދީގެ އަހުލުވެރިޔާ އެވެ. ތިބާ އަށް އަމިއްލަ އަމަލުތަކުގެ އިޚްތިޔާރު ލިބިގެންވެ އެވެ. ތިބާ ޒިންމާވާންޖެހެނީ ތިބާ އަމިއްލަ އަށް ކުޅަ އަމަލަކަށެވެ. ތިބާ އަށް ދަރުމަ އާއި ސަވާބު ލިބެނީ މިބީދައިންނެވެ. އަދި ތިބާ އަށް އަޒާބު ލިބޭނީ ވެސް މި ބީދައިންނެވެ.

އެންމެ ފުރިހަމަ ބުރުސޫރައިގައި ތިބާ ދުނިޔެއަށް ފޮނުއްވީ، އެހެން އެއްވެސް މަޚްލޫގަކަށް ދެއްވާފައިނުވާ ފަދަ ނިއުމަތަކާ އެކުގައިކަން ތިބާ ދަންނާށެވެ. ތިބާގެ ސިކުނޑިއަކީ ރަސްކަލަކަށް ވެސް ތަޅު ނޭޅުވޭނެ ނިއުމަތެއްކަން ދަންނާށެވެ. ކަންކަމާމެދު ފިކުރުކޮށް ވިސްނުމަކީ ތިބާ އަށް ދެއްވި އަގުނުކުރެވޭ ފަދަ ނިއުމަތުގެ ބޭނުމެވެ. ދުނިޔެ އޮޅެމުން ނިއުޅެމުން ދުވަސްތައް ފާއިތުވެގެންދާ ގޮތާއި މެދު ތިބާ ވިސްނާލަބަލާށެވެ.

ތިބާއާއެކު ދުނިޔޭގެ ލައްޒަތާއި އަރާމުގައި އެއިރު އުޅުނު މީހުން މިއަދު ކޮބައިތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްބަލާށެވެ. ތިބާގެ ކުރިމަތީގައި ނެތިފަނާވެގެން ދިޔަ މީހުންގެ ވާހަކަތަކުން އިބްރަތް ހާސިލްކޮށްބަލާށެވެ. ތިބާގެ ކުރިން މި ބިންމަތީގައި ގަދަފައި ވިއްދައި، ދުނިޔޭގެ ހުރިހާ އާރަކާއިބާރެއް ޖަމާކުރި މީހުންނަށް ވީގޮތާ މެދު ވިސްނާލަބަލާށެވެ. އެމީހުންނާއި ތިބާގެ ހާލަތާ މެދު ވިސްނައިފިނަމަ ތިބާގެ ލޮލުން އޮހޭ ކަރުނައިން ކޯރުތައް އުފެދޭނެ އެވެ.

އުސް ޓަވަރެއް ބިނާކޮށްގެން އުޑަށް މިސްރާބު ޖެހި މިސްރުގެ ފިރިއައުނު ޣަރަގު ކުރެއްވި ގޮތާއި، މުދަލާއި ފައިސާ އިން ފެންވެރި ގާރޫނު ނެތިފަނާވެގެން ދިޔަ ގޮތަކީ ތިބާ ފަދަ މީހުންނަށް އިބްރަތެކެވެ. ލުޓޭރަކަށް، ވަގަކަށް ވެގެން ތިބާ ތި ހޯދާ މުދަލާއި ފައިސާއިން އަޅެ އުމުރަށް އެންމެ ދުވަހެއް ވެސް އިތުރުކޮށްބަލާށެވެ. ފަސްގަނޑުގެ ދަށުގައި ހަށިގަނޑު ކުނިވެ ފަނާވެ ނުދާނެ ގޮތެއް ތިބާ ހޯދާބަލާށެވެ. ނުހައްގުން ތިބާ ތި ހޯދާ މުއްސަނދިކަން ކަށްވަޅަށް ނިކަން ގެންގޮސްބަލާށެވެ. މަރު އައިސް ޖެހުމުން، ތިބާ އެއްކުޅަ ކަޅު ފައިސާއިން ނިކަން އެންމެ ސިކުންތެއް ނަމަ ވެސް އިތުރުކޮށްބަލާށެވެ.

އޭ އަޚާ އެވެ. ތިބާއާއި އަހަރެންގެ އަމިއްލަ ނަފްސުގެ ހާލަތާ މެދު އަހަރެން ހިތާމަ ކުރަމެވެ. އަހަރެން ކަރުނަ އަޅަމެވެ. ތިބާ އާއި އަހަރެންނަށް ވެސް ހެޔޮ ވިސްނުން ދެއްވުމަކީ އަހަރެންގެ ދުއާ އެވެ. ތިބާ ތިއީ އަހަރެންނެކޭ އެއްފަދައިން ދުނިޔޭގެ މި ވަގުތީ ދަތުރުގެ ބައިވެރިޔެކެވެ. އަހަރެންނާއި ތިބާގެ އަޖަލު ހަމަ މި ހިނދުކޮޅުގައި ވެސް ހަމަ ވެދާނެ އެވެ. ހަށިގަނޑުން ފުރާނެ ވަކިވެ ބަރުޒަޚުގެ އާލަމަށް ދަތުރުކޮށްފާނެ އެވެ.

އޭ މީސްތަކުންގެ ހައްގުގައި ވަކާލާތު ކޮށްދެއްވާނެ ކަމަށް މާތް ރަސްކަލާނގެ ހެކިކޮށް ވައުދުވެވަޑައިގެންނެވި އިއްޒަތްތެރި ރައްޔިތުންގެ މަންދޫބެވެ. އޭ މީސްތަކުންގެ މެދުގައި އަދުލަށް ހުކުމްކުރުމަށް މާތް ﷲ ހެކިކޮށް ހުވާ ކުރެއްވި ފަނޑިޔާރެވެ. އޭ މީސްތަކުންގެ މެދުގައި އަދުލުވެރިކަމާއެކު ވެރިކަން ކުރުމަށް މާތް ﷲ ގަންދީ ހުވާ ކުރެއްވި ހާކިމެވެ. ތިބާގެ ޒިންމާއަދާ ކުރައްވާށެވެ. އަދުލުވެރިވާށެވެ. އިހުސާންތެރިވާށެވެ. އޯގާތެރިވާށެވެ.

އަމިއްލަ ޒަމީރުގެ އަޅަކަށް ނުވާށެވެ. ދުނިޔޭގެ ކުލަ މަޖާ ފެނި އޭގެ ހެއްލުމުގައި ތިބާ ހަށިވިއްކާނުލާށެވެ. އަމިއްލަ އަތުގައި ކަސްތޮޅު އަޅުވައި، އަމިއްލަ ހުރަގޭގައި ބަންދުނުވާށެވެ. ކުއްތާއެއްގެ ދަރަޖައަށް ތިބާ އަމިއްލަ އަށް ވެއްޓިނުގަންނާށެވެ. ތިބާ ތިއީ މިނިވަނެކެވެ. ތިއީ މަނިތިއްކަކުން ތިބާ ޚަލްގުކުރެއްވި އިލާހުގެ އަޅެކެވެ. ތިބާ އަޅުވެތި ކުރެވޭނެ އިތުރު ބާރެއް ނެތެވެ. އަމިއްލަ ކަސްތޮޅުތަކުން ވީއްލޭށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

15 ފެބުރުއަރީ 2018
ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

26 ޑިސެމްބަރު 2017
ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

14 ޑިސެމްބަރު 2017
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

07 ޖޫން 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު