Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަސާސީ ހައްގު

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 6 އޯގަސްޓު 2017 | އާދީއްތަ 11:52
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފަ: ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކަމާބެހޭ އިދާރާތަކުން ނުދިން --

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފަ: ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކަމާބެހޭ އިދާރާތަކުން ނުދިން --

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށާއި ސަރުކާރު ހިތްހަމަ ނުޖެހޭ ފަރާތްތަކަށް މިހާރަކަށް އައިސް ދިމާވެގެން މިއުޅޭ މައްސަލައަކީ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. ސީދާ ގާނޫނުއަސާސީން ލިބިދޭ ނަފްސު ދިފާއު ކުރުމުގެ ހައްގާއި، ސިއްހީ ހިދްމަތް ލިބިގަތުމުގެ ހައްގުގެ އިތުރުން ދަތުރުފަތުރު ކުރުމުގެ ހައްގު ގެއްލިގެންދާ މައްސަލައެކެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަންގާފައިވާ ކަމުގެ އަޑުތައް މިވަނީ ފެތުރިފަ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ރާއްޖޭން ބޭރަށް ފުރުން މަނާކޮށްފައި ވަނީ ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ ސީދާ ކޯޓު އަމުރެއްގެ ދަށުން ބައެއް މެމްބަރުންނަށް ރާއްޖޭން ބޭރަށް ފުރުން މަނާ ކުރުމެވެ. ދެ ވަނަ ގޮތަކަކީ މެމްބަރަކު ނުވަތަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތެއް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށްޓަކައި އިިމިގްރޭޝަން ކައުންޓަރަށް ވަޑައިގެންނެވުމުން އެ ބޭފުޅުންނާއި ސުވާލުތައް ކުރިމަތިކުރައްވާ، މަޑު ކުރަން އެންގުމެވެ. މަޑު ކުރަން އެންގުމަށްފަހު، އެ މެމްބަރަކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށް، ވަޑައިގެން ހުންނެވި ކަމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު، އެ މެމްބަރެއް ފުރުމުގެ ހުއްދަ ދޭން ބޭނުންނުވާނަމަ ވަގުތުން ކޯޓު އަމުރެއް ހޯދުމެވެ. މީގެކުރިންވެސް އެފަދަ ގޮަތަކަށް ކަންކަން ކޮށްފައިވާ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވެއެވެ.

ސަރުކާރަށް އެންމެ ބޮޑު ތްރެޓަކަށް ވެފައި މިވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް ދެ ފެކްޝަނަކަށް ބެހި، ދެ ފެކްޝަންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތަކެވެ. އެކަމާ ގުޅިގެން ޕީޕީއެމް ރައީސް މައުމޫން ފެކްޝަން ގުޅިފައި މިވަނީ އިދިކޮޅު ފަރާތްތަކާއެވެ. ރައީސް މައުމޫންއާއި އެމަނިކިފާނަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުންނާއި އާއްމު ރައްޔިތުން މަސައްކަތް ކުރަމުން ދަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އެކުވެގެން އުފައްދާފައިވާ އިއްތިހާދާއެކު އެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތުގަ އެވެ.

އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް ފާރަލާން ޖެހިފައި މިވަނީ ރައީސް މައުމޫނާއެކު ވަޑައިގެންނެވި މަޖިލިސް މެމްބަރުންނާމެދުގަ އެވެ.

އެންމެ ބޮޑަށް ސަމާލު ވުމަށް އަންގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވާ މެމްބަރުންނަށް ކަމަށް ވެއެވެ. ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމުން ވަކިވެވަޑައިގެންނެވި، މެމްބަރުންނަށް ހާއްސަ ސަމާލުކަމެއް ދޭކަމުގެ ތުހުމަތުތަކެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްސަފުގައި މަސައްކަތްކުރައްވާ ބައެެއް މެމްބަރުން ކުރައްވަ އެވެ.

އިމިގްރޭޝަނުން މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް އިމިގްރޭޝަން ކައުންޓަރަށް ވަޑައިގެންނެވުމުން، ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ބުނެ، އަނބުރާ ފޮނުވާލައްވާފަ އެވެ. މިއަދު ވެސް ގާސިމްގެ ބަލިހާލު ބޮޑުކަމަށާއި ރާއްޖޭއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ގާސިމްގެ ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ ބޮޑު ދައިތަ، ބަލިހާލަތު ބޮޑުވުމާއި ގުޅިގެން ބޮޑު ދައިތަ އަރިހަށް ޒިޔާރަތް ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށް އެއާރޕޯޓަށް ވަަޑައިގެންނެވި ތަނުން އިމިގްރޭޝަނުން ވަނީ ފާރިސްގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ކުޑަ ދުވަސްކޮޅެއްފަހު، ސިންގަޕޫރުން ބޭސްފަރުވާ ކުރަމުން ދިޔަ ފާރިސްގެ ބޮޑު ދައިތަ ވަނީ ނިޔާވެފަ އެވެ.

އިމިގްރޭޝަނުން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ހާމަ ކުރައްވާފަ އެވެ.

އެގޮތުން ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ ޕާސްޕޯޓް ދާދިފަހުން ހިފަހައްޓާފައިވާއިރު، އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ޗެއާރ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މިމަސައްކަތުގެ ތެރެއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަރާތުން ލިބޭ އެއްބާރުލުމަކީވެސް ސަރުކާރު ނޭވާހޮޅިއަށް އެޅޭ ކަމަކަށް ވަނީ ވެފަ އެވެ.

އަދީބުގެ ލޮލުގެ ބޮޑު ބައްޔަކަށާއި ކިޑްނީގެ ބައްޔަކަށާއި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި ކެންސަރު ބައްޔަށް މަގު ފަހިވެދާފަދަ ހާލަތެއް އަދީބަށް މެދުވެރިވެފައިވާކަމަށް އަދީބު ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އަދީބުގެ އާއިލާއިން ބުނާއިރު، އަދީބަށް ވެސް ބޭސްފަރުވާ ހޯދަންޖެހިފައި މިވަނީ ރާއްޖެއިން ބޭރުންނެވެ. ނަމަވެސް އަދީބު ވެސް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދޭކަށް ސަރުކާރުން ބޭނުމެއް ނުވިއެވެ.

ސަރުކާރާ ދެކޮޅު ނުވަތަ ސަރުކާރު ހިތްހަމަ ނުޖެހޭ މަޖިލިސް އެއްވެސް މެމްބަރެއް، ސިޔާސީ އެއްވެސް އިސް ފަރާތަކަށް ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް އެބޭފުޅުން ހިފަހައްޓައިގެން ސަރުކާރު ދެމި އޮތްނާނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަކަމެއް ކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ. ބައެއް މީހުންގެ ސިކުނޑި ގޮވަނީ އެ މީހުންނަށް އަމިއްލައަށް ހެދޭ ގޯސްތަކުންނެވެ. ހެދޭ ގޯސްތައް ރަނގަޅު ކުރަން އުޅުމުގެ ބަދަލުގައި ގޮތް ދޫނުކޮށް، މީސް މީހުންދޭ ރަނގަޅު ނަސޭހަތްތައް ބޮލާލާ ޖެހުމަކީ "ވައަތު ސިކުނޑި" އެއްގެ ވެރިންނޭ ވެސް ބުނެއުޅޭތީ އަޑު އަހަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

26 އޮކްޓޯބަރު 2017
މަރުވެފައިވާ ހަށިތައް ނޫން އެއްވެސް އެއްޗެއް ނުފެނޭ

މަރުވެފައިވާ ހަށިތައް ނޫން އެއްވެސް އެއްޗެއް ނުފެނޭ

16 އޮކްޓޯބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

13 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު