Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޓްރަމްޕް

މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!

މުސްލިމު މެޖޯރިޓީ 7 ގައުމެއް ހިމެނޭ ގޮތަށް އެންމެ ފުރަތަމަ ރައީސް ޓްރަމްޕް ގާރާރެއް ނެރުއްވީ މިދިޔަ ޖެނުއަރީ 27 ގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 18 މާރިޗު 2017 | ހޮނިހިރު 10:09
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މީޑިއާއާ ދެމެދު އޮންނަ "ކޯޅުން"ތަކަކީ މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ކުރިން ވެސް އެންމެންނަށް އެނގޭ ކަންކަމެވެ. އަދި މިހާރު ވެސް ފާޅުކަން ބޮޑު ގޮތެއްގައި "އެ ކޯޅުން އޮވެއެވެ." އެހެން ނަމަވެސް ވެރިކަމަށް ރައީސް ޓްރަމްޕް އައުމާއިއެކު އެހެން ކޯޅުމެއް ފެށިއްޖެއެވެ. އެއީ ރައީސް ޓްރަމްޕާއި ޝަރުއީ ދާއިރާ އާ ދެމެދު އޮތް "ކޯޅުމެވެ."

މިކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގިގެން ދިޔައީ ބައެއް މުސްލިމު ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް އެރުން މަނާކުރާ ގަރާރެއް ރައީސް ޓްރަމްޕް ފާސްކުރުމާއި ގުޅިގެންނެވެ. މުސްލިމު މެޖޯރިޓީ 7 ގައުމެއް ހިމެނޭ ގޮތަށް އެންމެ ފުރަތަމަ ރައީސް ޓްރަމްޕް ގާރާރެއް ނެރުއްވީ މިދިޔަ ޖެނުއަރީ 27 ގައެވެ. އެ ގަރާރު ނުވަތަ އަމުރު އެކި ސްޓޭޓް ތަކުގެ ޖަޖުން ހުއްޓުވިއެެވެ. ރައީސް ޓްރަމްޕްގެ އެ ގާރުގައި އިރާގާއި، އިރާނާއި، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުން މީހުން އެމެރިކާއަށް އެތެރެވުން މަނާކުރިއެވެ.

އެންމެ ފަހުން، މި މާޗް މަހު ރައީސް ޓްރަމްޕް ނެރުއްވި ގަރާރުގައި އިރާގު ފިޔަވައި، ކުރީގެ ގަރާރުގައި މީހުން އެތެރެވުން މަނާކުރި ހުރިހާ އެހެން ގައުމެއް ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، ވިސާދިނުމުގައި އިތުރު ސަލާމަތީ ފިޔަވަޅުތަކެއް އެޅުމަށް ޝަރުތުކޮށް، އިރާގު މި ލިސްޓުން އުނިކޮށްފައިވަނީ، ހަނގުރާމަވެރި އައިސިސް ޖަމާއަތާއި ކުރިމަތިލުމުގައި އިރާގުން އެމެރިކާއަށްދޭ އެއްބާރުލުމުގެ ސަބަބުން، ޕެންޓަގަން އާއި ސްޓޭޓް ޑިޕާޓްމަންޓުން ރައީސް ޓްރަމްޕަށް ޕްރެޝަރ ކުރުމުންނެވެ. 90 ދުވަހުގެ މުއްދަތަކަށް އަމަލު ކުރުމަށް ހަމަޖައްސާފައިވާ، ރައީސް ޓްރަމްޕްެގެ ފަހުގެ ގަރާރުގައި، 120 ދުވަހުގެ މުއްދަތަކަށް އެމެރިކާއަށް ރެފިއުޖީން އެތެރެވުންވެސް މަނާކޮށްފައިވާއިރު، މި އަމުރަށް އަމަލުކުރަން ފަށަން އޮތީ މާޗް 16 ގައެވެ.

މުސްލިމު މެޖޯރިޓީ އޮންނަ ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް އެރުން މަނާކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަދަލުތަކާއެކު މި މާޗް މަހު ނެރުއްވި ގަރާރަށް ޝަރުއީ ދާއިރާއިން އައިސްފައިވާ ގޮންޖެހުންތަކަށް ބަލާލަމާތޯއެވެ.

މެރީލޭންޑްގެ ކޯޓާ ހަވާއީގެ ކޯޓުގެ ފެޑެރަލް ޖަޖުން، އެކޯޓްތަކަށް ހުށަހެޅުނު މައްސަލަ ބެއްލެވުމަށް ފަހު އިއްވި ހުކުމުގައި ވިދާޅުވެފައި ވަނީ، ޓްރަމްޕް ނެރުއްވި އަމުރަކީ ސީދާ މުސްލިމުން ފާހަގަ ކުރައްވައި، މުސްލިމުންނާ ދެކޮޅަށް ނެރުއްވި އަމުރެއް ކަމަށެވެ. ޓްރަމްޕްގެ އަމުރު ބާތިލް ކުރުމަށް މޭރީލޭންޑްގެ ކޯޓަށް މައްސަލަ ވެއްދީ އެމެރިކަން ސިވިލް ލިބަރޓީސް ޔޫނިއަންއާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި، ރެފިއުޖީންގެ ހައްގުގައި މަސައްކަތްކުރާ ޖަމާއަތްތައް ގުޅިގެންނެވެ. ރައީސް ޓްރަމްޕްގެ އަމުރު އެންމެ ފުރަތަމަ ހުއްޓުވި، ހަވާއީގެ ފެޑެރަލް ޖަޖުގެ ހުކުމުގައި ވަނީ ރައީސް ޓްރަމްޕްގެ އަމުރަކީ ގާނޫނީ ހަމަތަކަށް ބިނާވެފައިވާ އަމުރެއް ނޫން ކަމަށާއި ރައީސް ޓްރަމްޕްގެ އަމުރަށް އަމަލުކޮށްފި ނަމަ ދާއިމީ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު އިވިގެން ދިޔަ އަޑަކީ ވޮޝިންޓަން ސްޓޭޓްގެ ފެޑެރަލް ޖަޖަކު ވެސް ޓްރަމްޕުގެ އަމުރު ހުއްޓުވުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވި ޚަބަރެވެ.

ހުކުރު ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ހުއްޓުވި މައްސަލަ، ޓްރަމްޕްގެ ސަރުކާރުން ވަނީ އިސްތިއުނާފުކޮށްފައެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓަކަށް ނޫނެވެ. ޖަސްޓިސް ޑިޕާޓްމަންޓުން މެރީލޭންޑްގެ ޖަޖު ނެރުއްވި އަމުރު އިސްތިއުނާފު ކުރީ ވާޖީނިއާގެ ރިޗްމަންޑް ގައި ހުންނަ ފޯތް ޔޫއެސް ސާކިޓް ކޯޓް އޮފް އެޕީލްސް އަށެވެ.

ރައީސް ޓްރަމްޕް ބަދަލުތަކާއެކު ނެރުއްވި ގަރާރަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޓްރަމްޕް ވަނީ އެމެރިކާގެ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޖެހިވަޑައިގެންފި ނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ކަން މިހެން އޮތް އިރު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ފުރަތަމަ ހަރުފަތަކަށް ވާނީ މިހާތަނަށް ދެ ސްޓޭޓަކުން ޖަޖުން އަމުރު ހުއްޓުވި ހުއްޓުވުން، އެއްކޮށް ނޫނީ ވަކިވަކިން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމެވެ. ކުރިއަށް މަދު ދުވަސްކޮޅުގެތެރޭގައި ޖަސްޓިސް ޑިޕާޓްމަންޓުގެ ނިންމުން އެނގޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާގޮތުން ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވަނީ ސަރުކާރުން ދެން ކަން ކުރައްވާނީ ކޮން ގޮތަކަށްކަން ވިދާޅުވަން ދެކޮޅުހައްދަވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

03 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން - ފިރުމާލާފަ ކަނާތުން ތި ޖެހީ މޫނުގަ ވާތުން

ރޮހިންޖާ މުސްލިމުން - ފިރުމާލާފަ ކަނާތުން ތި ޖެހީ މޫނުގަ ވާތުން

16 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް

ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް

11 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު