Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަހުމަދު އަދީބު

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

އަދީބުގެ ކިޑްނީގައި ވަނީ ހިލަ އުފެދިފައި

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 12 ޖޫން 2017 | ހޯމަ 09:32
އަހްމަދު އަދީބު

އަހްމަދު އަދީބު

"އަޅުގަނޑާ މެދު ހިތް ނުބައި އެންމެންނާ މެދު ވެސް އަޅުގަނޑުގެ ހިތް ސާފެވެ. އަޅުގަނޑުގެ މަރަށް އިންތިޒާރުކުރާ އެންމެންނަށް ވެސް އަޅުގަނޑު އެދެނީ ދިގު އުމުރެކެވެ،" މިހާރު 33 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، އެ މަނިކުފާނުގެ ސިއްހީ ހާލަތާގުޅޭ ގޮތުން ޖޫން 7 ގައި އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވެފައި ވެއެވެ.

އަދީބަށް ވަނީ ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވެފައެވެ. ކިޑްނީގައި ހިލަ އުފެދި ފައެވެ. އިންޓާނަލް ސިސްޓެއް ތަކުލީފު ދަނީ އުފުއްލަވަމުންނެވެ. ލޮލުގެ ފެނުން ގެއްލިގެން ގޮސްދާނެ ފަދަ ބައްޔެއް ކަމުގައިވާ ގުލޮކޮމާ ވަނީ ޖެހިވަޑައިގެންފަ އެވެ.

"މިއިން އެއްވެސް ކަމަކަށް އެކަށީގެންވާ ފަރުވާ ނުލިބި އެކަމާ މެދު ކުރަން ޖެހޭ ފިކުރުތަކަކީ މި މައްސަލަތަކުގެ މައްޗަށް އަންނަ އިތުރު ތަކުލީފެއް" ކަމަށް އަދީބުގެ އާދޭހުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ސޯޝަލް މީޑިއާ ކެމްޕޭން

އަދީބުގެ ސިއްހީ ހާލަތު ވަރަށް ދަށްވެފައިވާއިރު، އެ މަނިކުފާނަށް އެކަށީގެންވާ ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ވަނީ ކެމްޕޭނެއް ފަށައިފަ އެވެ. އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ސިޔާސީ ބޭފުޅުންނާއި އާންމުންގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ގޮވާލައިފަ އެވެ.

އަދީބާއެކު މާފުށީ ޖަލުގައި އޮތުމަށް ފަހު، ހުކުރު ދުވަހު މިނިވަންވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވީ އަދީބަށް ޖަލުގައި ދޭ އަނިޔާތައް އޭނާއަށް ފެނިވަޑައިގެންނެވި ކަމަށާއި، އަދީބަށް ދިމާވެފައިވާ ސީރިއަސް ސިއްހީ މައްސަލަތަކަށް ފަރުވާ ކުރަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

އަދީބު ބޭސްފަރުވާ އަށް ދޫކުރުމުގައި ޒިންމާވާނެ ފަރާތެއް ނޭނގެ އެވެ. މާފުށީ ޖަލުން ދޫނިދޫ ޖަލަށް އަދީބު ބަދަލުކޮށްފައިވާއިރު، އަދީބުގެ ބޭސްފަރުވާގެ ކަންކަން ކަރެކްޝަނަށް ދަންނަވައިގެން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އާއިލާއަށް އަންގައިފަ އެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސް ބުނީ އަދީބު ހުރީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.

މިއީ އަރަތެކެވެ. އަދީބު ހުރީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށް އެ މުއައްސަަސާއިން ގަބޫލުރާއިރު، އަދީބުގެ ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް ހުށަހެޅި ސިޓީގެ ޖަވާބު ދީފައިވަނީ އެ އޮފީހުންނެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުންނެއް ގަބޫލުކޮށްފައިވާއިރު، މި ސަރުކާރުން އެކަމަށް ގޮތެއް ނިންމަން ނޭނގިފައި އޮތުމަކީ އަދީބަށް ލިބިގެންވާ ހައްގަށް އަރައިގަތުން ކަމަށެވެ. އެހެންވެ އެކަމާ ކަންބޮޑެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގައި ޒިންމާ ނަގާނެ ފަރާތެއް ވެސް ދައުލަތުގައި ނެތުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބަށް ލާއިންސާނީ އަނިޔާ

ގައިދީއަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށް ނުދިނުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނުތަކާ ވެސް ހިލާފުކަމެކެވެ. އެއީ ލާއިންސާނީ އަނިޔާއެއް ކަމަށާއި ޖިނާއި ކުށެއް ކަމަށް، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި، ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހިސާން ހަމީދުގެ އިތުރުން، ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވި އެވެ.

ބޭސްފަރުވާ ކުރުމުގައި ތަފާތުކުރުމަކީ ވެސ، ޓޯޗާކުރުން ހުއްޓުވުމުގެ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. ނަމަވެސް މިކަމުގައި ޒިންމާ ނަގާނެ މުއައްސަސާއެއް ނެތެވެ. ޖަވާބުދާރީ ކުރުވާނެ ބަޔަކު ވެސް ނެތެވެ.

ޖަލުގައި އަދީބު މަރުވެދާނެ

އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ އަދީބަށް ރާއްޖޭން ބޭރުން ބޭސްފަރުވާގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. ބޭސްފަރުވާގެ ފުރުސަތު ނުދީފި ނަމަ، މިހާރު އަދީބުގެ ހާލަތު ހުރި ގޮތުން ޖަލުގެ ގޮޅިތެރޭގައި އޭނާ މަރުވެދާނެ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"ހަގީގަތުގައި މިހާތަނަށް އަޅުގަނޑުމެން ނުދައްކާ ވާހަކަތައް ވެސް އެބަހުރި. އަދީބުގެ ހުރީ އެންމެ ސިސްޓެއް ނޫން. އެކަމަށް ފަރުވާއެއް ނުދޭ. ފަރުވާ ނުދެވި ގިނަ ދުވަސްވެއްޖެ ނަމަ، އެ ސިސްޓްތައް ކެންސަރަށް ބަދަލުވެދާނެ. ލޮލަށް ފަރުވާ ނުދެވިއްޖެ ނަމަ ވެސް އޭނާގެ ފެނުން ގެއްލިގެންދާނެ،" ސިރާޖު ވިދާޅުވި އެވެ.

"އަދީބުގެ އާއިލާގައި އެބަ ހުރި ސިސްޓް ކެންސަރަށް ބަދަލުވެގެން ބޭފުޅަކު ނިޔާވެސްވެފައި. އެހެންވީމާ، އަދީބަށް ފަރުވާ ނުދެވި ލަސްވެއްޖެ ނަމަ ޖަލުގެ ގޮޅީތެރޭގައި އޭނާ މަރުވާނެ."

އަދީބަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަކީ ރާއްޖޭން ފަރުވާ ކުރެވޭނެ ކަންކަމެއް ނޫން ކަަމަށާއި އެހެންވެ، ރާއްޖޭން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ލަފާ ދެެއްވާފައިވާ ކަަމަށް ވެސް ސިރާޖް ވިދާޅުވި އެވެ.

އަދީބަށް ބޭސްފަރުވާކުރުމުގެ ފުރުސަތުން މަހްރޫމްކޮށްފައިވާ މައްސަލަ އެޗްއާރުސީއެމްއަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ނިންމުން ލަސްކޮށްފި ނަމަ، ބޭސްފަރުވާ ނުކުރެވި އަދީބުގެ ލޮލުގެ ފެނުންގޮސް، އަދީބުގެ ފުރާނަ ޖަލުގެ ތޭރިތަކުގެ ތެރޭގައި ދިއުމުގެ ބިރު އެބަ އޮތެވެ. މިވަރުގެ އަދަބެއް އަދީބަށް މި ދަނީ ކީއްވެގެން ހެއްޔެވެ.

ޖަލުގައި ތިބޭ އެހެން ގައިދީންނަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދޭއިރު އަދީބު އެ ފުރުސަތުން މަހްރޫމްކޮށްފައި ވަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބެއް އަދީބުގެ އާއިލާ އަށް ވެސް ގާނޫނީ ވަކީލުންނަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ.

"އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ ބޭސްފަރުވާއަށް ފުރުސަތު ނުދޭންވީ ސަބަބެއް. އަޅުގަނޑަށް އެނގެނީ ދޭން ޖެހޭނެ ކަމަށް. ހަމަހަމަ ވާންޖެހޭނެ ކަމަށް،" ނަޝްވާ ވިދާޅުވި އެވެ.

"އަދީބުގެ ސިއްހީ ހާލަތާމެދު ޑޮކްޓަރުގެ ލިޔުންތައް އެބަހ

ކޮމެންޓް

އިތުރަށް ކިޔާލަން

ވާރލްޑް ކަޕު ބެލުމަށް އަނބިމީހާ ހުއްދަ ނުދިނުމުން މެކްސިކޯގެ ރައްޔިތަކު މެޗް ބެލިގޮތް ވަރަށް ތަފާތު!

ވާރލްޑް ކަޕު ބެލުމަށް އަނބިމީހާ ހުއްދަ ނުދިނުމުން މެކްސިކޯގެ ރައްޔިތަކު މެޗް ބެލިގޮތް ވަރަށް ތަފާތު!

19 ޖޫން 2018
ޖަލު ގޮޅީގައި އަދީބުގެ ތިންވަނަ އުފަންދުވަސް – ރައީސް ޔާމީނަށް ވީ މޮޅެއް ނެތް

ޖަލު ގޮޅީގައި އަދީބުގެ ތިންވަނަ އުފަންދުވަސް – ރައީސް ޔާމީނަށް ވީ މޮޅެއް ނެތް

11 އެޕްރީލު 2018
އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

03 އެޕްރީލު 2018
ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

08 މާރިޗު 2018
ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

15 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު