Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

އިދިކޮޅު ފަރަތާތްކަށް ހިންދެމިލާނެ އެއްވެސް ފުރުސަތެއް ނުދޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2017 | ބުރާސްފަތި 12:00
ރައީސް އަބްދުﷲ ޔާމީން ށ. މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް އަބްދުﷲ ޔާމީން ށ. މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީނާ މެދު އާންމުން ދެކެނީ ވަރަށް ހައިބަތު ބޮޑު ބޭފުޅެއްގެ ގޮތުގައެވެ. ގިނަ ބަޔަކު އެމަނިކުފާނު އޭރު ވެސް ސިފަކުރަނީ ވަރަށް ގޮތުގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނު ވެރިކަންކުރައްވާނެ ގޮތުގެ ތަސައްވުރެއް އޭރު ވެސް ދިވެހިންގެ އޮތެވެ. ކަންތައްތައް ވަމުންދަނީ ވެސް އެފަދައިންނެވެ. ޚުދު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެމަނިކުފާނު ޕްރޮމޯޓްކުރައްވާ ސްލޯގަނުން ވެސް އެކަން އެނގެއެވެ. "ގަޓު ރައީސް" ގެ ލަގަބެވެ.

ރައީސް ޔާމީނުގެ ސަޕޯޓަރުން ބުނާ ގޮތުން އެ މަނިކުފާނަކީ ބޮލަކަށް ކަނދުރާއަކަށް ބައްލަވާނެ ބޭފުޅެއް ނޫނެވެ. އެކަމަށް ދައްކާ މިސާލުތައް ގިނައެވެ. އެންމެ އަރިސް ބޭފުޅުންނާ މެދު ކަންކުރި ގޮތް އެއީ ވަރަށް ރަނގަޅު މިސާލެކެވެ. ކެމްޕެއިނުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް ހެއްދެވި ގޮތުގެ ވާހަކަ އަލުން ބަލުން ފަށައިގެން ނުދެއްކިޔަސް ކޮންމެ ދިވެއްސަކަށް ވެސް އެކަން އެނގެއެވެ. ވެރިކަމުގެ ކުރީކޮޅު ސަރުކާރު ދިފާއު ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމަށް ވެގެން ދިޔަ ގޮތް ވެސް އެއީ މިސާލެކެވެ.

މީގެ އެތައް ޒަމާނެއް ފަހުން ވެސް ރައީސް ޔާމީނުގެ ވެރިކަމުގެ ވާހަކަ ދައްކާ ނަމަ އެންމެ ބޮޑު ދެއްކޭނެ އަނެއް ވާހަކައަކީ މުޅި ސަރުކާރުގެ އިންޖީނުގެ ގޮތުގައި ބެލެވުނު އަދި ރައީސް ޔާމީނުގެ އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި ސަރުކާރަށް ފައިސާ ޖެނެރޭޓްކޮށްދެއްވި ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު އަދީބާމެދު ކަންތައް ކުރި ގޮތެވެ. ގައްދާރަކަށް ހަދައި އުމުރު ދުވަހު ވެސް ސަލާމަތް ނުވާވަރުގެ ބޮޑެތި ހުކުމްތައް އަދީބުގެ މައްޗަށް އިއްވި ގޮތަކީ ޖީލުތަކަށް ދެމިގެންދާނެ ވާހަކަތަކެވެ.

ހުރިހާ ސިއްރުތަކެއް ހިފެހެއްޓެވި އެންމެ އަރިސް މިތުރު ކަމަށްވާ ދިއްގަރު ދާއިރާގެ ކުރީގެ މެންބްރު އަހްމަދު ނާޒިމްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަ ދަށު ކޯޓުތަކުގައި ސާބިތު ނުވެ ވަނިކޮށް ކުއްލިއަކަށް ސުޕްރީމް ކޯޓުން އެފުށް މިފުށަށް ޖަހާލައި ނާޒިމުގެ މައްޗަށް ދިގު މުއްދަތެއްގެ ހުކުމެއް އިއްވި ގޮތަކީ ފަހުގެ ޒަމާންތަކުގައި ޝަރުއީ ދާއިރާގެ ވާހަކަ ދައްކާ އިރު ނަގާނެ މިސާލުތައްކަން ޔަގީނެވެ.

ވެރިކަމަށް ކުރިމަތިލައްވަފާނެހެން ހީވާ ކޮންމެ ފަރާތަކަށް ވެގެން ދިޔަ ގޮތާއި ވަމުންދާ ގޮތާއި އިދިކޮޅު ހުރިހާ ލީޑަރުންނާ މެދު ކަންވީ ގޮތް އެއީ އިބުރަތެކެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު އަދި 2018 ގައި ވެސް އެންމެ ވާދާވެރިއަކަށް ވާނެ ކަމަށް ބެލެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރި ގޮތާއި އަދި އެފަދަ އެހެން ދައުވާތައް އުފެލެމުންދާ ގޮތަކީ ވެސް ދިވެހިންގެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ ތާރީހީ ފޮތްތަކުގައި ލިޔެވި ބިންވަޅު ނެގޭނެ ވާހަކަތަކެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނާއި އެމްޑީޕީގެ ޗެއާޕާސަންކަން ކުރިން ކުރެއްވި އަލީ ވަހީދާއި އެ ނޫން ވެސް އިދިކޮޅު ފަރާތްތަކާ މެދު ކަންކުރެއްވި ގޮތަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާމީނާ މެދު އާންމުން ދެކެމުން އައީ ރަނގަޅަށްކަން ސާބިތުވާ ކަންކަމެކެވެ.

ރައީސް ޔާމީނު ވެރިކަން ކުރައްވަމުން ގެންދަވަނީ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތައް އޮބި އަޅައި ހިފަހައްޓައިގެންނެވެ. ހިންދެމެލާނެ ކުޑަ ވެސް ފުރުސަތެއް މި ސަރުކާރަކުން ނުދެއެވެ. ކިރިޔާ ވެސް ފިޔަވަޅެއް ކުރިއަށް އަޅާހެން ހީވިޔަސް އެކަން ހުއްޓުވުމަށް ގާނޫނެއް ހަދަނީއެވެ. ނޫނީ އެ ފިޔަވަޅެއް ގާނޫނުގެ ތެރެއަށް ފައްތައި ހުއްޓުވަނީއެވެ. މުޒާހަރާކޮށްލެވޭނެ ގޮތެއް ނެތެވެ. ޖަލްސާއެއް ބޭއްވޭނެ ގޮތެއް ނެތެވެ. ފުރިހަމަ ގޮތެއްގައި ކެމްޕޭނެއް ހިންގާނެ ފުރުސަތެއް ނުދެއެވެ. އަޑު އުފުލާނެ އެއްވެސް މަގެއް ނެތެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ތަޅު އަޅުވައިފިއެވެ. މީޑިއާ މެދުވެރިކޮށް ވެސް ބަހެއް ބުނެވޭކަށް ނެތެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހަދާފައިވާ ގާނޫނުން އެކަން ވެސް ހުއްޓުވީއެވެ.

ހަމައެކަނި އިދިކޮޅު ފަރާތްތަކެއް ނޫނެވެ. ވެރިކަމަށް ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އަމިއްލަ ބޭބޭފުޅު ރައީސް މައުމޫނުގެ ހިޔާލު ތަފާތުވުމުން އެމަނިކުފާނުގެ އަތުން ވެސް ޕާޓީ ޖަހައިގަތީއެވެ. އަދި އާންމު މެންބަރުންނާ ބައްދަލުކޮށްލޭނެ ފުރުސަތެއް ވެސް ނުދީ އެމަނިކުފާނުގެ ދަރިން ކޮޅު ވެސް ގެންގޮސް އާއިލާ "ބައިބައިކުރީ"އެވެ.

އިދިކޮޅު ފަރާތްތައް ތަޅު އެޅުވުމަށް ފަހު ސަރުކާރުން 2018 އަށް ހަބޭހަށް ކެމްޕޭނުކުރަނީއެވެ. ސަރުކާރަށް އެއްވެސް ބިރެއް ނެތެވެ. ބައިނަލްއަގުވާމީ ޕްރެޝަރެއް ވެސް ނެތެވެ. ކޮމަންވެލްތުން ވަކިވުމުން ވެސް ބަހެއް ބުނާނެ ބަޔަކު ނުވިއެވެ. ފާޅުގައި ބޮޑެތި ކޮރަޕްޝަން ހިންގަނީއެވެ. ވޯލްޑް ބޭންކާއި އެހެން އިދާރާތަކުން ކޮންމެ އެއްޗެކޭ ކިޔަސް ދަރަނިތައް ނަގައި ގައުމަށް ނުކުޅަދާނެ މަޝްރޫޢުތައް ވެސް ހިންގަނީއެވެ. އަވަށްޓެރިންގެ މަސްލަހަތަށް ވެސް ބެލުމެއް ނެތި "ހަކުރުދެންޏާ ބޮޑުބޭބެ" އުސޫލުން ފައިސާ ދޭ ބަޔަކަށް ބިންތައް ވިއްކަނީ ފާޅުގައެވެ.

ރޯމާ ދުވާލު މިހުރިހާ ކަމެއް އެންމެންގެ ކުރިމަތީގައި ސަރުކާރުން ކުރަމުން ދަނީ އިދިކޮޅު ފަރާތްތަކަށް ގޮންޖަހަމުންނެވެ. ސަރުކާރު ތަމްސީލުކުރައްވާ ވެރިން ފާޅުގައި އިންޒާރުތައް ދެއްވަމުންނެވެ. މަޝްވަރާއެއް ވެސް ނުކުރާނެ ކަމަށް ބުނަމުންނެވެ. މަޝްވަރާކުރަންޖެހޭ ހާލަތެއް އޮތް ކަމަކަށް ވެސް ގަބޫލެއް ނުކުރެއެވެ. މިފަދަ ކަންކަމަކީ ގަޓް ހުރުމެއް ނޫނެވެ. ގަޓް ހުރުމަކީ ގާނޫނުގެ ތެރެއިން ކަންކަން ކުރަން ކެރުމުގެ ކުޅަދާނަކަން ހުރެ، ވަކި މީހަކަށް، މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރުމެވެ.

ތިމާގެ ވާދަވެރިން ގާނޫނާ ހިލާފަށް، ޖިނާއީ އިޖުރާތްތަކާ ހިލާފަށް ހުކުމްކުރުމަކީ ގަޓްހުރުމެއް ނޫނެވެ. ފިނޑި އަމަލެކެވެ. ދައުލަތުގެ ވަތްގަނޑު ދަވާލައިގެން ގޮސް، އެކަމުން މަންފާލިބުމުގައި ތިމާ ވެސް ބައިވެރިވާކަމަށް ތުހްމަތުކުރެވޭއިރު، އެ ތަހްގީގު ހުއްޓާލާފައި ބޭއްވުމަކީ ގަޓް ހުރުމެއް ނޫނެވެ. ގަޓް ހުރުމަކީ އަމިއްލަ ވިކްރާ އާއި ހިސާބު ރައްޔިތުންނަށް ހާމަކުރުމެވެ. ގަޓް ހުރުމަކީ ބަހާއި އަމަލާ އެއްގޮތަށް އަމަލުވެސް ކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

04 މާރިޗު 2018
ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!

ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!

09 ފެބުރުއަރީ 2018
ކެންޔާގެ ރައީސް އާއި އިދިކޮޅު ކެނޑިޑޭޓްގެ ކޯޅުމަށް ނިމުމެއް ނެތް!

ކެންޔާގެ ރައީސް އާއި އިދިކޮޅު ކެނޑިޑޭޓްގެ ކޯޅުމަށް ނިމުމެއް ނެތް!

30 ޖެނުއަރީ 2018
ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރަގަޅު މިސްރާބެއް ހިފާށެވެ.

22 ޑިސެމްބަރު 2017
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު