Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކައުންސިލް އިންތިހާބު

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

މަޖިލީޙުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ގިނަ ދާއިރާތަކުންވެސް ނާކާމިޔާބު ވެފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 10 މެއި 2017 | ބުދަ 13:07
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައީސް ޔާމީން ވޯޓް ލައްވަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައީސް ޔާމީން ވޯޓް ލައްވަނީ

ނިމިދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ އެއްގޮތަކުންވުރެ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ އިންތިހާބެކެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގުޅިފައިވާ ސިޔާސީ އިދިކޮޅު ޕާޓީތަކުން ވަނީ ސަރުކާރު ބޮޑުތަނުން ބަލިކޮށް ސަރުކާރުން ހޫނު ފެނަށް ވައްޓާލާފަ އެވެ. ގިނަ ކައުންސިލްތަކެއްގެ މެޖޯރިޓީގެ އިތުރުން ރާއްޖޭގެ ބޮޑެތި ހުރިހާ އާބާދީތަކެއްގެ ސާފު މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުންނެވެ.

ފުރަތަމަ ކަމަކަށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާފައިވަނީ ސަރުކާރު ނިސްބަތްވާ ޕާޓީ ޕީޕީއެމަށް ތައްޔާރު ނުވެވޭކަމަށް ބުނެ، އިންތިހާބު ފަސްކޮށް، އޭގެ ފަހުންވެސް ދެފަހަރެއްގެމަތިން އިންތިހާބު ފަސްކުރަމުންގޮސް ރައްޔިތުން އިންތިހާބު މަތިން ފޫހިވާނޭހެންހީވާ ހުރިހާ ކަމެއް ކުރުމަށްފަހުގަ އެވެ. އިލެކްޝަންސް ކޮމިޝަނަށް ފާޑުނުކިޔާ ސިޔާސީ ބޭފުޅެއް ކީއްކުރަންތޯއެވެ. އާއްމު ރައްޔިތުންވެސް ދިޔައީ އެ ކޮމިޝަނުގެ އިތުބާރު ނެތް ކަމަށާއި ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނަކީ ރައީސް ޔާމީންގެ ޕަޕެޓެއްކަމަށް ބުނަމުންނެވެ.

ކޮންމެއަކަސް، އިންތިހާބު ބޯމަތިވެގެންއައިރު، އިދިކޮޅު ސިޔާސީ ލީޑަރުންގެ ހާލަތުހުރިގޮތް މިހުރީ ފެންނާށެވެ. ކުރީގެ ރައީސް ސަރުކާރަށް ކުރިން ކުރި ތާއީދު އަނބުރާ ގެންނަވާފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ރާއްޖެ ވަޑައިގަންނަވައިފިނަމަ ކުރިމަތި ވެދާނެ ނުރައްކަލަކާހެދި ރާއްޖެއިން ބޭރުގަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ހުންނެވީ ހުކުމެއްނެތި ޖަލުގަ އެވެ.

ގާސިމް ހައްޔަރުކުރުން މިއީ މި ގަރުނުގެ ބޮޑު ޖޯކެކެވެ. "ހަމަކޮށްފީމޭ" ވިދާޅުވެގެން ހިންގާ ތަހުގީގެއް ކަމަށް ވެއެވެ. ތަހުގީގު ޓީމުން ހަމަ ހަމަކޮށްފިންހޭ ބުނެ ސުވާލު ކުރާއިރަށް ގާސިމު ވިދާޅުވާކަމަށްވަނީ "އާއެކޭ ހަމަކޮށްފީމޭ" ކަމަށެވެ. ހަމަކުރީ ކިތަކެއްހޭ ބުނާއިރަށް ގާސިމް ވިދާޅުވެއެވެ. ހަތަރެކެވެ. ހާދަ މަދޭ ބުނާއިރަށް ގާސިމް ވިދާޅުވިކަމަށްވަނީ އެއީ ދީނުގައި ހުއްދަ މިންވަރު ކަމަށެވެ. އެވަރުންވެސް އެވެރިންނަށް ރޭކާއެއް ނުލިއެވެ. ގާސިމް ވިދާޅުވެއްޖެ އެވެ. ގާސިމަށް އެނގޭނީ ފައިސާއިން ކުޅުމާއި އަންހެނުން ކަންތައް ކަމަށް ރ. އަތޮޅުގެ ކޮންމެ ވެސް މެމްބަރެއް ވިދާޅުވި އަޑުއެހިން ކަމަށެވެ. ގާސިމް އެގޮތަށް ވިދާޅުވުމުން ސުވާލު ކުރާ އެ ވެރިންނަށް ފަހުމް ވެއްޖެ އެވެ.

އެއީ ޖުމްހޫރީ ޕާޓީގެ ގާސިމަށް ޖެހިފައިވާ ހާލަތެވެ. ދެން އޮތީ ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު އެވެ. ނަޝީދު ހުންނެވީ އދ. އިންނާއި ބައިނަލް އަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ބުނާގޮތުންއި ދިވެހި ގިނަ ރައްޔިތުން ބުނާގޮތުން ނާއިންސާފުން ހިންގި ޝަރީއަތަކުން ކޮށްފައިވާ ޖަލު ހުކުމެއްގަ އެވެ. ހަމަ އެގޮތަށް އަދާލަތު ޕާޓީގެ ޝެއިހު އިމްރާން އިބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވެސް ހުންނެވީ ޖަލުގަ އެވެ.

އެ ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލައިގެންވެސް ސަރުކާރު ހޫނު ފެނަށް ވެއްޓި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ތަހުގީގަކަށްބުނެ ފުލުސް އޮފީހަށް ދަމަންފަށި އެވެ. އެއްކަލަ ހަމަ ކުރަން ކުރާ މަސައްކަތުގެ ދަށުން ކަމަށް ބުނެއެވެ. ހަތަރެއް ހަމަ ކުރިއަސް އަދި 42 ހަމަ ކުރިއަސް، ސަރުކާރެއް ހޫނު ފެނަށް ވެއްޓި، ފެންނެތްތަނެއްގައި ރޯ މަހެއް ތެޅޭހެން ތެޅި ފޮޅެންވީ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނެ އެވެ.

އިންތިހާބުގެ ނަތީޖާތަކަށްބަލާއިރު، ސަރުކާރު ވަނީ ބޮޑު ތަނުން ފެއިލްވެފަ އެވެ. މި ސަރުކާރުން އެންމެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ މާލެ ސިޓީގެ 13 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއްވެސް ސަރުކާރަށް ނުލިބެއެވެ.

ދެންއޮތީ، ރައީސް ޔާމީން އާއި ސަރުކާރު ކޯލިޝަން އެމްޑީއޭގެ ލީޑަރ ސަން ސިޔާމް އާއި ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެމްބަރުންވެސް ހިމެނޭ މުޅި ނ. އަތޮޅުވެސް ސަރުކާރަށް ނޫނެކޭ ބުނިތަނެވެ. މިސަރުކާރުން ވިއްކާލަން އުޅުނު ފ އަތޮޅުންވެސް ސަރުކާރަށް ބުނީ ނޫނެކޭ އެވެ. ސަން ސިޔާމް މަޖިލީހުގެ އަދާކުރައްވާ ގޮނޑި ދ. މީދޫ ދާއިރާއިންވެސް ސަރުކާރު ފެއިލްވެފައިވާއިރު، ރައްޔިތުންގެ މަޖލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ނިސްބަތްވާ ފުވައްމުލަކު ދެކުނު ދާއިރާއިންނާއި ފުވައްމުލަކު ސިޓީންވެސް ވަނީ ސަރުކާރަށް ނޫނެކޭ ބުނެފަ އެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު ބޮޑުތަނުން ފެލިވީމަވެސް، އުޅުއްވަން ޖެހިވަޑައިގަންނަވާފައިވަނީ މެޑަމް ހިތްހަމަ ޖެއްސޭނެ ގޮތެއް ހޯއްދެވުމުގަ އެވެ.

އިންތިހާބު ކައިރިވަމުން ދިޔަވަރަކުން އެއާރޕޯޓްތަކާއި އެކިއެކި ބޮޑެތި މަޝްރޫއުތަށް ހިންގުމަށް އެއްބަސްވުންތަކުގައި ސޮއިކޮށް، ބައެއް މަސްރޫތައް ހިންގުމަށް ކަޑަޖަހަމުން ދިޔަނަމަވެސް ހދ. ކުޅުދުއްފުއްޓާއި މުޅި އަތޮޅު، ގދ. ތިނަދޫ އާއި ގދ އަތޮޅު، ގއ. ވިލިނގިއްޔާއި ގއ. އަތޮޅުން، މިހެންގޮސް ކިޔާނެކަމެއްނެތް މުޅި ރާއްޖޭގެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުން ނަގާ، ރައްޔިތުން މިވަނީ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފަ އެވެ.

އެންމެ ބާރަށް "ޝުކުރިއްޔާ ރައީސް ޔާމީން، ޝުކުރިއްޔާ މެޑަމް ފާތުން" ވިދާޅުވަމުން ގެންދަވާ މަޖިލީހުގެ މެމްބަރުންގެ ނިސްބަތްވާ ދާއިރާތަކުން ސަރުކާރަށް ނާކާމިޔާބު ވުމުން މިހާރު އެ ބޭފުޅުންނަށް ވިދާޅުވާން ޖެހިފައިމިވަނީ " ސޮރީ ރައީސް ޔާމީން، ސޮރީ މެޑަމް ފާތުން". އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

16 މާރިޗު 2017
މިކަން ސިޔާސީ ނުކުރާށެވެ!

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު