Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

އިދިކޮޅު ފަރާތްތަކުން ބުނަނީ މިހާރު 42 އަށްވުރެ އިތުރުވެއްޖެކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 26 ޖޫން 2017 | ހޯމަ 11:28
އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއްގެ ތެރެއިން

އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއްގެ ތެރެއިން

އަނެއްކާ ވެސް ތަފާތު އަޑެއް އިވެން ފަށައިފިއެވެ. އެންމެން އެންމެނަށް ދައްކަނީ އެވާހަކައެވެ. ދެމީހަކު ދިމާވިޔަަސް ޔޯލަ ކޮށްލާފައި އެވާހަކައެވެ. ރައްޓެހިން މަގުމަތިން ވެސް ފެންނަ އިރަށް އެއްފަރާތައް ޖައްސާލާފައި ހަމަ އެވާހަކައެވެ. އިދިކޮޅު އިސް މީހަކު ޕޯޑިއަމެއްގެ ދޮށަށް އެރިއަސް އަދި ނޫސްވެރިންނަށް އެއްޗެކޭ ވިދާޅުވި ނަމަވެސް ދުރުދުރުން އެވާހަކައަށް އިޝާރާތް ކޮށްލައެވެ. އެންމެން އެންމެނަށް ވަރަށް ސިއްރުން ދެއްކިޔަސް މިހާރު އޮތީ އެންމެނަށް އެނގޭ ބޮޑު ސިއްރެއްގެ ގޮތުގައެވެ.

ސީދާ އެވާހަކަ އެންމެ ބޮޑަށް ދައްކަވާ އެއް ބޭފުޅާގެ ބަހުން ނަމަ "ދެ އީދު ދޭތެރޭގައި އަންނަން އުޅޭ ބޮޑު އީދު" ގެ ވާހަކައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އެވިދާޅުވާ އުފާވެރިކަމުގެ ވާހަކައެވެ. ދާދި އަވަހަށް ފެންނާން އުޅޭ އުފާވެރިކަމުގެ ވާހަކައެވެ.

އެއީ ސީދާ ކޮން ދުވަހެއްކަން ނޭނގުނަސް އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ބަލާއިރު އެވެރިންނަށް ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ. ހަތަރު ލީޑަރުން ގުޅިގެން ދިވެހި ޤައުމު އިސްލާހް ކުރެއްވުމަށް ކުރައްވާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ހޯދިއްޖެއެވެ. އެކަމަށްހުރި ގޮންޖެހުންތައް ހިސާބަކަށް ނަމަވެސް ގިރާ ކުރެވިއްޖެއެވެ.

ކުރިން އިވުނީ އަދަދު ހަމަވެއްޖެ ވާހަކައެވެ. މިހާރު އިވެނީ އަދަދު އިތުރުވެއްޖެ ކަމުގެ ވާހަކައެވެ. އެއާ އެކު އަންނަ ބޮޑު އީދުގެ ކުރިން އިތުރު އީދެއް އައުމަކީ އެކަށީގެންވާ ކަމުގެ ވާހަކައެވެ. އެވާހަކަ ތަކާ އެކު އިވޭ އެހެން ވާހަކައެއް ވެސް އެބައޮތެވެ. އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލިސް ފެށޭއިރު އެމަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ކުރީ ދެ ފަހަރު ވެސް ދިޔައީ ކިރިޔަ ކިރިޔާއެވެ. އެއްފަހަރު މަޖިލީހުގެ ޤަވާއިދާ ޚިލާފަށެވެ. އަނެއް ފަހަރު މަޖިލީހުގެ ޤަވާއިދަށް ގެނައި ކުއްލި ބަދަލާއެކު އެމައްސަލަ ބޭރުކޮށްލައިގެންނެވެ.

އިދިކޮޅު ފަރާތްތަކުގެ ވާހަކައިން ނަމަ މިފަހަރު މަޖިލީހަށް އެމައްސަލަ ވައްދާނީ މަޖިލީހުގެ ޤަވާއިދަށް އެ ގެނައި ކުއްލި ބަދަލާއެއްގޮތަށް 42 މެންބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވާ އަދަދަކީ ވެސް 42 އެވެ. އެހެންކަމަށް ވާނަމަ އުސޫލެއްގެ ގޮތުން މައްސަލަ ހުށަހެޅުމަށް ސޮއިކޮށް ހުށަހެޅުމަކީ އެކަން ފާސްވުން ފަދަ ކަމެކެވެ. ދެން އޮތް ބޮޑު ސުވާލަކީ އެއަދަދު ހަމަވެއްޖެތޯ އުފެދޭ ސުވާލެވެ.

ކުރީ ދެފަހަރު ދިޔައީ ކިރިޔަ ކިރިޔާއެވެ. ނަމަވެސް އޭގެ ފަހުން ލައްކަ ކަންތައްތައް ހިނގައިފިއެވެ. ތަފާތު މަންޒަރުތައް ފެނިއްޖެއެވެ. އެކަން އެހެން ވެދާނެ ކަމަށް ބާރު ލިބިދޭ ބައެއް ކަންކަން ހާމައަށް ފެންނަން ފަށައިފިއެވެ. އެއްކަމަކީ ސަރުކާރުގެ ޕީޖީ ގުރޫޕްތެރޭގައި އޮތް ކޯޅުމެވެ. ކިތައްމެ ނުދައްކަން އުޅުނު ނަމަވެސް އެކަން ސިއްރު ކުރެވޭވަރަށްވުރެ ގޯހެވެ. މެންބަރުން މެންބަރުންނަށެވެ. މެންބަރުން އެ ގުރޫޕްގެ ލީޑަރަށެވެ. އެކަން އެންމެ ބޮޑަށް ބޮޑުވެގެންދިޔަ މައިގަނޑު ސަބަބަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ލަދުގަންނަވާލި ބޮޑު ބައްޔެވެ. ހުރިހާ ބާރަކާއެކު ސަރުކާރަށް ކުރި ނުލިބުމެވެ. ބޮޑެތި ގޮންޖެހުންތަކާ އެކު އަދި އެހާމެ ބިރުވެރިކަމާ އެކު އެއިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ބޮޑުތަނުން މޮޅުވެ ރަނގަޅަށް ހިންދެމިލުމެވެ. ރައްޔިތުން ތިބި ގޮތް ވަރަށް ރަނގަޅަށް ސާފެވެ.

ސަރުކާރުގެ މެންބަރުންގެ ގޮތުގައި ތިބި މަޖިލީހުގެ މެންބަރުން ކޮޅު ބަދަލުކުރަންފެށި މައިގަނޑު އެއްސަބަބަކީ އެއީއެވެ. ރައްޔިތުން ދިން ޖަވާބެވެ. އިދިކޮޅު ފަރާތްތަކުން ވަކިވަކިން ކުރިމަތިލައިގެންވެސް އެހޯދި ކާމިޔާބީއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެގޮތުގައި ތިބެގެން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމުގެ ބޮޑު ހެއްކެކެވެ. ރައީސް މައުމޫނާއި ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީ އަދި މުޅި އޭރުގެ ކޯލިޝަން އެއްކޮށް ކުޑަ ތަފާތަކުން ރައީސް ޔާމީނަށް 2013 ގައި ކުރި ހޯއްދެވުނު ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ބޮޑުތަނުން ބަލިވުމަކީ ގާތްކަމެކެވެ.

ދެން އޮތީ އެމެންބަރުންގެ ދާއިރާތަކެވެ. އެދާއިރާތަކުން ބޮޑު ތަނުން ސަރުކާރަށް ނޫނެކޭ ބުނުމުގެ މާނައަކީ ކުރިއަށް އޮތްތަނުގައި އެދާއިރާތަކުން އެމެންބަރަށް ވެސް ނޫނެކޭ ބުނުމެވެ. އެހެންކަމަށް ވާނަމަ ސިޔާސީ ގޮތުން ވެސް އެމެންބަރުންގެ ކުރިމަގު އެވަނީ ބަނަވެފައެވެ. އެކަން ކުޑަކޮށް ސަރުކާރަށް އޮތް ތާއީދު އިތުރު ކުރުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނައެވެ. ވެފައިވާ ވައުދުތައް ފުއްދުމެވެ. މެންބަރުންގެ ދާއިރާތަކަށް ކުަރަން ހުރި ކަންކަން ކުރުމެވެ. ނަމަވެސް ސަރުކާރު 2018 ގެ ކުރިން ވެސް ހިފަހައްޓަން ކުރަން ޖެހޭ ކަންކަން ކުރުމަށާއި ސަރުކާރުގެ ތެރެއިންވެސް ހުއްޓުމެއް ނެތި ކުރަމުންދާ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކޮށްފައި އެހެން ކަމެއް ކުރާނެ ވަގުތެއް އޮތްހެނެއް ހީއެއް ނުވެއެވެ. ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް އެދަނީ އިންތިހާއަށް ފަޅާއަރަމުންނެވެ. ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތި އެކަންކުރުމަށް ވެސް އެދަނީ ބޮޑެތި އިންޓަރެސްޓްގައި ލޯނުތައް ނަގަމުންނެވެ. ލޯނު ދައްކަންވެސް ލޯނު ނަގަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޤައުމުގެ ދަރަނި ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ބޭރު ދުނިޔެއާ އޮންނަ ގުޅުންތައް ހީނަރުވަމުންދާއިރު ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ޚިލާފް ވުމާއި ބައިވެރިވެފައިވާ ޖަމްއިއްޔާތަކުން ވަކިވުމުގެ އިތުރުން ޑިމޮކްރަސީއާ އިންސާނީ ހައްޤާ ޚިލާފްވާ ކަމަށް ބުނެ ބޭރުގެ ޕްރެޝަރ ދަނީ ބޮޑުވަމުންނެވެ. ފާޑުކިޔުންތައް ވަނީ އިންތިހާއަށް ގޮސްފައެވެ. މިކަންކަމުގެ އިތުރުން ޖުޑިޝަރީ އޮތް ގޮތުން އިންވެސްޓަރ ކޮންފިޑެންސް ނެތުމުން ބޭރުން އަންނާނެ އިންވެސްޓަރަކު ނެތެވެ. ޤާނޫން އަސާސީއާ ޤާނޫނުތަކެއް ބޮޑެތި ބަދަލެއް ގެނެސްގެން ސިއްސައިގެންދާވަރުގެ އިންވެސްޓަރުން އަންނާނެ ކަމަށް ބުނި ބުނުން ދިޔައީ ފަނުފުލުންނެވެ.

މިކަންކަމާ ހުރެ ސަރުކާރުގެ ތާއީދު ބޮޑުކުރަން އުޅުމަށް ވުރެ ސަރުކާރު ދިފާއުކުރަން އުޅެން ޖެހިފައިވަނީ މާ ބުރަކޮށެވެ. މެންބަރުންގެ ކަންކަން ހިފަހައްޓަން އުޅެވޭނެ ވަގުތެއް ނެތެވެ.

ކޮންމެއަކަސް ފެންނަ މަންޒަރާއި ސަރުކާރުގެ ނެގި މަޑުވުމާ އެކު ސަރުކާރަށް ބޮޑު ލޮޅުމެއް އަތުވެދާނެ ކަމުގެ ކުލަވަރުތައް ދަނީ ފެންނަމުންނެވެ. އިދިކޮޅު ފަރާތްތައް ގުޅިގެން އެކުރާ މަސައްކަތާއެކު ބޮޑު ކާމިޔާބެއް އަނެއްކާ ވެސް ހޯދުމަކީ ދުރު ކަމެއް ނޫނެވެ. އެކަމަކީ މަޖިލިސްތެރެއިން އެފަށާ ފެށުން ކަމަށް ވާނާމަ އެއީ ބޮޑު އީދެކެވެ. ފިތުރު އިދަށް ފަހު އަޟްޙާ އީދާ ދެމެދު އަންނަ އިތުރު އީދަކަށް ވެދާނެއެވެ. އެކަމަކު އިވެނީ ބުނާ އަޑެވެ. އަޑެއް ކިއްޔަންޏާ ރެނދެއް ލާނެއޭ ބުނާ ބީދައިން އެއީ ހަމަ ހިނގާފާނެ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު