Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް

6 ޖުލައި 2026 | ހޯމަ 07:41

ޑޮލަރުގެ ކަޅު ބާޒާރުގެ އަގު 21 ރުފިޔާއަށް އުފުލިފައިވާއިރު، މިނިސްޓަރު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުނީ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބުމުން ކަމަށް. ނަމަވެސް ޑޮލަރު މާރުކުރުމުގެ އާ ގަވާއިދާއެކު ވެސް ޑޮލަރުގެ އަގު ދަނީ ހިފެހެއްޓުމެއް ނެތި މަތިވަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ޖުލައި 2026 | ހޯމަ 07:41
އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގައި

އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގައި | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ ޕީއެންސީ އަށް ދީފި ނަމަ ޑޮލަރުގެ އަގު ހުއްޓުމެއް ނެތި މައްޗަށް ދާ ދިއުން ހުއްޓޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިން ތާ ވެސް ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ވެސް މި މައްސަލައަށް ހައްލު ނުލިބޭތީ ސުވާލު ކުރުމުން އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު އަނެއްކާ ވެސް ނުގުޅޭ ވާހަކަ ދައްކަވައިފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކޮށްފައިވާއިރު މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވަނީ ޑޮލަރު ރޭޓު ހިފެހެއްޓުމެއް ނެތި މައްޗަށް ދާތީ ސުވާލު ކުރައްވާފަ އެވެ.

މަނިކުފާނުގެ އަމިއްލަ އަނގައިން މީގެ ދެ އަހަރު ކުރިން، މަޖިލީސް މެންބަރުންގެ ކެމްޕެއިންގަ، މަޖިލީހުގެ މެޖޯރިޓީ ދީފިއްޔާ ޑޮލަރުގެ އަގު، ރަސްމީ ރޭޓަށް ތިރިކޮށްލާނަމޭ. ތިމަންނަމެންނަށް ކުރެވިދާނެ ކަމެކޭ. މަނިކުފާނު ރައްޔިތުންނަށް އެ ވާހަ ވިދާޅުވީ އެއްވެސް ދިރާސާ އެއް ކޮށްފަތޯ. ތި ވިދާޅުވަނީ އެމްޑީޕީ އިން އެވަނި ކަމެއް ކުރިއޭ. މިވަނި ކަމެއް ކުރިއޭ. އެ ދުވަހު ދިރާސާ ނުކޮށްތޯ އެ ދުވަހު އެ ދޮގު ވައުދު ވީ. 
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ

އެ ސުވާލު މީގެ ކުރިން ވެސް މިނިސްޓަރާ އެތައް ފަހަރެއްގެ މަތިން މެންބަރުންނާ ނޫސްވެރިން ވެސް ކޮށްފައިވާއިރު މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފަ އެއް ނުވެ އެވެ. ހޯމަ ދުވަހުގެ ޖަލްސާގައި ވެސް މިނިސްޓަރު ދެއްކެވީ މުޅިން އެހެން ވާހަކަތަކެކެވެ.  

އެގޮތުން ސައީދު ވިދާޅުވީ މަޖިލިސް ޕީއެންސީއަށް ލިބުނު ކަން އެއީ ދިވެހިރާއްޖޭގެ ނަސީބު ކަމަށާ އެހެން ނޫން ނަމަ ރާއްޖެ ބަނގުރޫޓްވާނެ ކަމަށެވެ. 

ދެން ސައީދު ދެއްކެވީ ރާއްޖެ އިން ދަރަނި ދައްކާފައިވާތީ އެވާހަކަ އެވެ. އެގޮތުން މިހާތަނަށް 1.2 ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާ ދަރުވާލާފައިވާ ކުންފުނި ތައް ކޮޅަށް ޖަހާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބައްލަވާ 1.2 ބިލިއަން ޑޮލަރުގެ ދަރަންޏޭ މި ދެއްކީ. ދެ އަހަރުގެ ތެރޭގައި. ރާއްޖެ ބަނގުރޫޓް ނުވެ، ރާއްޖޭގެ 26 ބާވަތުގެ އަސާސީ މުދާ ރައްކާތެރިކަމާއެކު ގެންގުޅެމުން 164 ބާވަތުގެ އެސެންޝަލް މުދާ ދުވަހުން ދުވަހަށް ބެލެހެއްޓެމުން، ރާއްޖޭގެ ކުންފުނިތައް، ދަރާ ވިކިފަ ހުރި ކުންފުނިތައް ކޮޅަށް ޖަހައިގެން ކުރިއަށް ގެންދަމުން، އެތައް ބައިވަރު ކުދި ވިޔަފާރިތަކެއް ދަރަނިވެރިވެފަ އޮއްވާ ދަތި އުނދަގުލާއެއްްކޮށް ވެސް ފައިސާ ދެމުން އައިމަ ދެއްތޯ ރާއްޖޭގެ ރޭޓިންގ އިމްޕްރޫވް ވެގެން މިއުޅެނީ. ކެތްތެރިކަމާއެކު ކުރެވުނީމަ ނޫންތޯ. 
އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދް

ޑޮލަރު މާރުކުރާ ތަންތަނުން ހާމަކުރާ ގޮތުގައި މިއަދު ޑޮލަރެއް ލިބެން ހުރީ 20.20 ރުފިޔާ އާއި 21 ރުފިޔާ އާ ދެމެދު ގަ އެވެ. ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ކުންފުނިތަކުން ބުނީ އެ ކުންފުނިތަކަށް ބޭންކުން ދޭ ޑޮލަރު ސަޕޯޓު ވެސް ދަށްކުރުމުން ކަޅު ބާޒާރަށް ގޮސް ޑޮލަރު ގަންނަން އިންތިހާ އަށް ދަތިތައް އެބަހުރި ކަމަށެވެ. މީގެ ސަބަބުން މުދާ ގަންނަން ކުރަން ޖެހޭ ހަރަދު ބޮޑުވެ، މުދާ ވިއްކާ އަގު އުފުލުމުގެ ފުރުސަތު އެބައޮތެވެ.

ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން އަދިވެސް ވިދާޅުވަނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުން ޑޮލަރުގެ ކަޅު ބާޒާރުގައި އަގުތައް ތިރިކުރެވޭނެ ކަމަށެވެ.

ސަރުކާރުން ގަބޫލުކުރަނީ، މިހާރު ހުރި ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް މުއިއްޒުގެ ޑޮލަރު ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން ޑޮލަރުގެ އަގު ދަނީ މަތިވަމުންނެވެ.

މިނިސްޓަރ މުޙައްމަދު ސަޢީދުރައްޔިތުންގެ މަޖިލިސްޑޮލަރުގެ މައްސަލަކަޅު ބާޒާރުޑރ. މުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

06 ޖުލައި 2026

އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!

06 ޖުލައި 2026
އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!
05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
04 ޖުލައި 2026

ސަރުކާރުން "ރައިޓް ސައިޒް" ކުރަން މުވައްޒަފުން މަދުކުރަމުން ދަނިކޮށް، އެންސްޕާއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

04 ޖުލައި 2026
ސަރުކާރުން "ރައިޓް ސައިޒް" ކުރަން މުވައްޒަފުން މަދުކުރަމުން ދަނިކޮށް، އެންސްޕާއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
04 ޖުލައި 2026

ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު

04 ޖުލައި 2026
ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު
03 ޖުލައި 2026

މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް

03 ޖުލައި 2026
މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް
29 ޖޫން 2026

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

29 ޖޫން 2026
ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު
29 ޖޫން 2026

މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު

29 ޖޫން 2026
މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު
29 ޖޫން 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

29 ޖޫން 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
29 ޖޫން 2026

އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު

29 ޖޫން 2026
އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު
29 ޖޫން 2026

ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު

29 ޖޫން 2026
ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް