Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!

6 ޖުލައި 2026 | ހޯމަ 06:36

އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ތާރީޚެއް، މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުހައްމަދު ސައީދު ވިދާޅެއް ނުވި. ފެރީތައް ކެންސަލްވުމާއި އިތުރު އުޅަނދުތައް ނުގެނެސް ޚިދުމަތް ފުޅާކުރާތީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް މިކަމުގައި ވަނީ އިތުރުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ޖުލައި 2026 | ހޯމަ 06:36
އާރްޓީއެލް ފެރީ ފ. އަތޮޅާއި ދ. އަތޮޅުގައި ފެށުން: މި ޚިދުމަތް މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ ފަށާފަ

އާރްޓީއެލް ފެރީ ފ. އަތޮޅާއި ދ. އަތޮޅުގައި ފެށުން: މި ޚިދުމަތް މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ ފަށާފަ | އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތުގައި ހުރި އެކިއެކި މައްސަލަތަކާ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާ ގުޅޭ މައްސަލައަށް މި ސަރުކާރަށް ހައްލެއް ގެނެވޭނެ ތާރީޚެއް، އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅެއް ނުވި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކޮށްފައިވާއިރު ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ އާރްޓީއެލް ފެރީތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވާތީ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާ އެކަމަށް ހައްލެއް ލިބޭނީ ކޮންއިރަކުން ތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބު ނުދެއްވާ ސައީދު އެންމެ ފުރަތަމަ ވިދާޅުވީ އެމަނިކުފާނު މަޖިލީހަށް ވަޑައިގަތީ އެ ސުވާލަށް ތައްޔާރު ވެގެން ކަމަށެވެ.

އެއަށްފަހު ދެން ވިދާޅުވީ އާރުޓީއެލްގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާފައިވާ ކަމަށެވެ. އަަދި ވިދާޅުވީ އެ ޚިދުމަތް ނުދެވި އޮތީ ޖުމްލަ 5 އަތޮޅުގައި ކަމަށާއި 15 އަތޮޅެއްގައި އެ ޚިދުމަތް ދެމުން އަންނައިރު، 35 ސްޕީޑުބޯޑު އެ ހިދުމަތުގައި ބޭނުންކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އަންނަ ޖެނުއަރީގެ ކުރިން ބާކީ ހުރި ރަށްތަކާ އެކު މުޅި ރާއްޖެ އެ ނެޓްވޯކުން ގުޅާލެވޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވާފައިނުވާތީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ހަމަ އެ ސުވާލު އިތުރަށް ތަފްސީލު ކޮށް، މިނިސްޓަރާ ވަނީ ކުރައްވާފަ އެވެ. 

އެގޮތުން ފެރީތައް ކެންސަލްވާ މައްސަލައަކީ މިއަދު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ އެކަމަށާ އޮތް ހައްލަކީ ކޮބައިތޯ ވިދާޅުވެ، މެންބަރު ސުވާލު ތަކުރާރު ކުރެއްވި އެވެ. 

އެ ސުވާލުގެ ޖަވާބުގައި ވެސް ސައީދު ތަކުރާރު ކުރެއްވީ ހަމަ ކުރިން ދެއްކެވި ވާހަކަ އެވެ. އެގޮތުން އާރުޓީއެލްގެ ޚިދުމަތް އަންނަ ޖެނުއަރީގެ ކުރިން ބާކީ 5 އަތޮޅުގައި ފަށާނެ ކަމަށް ވިދާޅުވި އެވެ. 

މިއަދު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އައު އަތޮޅެއްގައި ފެރީގެ ޚިދުމަތް ފެށުމަށް އިތުރު ފެރީ ނުގެނައުމެވެ. އަދި އިތުރު ތިން ހަތަރު އަތޮޅަށް މި ނިޒާމު ފުޅާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ އިތުރު ފެރީ ނުބަނދެ ކަމަށް ތުހުމަތުކޮށް އެކަމުގެ ކަންބޮޑުވުން ވެސް އެތައް ބަޔަކު ދަނީ ފާޅުކުރަމުންނެވެ. ބައެއް ރައްޔިތުން ފާހަކުރާ ގޮތުގައި ފެރީތައް ކުއްލިއަކަށް ކެންސަލް ވުމަކީ ވެސް ރައްޔިތުންނަށް މިއަދު ވަނީ ބޮޑު އުނދަގުލަކަށް ވެފަ އެވެ.   

އާރްޓީއެލްމިނިސްޓަރ މުޙައްމަދު ސަޢީދުއަމީން ފައިސަލްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
29 ޖޫން 2026

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

29 ޖޫން 2026
ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު
29 ޖޫން 2026

މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު

29 ޖޫން 2026
މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު
29 ޖޫން 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

29 ޖޫން 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
29 ޖޫން 2026

އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު

29 ޖޫން 2026
އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު
29 ޖޫން 2026

ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު

29 ޖޫން 2026
ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު
28 ޖޫން 2026

ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ

28 ޖޫން 2026
ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ
24 ޖޫން 2026

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!

24 ޖޫން 2026
ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!
24 ޖޫން 2026

ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!

24 ޖޫން 2026
ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!
24 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

24 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް