Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްވެހިކަމުގެ ގާނޫނު

ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު

ރަށްވެހިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ވިދާޅުވީ، ރަށްވެހިކަން ބަދަލުކުރުން މިހާރަށްވުރެ ފަސޭހަވާންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ތަރައްގީއަށް ކުރިއެރުން ލިބޭ ކަމަށް. ރާއްޖޭގެ ހުރިހާ ރަށެއް ވަކިވަކިން ތަރައްގީ ކުރުމަކީ ސަރުކާރުތަކަށް ދަތި ކަމަކަށްވާއިރު، އުމްރާނީ ތަރައްގީއަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި ތަރައްގީގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކުރަން ޖެހޭ ކަމަށް މެންބަރު މައުރޫފު ވިދާޅުވި. އަދި އަސާސީ ޚިދުމަތްތަކާއި ވަޒީފާގެ ބޭނުމުގައި ގިނަ ބަޔަކު މާލެ ސަރަހައްދަށް ހިޖުރަކުރަމުންދާ ޓްރެންޑަށް ސަމާލުކަން ދޭންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖޫން 2026 | ހޯމަ 08:52
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަ ދައްކަވަނީ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަ ދައްކަވަނީ. | ރައްޔިތުންގެ މަޖިލިސް

ދިވެހީން ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމު ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު މައުރޫފު ވިދާޅުވީ، ދިވެހީން ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނަ ކަމަށާއި، ކޮންމެ ރަށަކުން ވެސް ހިތާވާ މީހަކާ އިންނަމުންދާ ކަމަށެވެ.

އެހެންކަމުން އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމު ނޫން ކަމަށާއި، ފަސޭހައިން ރަށްވެހިކަން ބަދަލުކުރެވޭނެ ގޮތަށް އޮންނަން ޖެހޭ ކަމަށް މެންބަރު މައުރޫފު ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު މައުރޫފު ވިދާޅުވީ ފަސޭހައިން ރަށްވެހިކަން ބަދަލުކުރެވޭ ކަމަށްވާނަމަ ތަރައްގީއަށް ވެސް ކުރިއެރުން ލިބޭނެ ކަމަށެވެ.

ރާއްޖެ 187 ރަށް ވަކިވަކިން ތަރައްގީ ކުރުމަކީ ސަރުކާރުތަކަށް އުނދަގޫ ކަމެއްކަން ފާހަގަކުރައްވައި މެންބަރު މައުރޫފު ވިދާޅުވީ ތަރައްގީގެ ނަމުގައި ދިވެހި ރައްޔިތުން ޑިމާންޑުކުރާ ތަރައްގީ އަކީ ހަމައެކަނި އުމްރާނީ  ތަރައްގީކަން ދެކޭ ދެކުން ބަދަލު ކުރަން ޖެހޭ ކަމަށެވެ. 

އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ސަރުކާރުތަކުން ވަރަށް ބޮޑަށް ޚާއްސަ ސަމާލުކަމެއް ދީގެން ރަށްވެހި ތަރައްގީގެ ނަމުގައި ނަމަވެސް މާލެ ސަރަހައްދަށް މީހުން އެއްކުރަމުން މި ދަނީ. މާލެ ސަރަހައްދަށް މީހުން ޖަމާވި. އަދި ސަރުކާރުގެ ނިޔަތް އެގޮތަށް އޮތްކަމުގައި ވިޔަސް، އަދި ނެއްކަމުގައި ވީނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަ ޓްރެންޑަކީ ދިވެހިރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ހަމަ ފެން އޮތްތާކަށް މަސް ދުވާނޭ ބުނާ ފަދައިން، މާލެ ސަރަހައްދަށް ޖަމާވަމުންދާ މަންޒަރު. ވަޒީފާގެ ބޭނުމުގައި ވިޔަސް، ބޭސްފަރުވާގެ ބޭނުމުގައި ވިޔަސް، އަދި ދަރިންނަށް ތައުލީމު ދިނުމުގެ ބޭނުމުގައި ވިޔަސް، މި ސަރަހައްދަށް ޖަމާވަމުން މި ދަނީ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު

ރައްޔިތުން ކުރާ ޑިމާންޑުތަކަށް އިޝާރާތް ކުރައްވައި މެންބަރު މައުރޫފު ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް އަންނަ ސިޔާސީ މޫސުންތަކުގައި ރައްޔިތުން ޑިމާންޑު ކުރަމުން ދަނީ ބަނދަރު އެޅުމާއި، ނަރުދަމާ އެޅުމާއި، ބޯޅަދަނޑު ހެދުންފަދަ އިންފްރާސްޓަކްޗަރގެ ތަރައްގީއަށް ކަމަށެވެ. 

ނަމަވެސް މިހާރު މިކަންކަމަށް ބަރޯސާނުވެ، ތަރައްގީގައި ވެސް އެހެން ލެވަލްއަކަށް ހިޖުރަ ކުރަން ޖެހޭ ކަމަށް މެންބަރު މައުރޫފު ވިދާޅުވި އެވެ.

ރަށްވެހިކަމުގެ ގާނޫނު ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 ޖޫން 2026

ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ

28 ޖޫން 2026
ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ
24 ޖޫން 2026

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!

24 ޖޫން 2026
ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!
24 ޖޫން 2026

ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!

24 ޖޫން 2026
ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!
24 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

24 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
24 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

24 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް
24 ޖޫން 2026

ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް

24 ޖޫން 2026
ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް
24 ޖޫން 2026

ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު

24 ޖޫން 2026
ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު
24 ޖޫން 2026

އެންމެ ރެއެއްގެ ކާމޭޒު ދޮށުގައި ތިބެ ނިންމާ ނިންމުންތަކުގެ ނަތީޖާ މިއަދު މި ފެންނަނީ، ލަދެއްގައި ބެދި އުނބަށް ޖަހައިފި: މީކާއިލް

24 ޖޫން 2026
އެންމެ ރެއެއްގެ ކާމޭޒު ދޮށުގައި ތިބެ ނިންމާ ނިންމުންތަކުގެ ނަތީޖާ މިއަދު މި ފެންނަނީ، ލަދެއްގައި ބެދި އުނބަށް ޖަހައިފި: މީކާއިލް
24 ޖޫން 2026

އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު

24 ޖޫން 2026
އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު
23 ޖޫން 2026

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

23 ޖޫން 2026
އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު