Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްވެހިކަމުގެ ގާނޫނު

މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު

ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން، ރަޖިސްޓްރީ ބަދަލުކުރުމަށް އޮންނަ ފަސް އަހަރުގެ މުއްދަތު އުނިކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު ގޮވާލެއްވި. ގާނޫނުއަސާސީ ބިނާވެފައިވަނީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ކަމަށްވާއިރު، ވަކި ސަރަހައްދެއްގެ ރައްޔިތުންގެ ބަދަލުގައި ހަމަހަމަ އުސޫލުން ފުރުސަތުތައް ފަހިކޮށްދޭން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ގިނަ ދުވަސްވެފައިވާ މި ގާނޫނަށް ޒަމާނީ ބަދަލުތަކެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް މެންބަރު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖޫން 2026 | ހޯމަ 10:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

މާލޭގެ ރައްޔިތުން ނުތިބޭނެ ކަމަށާއި، ތިބޭނީ ދިވެހި ރައްޔިތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ޒިޔާދު ވިދާޅުވީ މި ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި، ރަޖިސްޓްރީ ބަދަލު ކުރުމަށް އެ އޮންނަ ފަސް އަހަރު އުނިކޮށްލަން ޖެހޭ ކަމަށެވެ. 

މިގާނޫނަށް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، އިސްލާހު ގެނެސްގެން ފަސޭހަ ގޮތްތައް ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ކަމަށެވެ. 

ގާތްގަނޑަކަށް ދޮގު ނަހަދަންޏާ 50 ވަރަކަށް އަހަރު މި ވަނީ މި ގާނޫނަށް. އޭގެޔަށް ފަސް އަހަރުގެ ބަދަލުގައި އެ މުއްދަތު ކަނޑާލައި، ދޭންވެގެން ނިޔަތުގައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އިއްޒަތްތެރި މެންބަރު ހުށަހަޅާފައި މި އޮތީ. އެހެންނަމަވެސް، މިހާރުވެސް އަޅުގަނޑު ވެސް ގަބޫލުކުރަން އެ 5 އަހަރަކީ އިޚްތިޔާރެއް. އެ ރަށެއްގައި ވެރިންނަށް ނުވަތަ އެ ރަށެއްގައި އެކަމާ ބެހޭ ފަރާތްތަކަށް ލިބޭ އިޚްތިޔާރެއް. މިއަދު ވެސް ހަމަ ދުވަހުން ދުވަހަށް ބަދަލުވެވޭ ގޮތަށް އޮތީ. އެހެންވީމާ، މިހާ ފަސޭހަ އިސްލާހެއް ހުށަހަޅާފައި، މިހާ ފަސޭހަ ނިމެން އޮތް ކަމެއްގައި މިކަމާ އެއްބަސްވަނިކަން ވެއްޖެއްޔާ އެއްބަސްވާންވީ. ފަސް އަހަރު ދިގުކުރަންޏާ ދިގުކުރަންވީ. 78ގައި ހަދާފައި އޮތް ގާނޫނަކަށް އިސްލާހެއް މިހާރަށް ގެނައުމަކީ ނުގެނެސް ބާވަންޖެހޭ ސަބަބެއް ކަމުގައި އަޅުގަނޑު ނުދެކެން.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު 

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ މާލޭގެ ރައްޔިތުން ނުތިބޭނެ ކަމަށާއި، ތިބޭނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ގާނޫނު އަސާސީ ވެސް ލިޔެފައި އޮތީ ހުރިހާ ރައްޔިތުންގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ލާމު ފޮނަދޫ ރައްޔިތަކާއި، ވައިކަރަދޫ ރައްޔިތަކާއި، ކުޅުދުއްފުށި ރައްޔިތަކާއި، މާލޭ ރައްޔިތަކާ ނޫޅޭނެ އިއްޒަތްތެރި ރައީސް. އެއީ މައްސަލައަކީ. ދިވެހި ރައްޔިތުން ދިވެހި ގާނޫނުއަސާސީ އޮތީ ހުރިހާ ރައްޔިތުންގެ މައްޗަށް ލިޔެވިފަ. އެހެންވީމާ، މާލޭ ރައްޔިތުންނަކީ މިއީ އޮތް އެއްޗެއް ނޫން. ކޮންމެވެސް އެހެން ބޭނުމެއްގައި އެ ވިއްކަނީ. މާލޭ ރައްޔިތުންނަށް ތިމަންނާމެން މިކަން. މާލޭ ރައްޔިތުން ނުތިބެނީ އިއްޒަތްތެރި ރައީސް. ދިވެހި ރައްޔިތުން ތިބީ. އެހެންނަމަވެސް، ބައެއް ކަންކަމުގައި އެ އުސޫލުތައް އެބަހުރި. އެ ތެދެއްމެ. މާލެއިން އެންމެ ފަހުން ގޯތި ދިންއިރު އަޅުގަނޑަކަށް ނުލިބޭނެތާ. އަޅުގަނޑަކީ ފަޚުރުވެރި ރާއްޖެތެރޭ މީހެއް، ނުލިބޭ އަޅުގަނޑަކަށް.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު 

މެންބަރު ޒިޔާދު ވިދާޅުވީ ރަށްރަށުގެ ކައުންސިލުތަކުން ވެސް އުސޫލުތައް ހަދާ ކަމަށާއި، ނަމަވެސް ތަނަކުން ވެސް ދިވެހި ރައްޔިތުންނަށް ފުރުސަތު ދެވެން އޮތިއްޔާ ހަމަހަމަ އުސޫލުން ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ. 

ރަށްވެހިކަމުގެ ގާނޫނުރައްޔިތުންގެ މަޖިލިސްވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

އިތުރަށް ކިޔާލަން

29 ޖޫން 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

29 ޖޫން 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
29 ޖޫން 2026

އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު

29 ޖޫން 2026
އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު
29 ޖޫން 2026

ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު

29 ޖޫން 2026
ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު
28 ޖޫން 2026

ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ

28 ޖޫން 2026
ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ
24 ޖޫން 2026

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!

24 ޖޫން 2026
ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!
24 ޖޫން 2026

ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!

24 ޖޫން 2026
ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!
24 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

24 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
24 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

24 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް
24 ޖޫން 2026

ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް

24 ޖޫން 2026
ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް
24 ޖޫން 2026

ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު

24 ޖޫން 2026
ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު