Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒުގެ ސަރުކާރު

ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު

4 ޖުލައި 2026 | ހޮނިހިރު 13:57

މި ސަރުކާރުން ބޭންކުތަކުގެ ހިންގުމުގެ ތެރެއަށް އަތްބާނައި، އެ މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލަމުންދާ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ. ރައްޔިތުންނަށް ފާގަތިކަން ގެނެސްދޭނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައި ނަމަވެސް، ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް އަސާސީ ހިދުމަތްތައް ދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީއަށް ވާނުވާ ނޭނގުމާއި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ތިބިކަން ޣަފޫރު ވަނީ ފާހަގަކުރައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 ޖުލައި 2026 | ހޮނިހިރު 13:57
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ | ރާއްޖެ އެމްވީ

ރާއްޖޭގެ ބޭންކުތަކަށް މި ސަރުކާރުން އަތާ، ފަޔާ ބޯ ވެސް ބާނައިގެން އެތަންތަން ފުނޑާލަމުން ދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ 'ޓީވީ ޓޯކް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޣަފޫރު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުން މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ އެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަމަށާ ނަމަވެސް މިއަދު އެއިން އެއްވެސް ކަމެއް ނުވާ ކަމަށް މެންބަރު ވިދާޅުވި އެވެ. 

ޣަފޫރު ވިދާޅުވީ އެއް ސަރުކާރުން އަނެއް ސަރުކާރަަށް ބަދަލުވެގެންދާއިރު ރައްޔިތުންނަށް ހެޔޮ ވެރިކަމަކާ ދިމާލަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެއީ އެކަން އަބަދު ވެސް އޮންނަ ގޮތް ކަމަށެވެ. އެމްޑީޕީ ސަރުކާރު ގެ ބައެއް ކަންކަމާ މެދު ރައްޔިތުން ހިތްހަމަ ނުޖެހި، ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ އޭރު އޮތް ސަރުކާރަށް ވުރެ ހުރިހާ ކަމެއް ރަނގަޅުވާން އެ ރައްޔިތުން ބޭނުންވެފައި ވުމުން ކަމަށް ޣަފޫރު ވިދާޅުވި އެވެ.

މި ސަރުކާރު އައީ އެ ގޮތަށް ވައުދު ވެގެން ކަން ފާހަގަ ކުރައްވާ މެންބަރު ވިދާޅުވީ އެ ވައުދުތަކާ އެއްކޮށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ މި ގައުމުގެ ރައްޔިތުން ބޭނުންވަނީ އެއްދުވަހުން އަނެއް ދުވަހަށް ރައްޔިތުންނަށް ކުރިއެރުމާ ފާގަތިކަމާ ލުއިފަސޭހަކަން އިޔާދަވެގެން ދިއުން ނަމަވެސް މިއަދު މި ފެންނަނީ ޖަމްޕެއް ޖަހާފައި ފަހަތަަށް ދާ މަންޒަރު ކަމަށެވެ. 

ދެން އަބަދުވެސް ހަމަ ފިލްމު މި ކުޅެނީ ޑޮލަރު ލިބޭނެ އޭ ބޭނުން ވަރަކަށް ޓީޓީ ފޮނުވޭނެ އޭ. ބަލަ މިދިޔަ އެއްވެސް ސަރުކާރަކުން ނެތޭ އިއުލާނު ކޮށްފައެއް، ކްރެޑިޓް ކާޑަކުން މިހާވަރު ނެގޭނެއޭ، ޑެބިޓް ކާޑަށް މިވަރު ލިބޭނެ އޭ. ބޭހަށް ދާއިރު މިހާވަރު ލިބޭނެ އޭ. ޓީޓީ ފޮނުވަން 25 ޕަސެންޓޭ. އެއީ ސަރުކާރާ ބެހޭ ކަމެއް ނޫނޭ. ބޭންކު ތަކަކީ އޭގެ ޒާތުގަައި އެބޭފުޅުންގެ ބިޒްނަސް މޮޑެލްތަކަށް މަސައްކަތް ކުރަމުންދާ ތަންތަން. އެހެން ނަމަވެސް އަތާ ފަޔާ ބޮލާ ބާނައިގެން އެތަންތަން ވެސް ފުނޑާލަމުން މި ދަނީ. 
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މިއަދު މި ގައުމުގައި ރަނގަޅަށް ދާ އެއްވެސް ކަމެއް ނެތް ކަން ފާހަގަ ކުރައްވާ ޣަފޫރު ވަނީ ވަރަށް ބޮޑަށް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ. އަދި ރައްޔިތުން މިއަދު ވަނީ ބޮޑު މާޔޫސްކަމެއްގައި ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. 

އޭގެ އިތުރުން މިއަދު ދައުލަތަށް ލިބޭ ފައިސާ އަށް ވާ ގޮތެއް ވެސް ނޭނގޭ ކަމަށާ ރައްޔިތުންނަށް އެންމެ އަސާސީ ޚިދުމަތްތައް ދިނުުމުގައި ވެސް ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާއިރު ރައްޔިތުންނަށް އެއްވެސް ކަމެއްގައ ޖަވާބުދާރީ ނުވެވޭ ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުން އެއްވެސް ކަމެއް ކުރަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށާ ސިނގިރޭޓާ ދުންފަތުގެ އަގުތަކަށް ގެނައި ބަދަލުތަކުން ވެސް އެކަން ހާމަވާ ކަމަށެވެ. 

އަބްދުލްގަފޫރު މޫސާޑރ. މުޙައްމަދު މުޢިއްޒުޑރ. މުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

04 ޖުލައި 2026

މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު

04 ޖުލައި 2026
މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު
03 ޖުލައި 2026

މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް

03 ޖުލައި 2026
މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް
03 ޖުލައި 2026

ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު

03 ޖުލައި 2026
ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު
02 ޖުލައި 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

02 ޖުލައި 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

02 ޖުލައި 2026
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި
02 ޖުލައި 2026

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި

02 ޖުލައި 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
01 ޖުލައި 2026

ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!

01 ޖުލައި 2026
ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް