Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު ސަރުކާރު

މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް

3 ޖުލައި 2026 | ހުކުރު 12:58

މައުރޫފް ވިދާޅުވި ގޮތުގައި ރައީސް ގެންދަވަނީ "ރޯމާ ދުވާލު" ދޮގު ހަދަމުން. އަދި އެދޮގުން ސަލާމަތް ނުވީމާ، މިހާރު ތިމަންނަ އަށް ވިސްނިއްޖެއޭ ވިދާޅުވެ އެކަން ބަދަލު ކުރަނީ ކަމަށް ވެސް މެމްބަރު ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2026 | ހުކުރު 12:58
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު. | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޓީވީ ޓޯކް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ދުންފަތް އަގުހެޔޮ ކުރީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ކަމަށާއި އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް މިސަރުކާރުން ކޮށްފާނެ ކަމަށެވެ. މައުރޫފް މިހެން ވިދާޅުވީ އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވި ވާހަކަ އަށް އަލި އަޅުވާލަމުން އެވެ.

އާމްދަނީގެ ބޭނުމަށް ދުންފަތް އަގުހެޔޮ މިކުރީ، އެކަމަކު ދުންފަތާ ދެކޮޅަށް ކުރަނީ ޖިހާދު އެހެންވީމަ މީގެ ނުރައްކަލަކީ އާމްދަނީ ހޯދުމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު (މަޓޭ).

މައުރޫފް ވިދާޅުވި ގޮތުގައި ރައީސް ގެންދަވަނީ "ރޯމާ ދުވާލު" ދޮގު ހަދަމުން ކަމަށެވެ. އަދި އެދޮގުން ސަލާމަތް ނުވީމާ، މިހާރު ތިމަންނަ އަށް ވިސްނިއްޖެއޭ ވިދާޅުވެ އެކަން ބަދަލު ކުރަނީ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

ކަނޑައެޅިގެން ރޯމާ ދުވާލު ދޮގު ހަދަމުން އެދޮގުން ސަލާމަތް ނުވެގެން، ސަލާމަތް ނުވީމައި މިބުނަނީ މިހާރު ތިމަންނާއަށް ވިސްނިއްޖެ އަލުން ރަނގަޅު ކުރީއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ޑިމާންޑް ކުރީމަ ބަދަލުކުރީއޭ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު (މަޓޭ).

މީގެ އިތުރުން ރައީސް މުޢިއްޒު ދައްކަވާ ވާހަކައިގައި އެއްވެސް އިހުލާސްތެރި ކަމެއް ނުހުންނަ ކަމަށާއި، ހިތުހުރި ގޮތަށް ކަންތައް ނުކުރުމަށް ރައީސް ވިސްނަންޖެހޭ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުމައުރޫފް ޒާކިރުޑރ. މުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

02 ޖުލައި 2026

ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ

02 ޖުލައި 2026
ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ
02 ޖުލައި 2026

ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި

02 ޖުލައި 2026
ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި
02 ޖުލައި 2026

ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ

02 ޖުލައި 2026
ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
01 ޖުލައި 2026

ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!

01 ޖުލައި 2026
ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
29 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު

29 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު
29 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު

29 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް