Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުންފަތު ޑިއުޓީ

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

މި އިސްލާހުގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިތުރުން ހީޓަޑް ޓޮބެކޯ ޕްރޮޑަކްޓްތަކުން ނަގާ ޓެކްސް ބޮޑުތަނުން ކުޑަވެގެންދާއިރު، މިއީ ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންގުޅުނު ހަރުކަށި ސިޔާސަތަށް ގެނައި ބަދަލެއް. މި ބިލުގައި ހުށަހަޅާފައިވަނީ ކޮންމެ ސިނގިރޭޓަކުންނާއި ބިޑި އަކުން ނަގާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށާއި، އެޑްވެލޮރަމް ޓެކްސް 100 އިންސައްތައިން 30 އިންސައްތައަށް ދަށްކުރަން.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 10:09
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ މަޖިލީހުގެ ޖަލްސާ އެއްގައި ރިޔާސަތު ބަލަހައްޓަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ މަޖިލީހުގެ ޖަލްސާ އެއްގައި ރިޔާސަތު ބަލަހައްޓަވަނީ | ރައްޔިތުންގެ މަޖިލިސް

ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ހުށަހަޅާފައިވާ އިސްލާހު, އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން ރުހުން ދީފި އެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހަށް ބަހުސް ކުރުމަށްފަހު، ސިނގިރޭޓާއި ބިޑީގެ އިތުރުން ހީޓަޑް ޓޮބެކޯ ޕްރޮޑަކްޓްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ހޯމަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. މި ބިލުގައި ހުށަހަޅާފައިވަނީ ކޮންމެ ސިނގިރޭޓަކުންނާއި ބިޑި އަކުން ނަގާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށާއި، އެޑްވެލޮރަމް ޓެކްސް 100 އިންސައްތައިން 30 އިންސައްތައަށް ދަށްކުރުމަށެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ޖޫން 24 ގައި ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށްފަހު، ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުން މި ބިލު ވަނީ ފާސްކޮށްފަ އެވެ. 

ބިލް ބަލައިގަންނަން މިދިޔަ ބުދަ ދުވަހު ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަަރުންގެ އިއްތިފާގުންނެވެ.

ދުންފަތުގެ ޑިއުޓީ ކުޑަކުރުމަށް މި ހުށަހެޅީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދުންފަތުގެ ޓެކްސް ވަރަށް ބޮޑަށް މަތިކުރިތާ ދެ އަހަރުވެސް ނުވަނީހެވެ. 2024 ވަނަ އަހަރު ކޮންމެ ސިނގިރޭޓަކުންނާއި ބިޑި އަކުން ނަގާ ޑިއުޓީ 3 ރުފިޔާ އިން 8 ރުފިޔާ އަށް ބޮޑުކޮށް، އެޑްވެލޮރަމް ޓެކްސް 50 އިންސައްތައިން 100 އިންސައްތައަށް ވަނީ މަތިކޮށްފަ އެވެ.

ޓެކްސް ބޮޑުކުރުމުގެ އިތުރުން ވޭޕާއި އީ-ސިނގިރޭޓް މަނާކުރުމާއި، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަނާކުރުން ހިމެނެ އެވެ. މި ސިޔާސަތުތަކާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައީސް މުޢިއްޒަށް "ވޯލްޑް ނޯ ޓޮބެކޯ ޑޭ ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ދީފައިވާއިރު، ގްލޯބަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް އިން ޓޮބެކޯ ކޮންޓްރޯލްގެ ފަރާތުން ރާއްޖެއަށް ވަނީ "އިންޓެގްރިޓީ އެވޯޑް" ދީފަ އެވެ.

އަނެއްކޮޅުން، ޑިއުޓީ ބޮޑުކުރުމާއި ވޭޕް މަނާކުރުމާ ގުޅިގެން، ދުންފަތުގެ ބާވަތްތައް ވަގަށް އެތެރެކުރުން އިތުރުވެ، ވޭޕާއި އަގުހެޔޮ ސިނގިރޭޓް ބްރޭންޑްތަކުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަމުގެ ކަންބޮޑުވުންތައް ވަނީ ފެންމަތިވެފަ އެވެ. މީގެ އިތުރުން، އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ދަށްވުމާއި، މި ފިޔަވަޅުތަކުގެ ސަބަބުން އަމަލީ ގޮތުން ނުކުންނަ ނަތީޖާއާ މެދު ސަރުކާރަށް ވަނީ ސުވާލުތައް އަމާޒުވެފަ އެވެ.

ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބިލު ފާސްކުރުމުގެ ކުރިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ހާޒިރުކޮށް، ދައުލަތުގެ ބަޖެޓަށް މީގެ ސަބަބުން ކުރާނެ އަސަރުތައް ދިރާސާކުރުމަށް ހުށަހަޅުއްވާފަ އެވެ. އަދި ބައެއް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް ހުށަހެޅުމެއްގެ ގޮތުގައި އެއިން އެއްވެސް ކަމެއް ހުށަނާޅާ ކަމަށް ރިޔާސަތުން ވިދާޅުވެ ބިލު ފާސްކުރީ ސަރުކާރުގެ ފަރާތުން ހުށަހެޅި ގޮތަށެވެ.

ސަރުކާރުން ބުނަނީ މި ދުންފަތުން ނަގާ ޑިއުޓީ ކުޑަކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިން ކަމަށެވެ. 

ދުންފަތްދުންފަތުގެ ޓެކްސްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

29 ޖޫން 2026

އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު

29 ޖޫން 2026
އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު
29 ޖޫން 2026

ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު

29 ޖޫން 2026
ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު
28 ޖޫން 2026

ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ

28 ޖޫން 2026
ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ
27 ޖޫން 2026

އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

27 ޖޫން 2026
އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި
25 ޖޫން 2026

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

25 ޖޫން 2026
ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު
24 ޖޫން 2026

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!

24 ޖޫން 2026
ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!
24 ޖޫން 2026

ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!

24 ޖޫން 2026
ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!
24 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

24 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
24 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

24 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް
24 ޖޫން 2026

ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް

24 ޖޫން 2026
ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު