Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްވެހިކަމުގެ ގާނޫނު

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

މާލެ ސަރަހައްދުން ގޯތި ދިނުމުގައި އަތޮޅުތެރޭގެ ރައްޔިތުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭތީ، އެކަން ހުއްޓުވުމަށްޓަކައި "ދާއިމީ އެޑްރެސް" އުވާލުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު ގޮވާލެއްވި. ހުޅުމާލެ ފަދަ ތަންތަން ހިއްކަނީ ހުރިހާ ރައްޔިތުންގެ ފައިސާއިން ކަމަށްވާތީ، ބޯހިޔާވަހިކަމުގެ ފުރުސަތުތައް އެންމެންނަށް ހަމަހަމަކޮށް ލިބެންޖެހޭ ކަމަށް މެންބަރު ވިދާޅުވި. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުތަކުން ގެންގުޅޭ މިފަދަ ތަފާތުކުރުންތައް ނައްތާލުމަށް އޭނާ ގޮވާލެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖޫން 2026 | ހޯމަ 10:21
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ. | މަޖިލިސް

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު ކަމަށާއި، މިއުސޫލު އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ޣަފޫރު ވިދާޅުވީ  ވަކި ބަޔަކަށް ވަކި މޮޑެލެއް ތައާރަފް ކުރުމުން ގިނަ މައްސަލަތައް ކުރިމަތިވާނެ ކަމަށާއި، މިހާރު ދިމާވެގެން މިއުޅެނީ އެފަދަ މައްސަލައެއް ކަމަށެވެ. 

އެގޮތުން މިހާރު މާލޭގައި ހުންނަ މީހަކު ސްރީލަންކާއަށް ދިއުމަށް ކުރާ ހަރަދަށް ވުރެ، ރަށެއްގައި ހުންނަ މީހަކު ލަންކާއަށް ދިއުމަށް ކުރާ ހަރަދު އެތައް ގުނައެއް ބޮޑު ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ. މިފަދަ ގިނަ ކަންކަމުގައި ތަފާތުތައް ހުރިއިރު، ދިވެހި ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތައް ހުޅުވާލަން ޖެހޭ ކަމަށާއި، އެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ދާއިމީ އެޑްރެސް އުވާލަން ޖެހޭ ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު ޣަފޫރު ވިދާޅުވީ ރާއްޖެތެރޭ މީހުންނަށް މާލެއިން ލިބެނީ ފްލެޓު ކަމަށާއި، މިހާތަނަށް ގޯއްޗެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ހުޅުމާލެ ހިއްކީ ވެސް ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާ އިން ކަމަށް އޭނާ ވިދާޅުވި އެވެ. 

ރާއްޖެތެރޭގައި އޮތް އެއްވެސް ބޭފުޅަކަށް، ރާއްޖެތެރޭ އުފަން އެއްވެސް ބޭފުޅަކަށް މި މާލެ ސަރަޙައްދަކު ނެތް ގޯއްޗު ލިބިފައެއް. ނެތް ލިވަކާއެއް. މާލެ މި ރާއްޖެތެރޭ މީހުންނަށް ފްލެޓު އަސްމާ އިއްޒަތްތެރި މެންބަރަށް ގޯތި. މިއީ ނޫންތޯ މީގައި ހިނގާ ގޮތަކީ؟ އެހެންވެގެންނުވާނެ. ހުޅުމާލެ ހިއްކީ ވެސް ދިވެހި ރައްޔިތުންގެ ފައިސާއަށް. ދެން ހުރި ތަންތަން ހިއްކީ ވެސް ދިވެހި ރައްޔިތުންގެ ފައިސާއަށް. އެންމެންނަށް ހަމަހަމަކަމާ އެއްކޮށް އެ ފުރުޞަތު އޮންނަންޖެހޭނެ މި ޤައުމުގައި އިއްޒަތްތެރި ރައީސް. މިއަދަކު ނެތް. ނެތީ ދާއިމީ އެޑްރެހެއް ހަދައިގެން ތަފާތުކުރުން ގެންގުޅޭތީ. މިއީ ހަމަ ސީދާ ތަފާތުކުރުމެއް މިއީ. މިއީ ހަމަ ސީދާ ތަފާތުކުރުމެއް މިއީ. މި ތަފާތުކުރުން މި ޤައުމުން ނެތިދާންޖެހޭނެ. މާލޭގައި އުޅޭ މީހެކޭ، ރާއްޖެތެރޭގައި އުޅޭ މީހެކޭ އެއްވެސް ތަފާތެއް ކުރުމެއް ނެތް.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ

މެންބަރު ގަފޫރު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.  އަދި ރާއްޖެތެރޭ މީހުންނާއި، މާލޭ މީހުންގެ ތަފާތު ކުރުންތައް ގެންނަނީ ސަރުކާރުތަކުން ކަމަށާއި، މިކަން ސަރުކާރަށް ބަދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަބްދުލްޣަފޫރު މޫސާރަށްވެހިކަމުގެ ގާނޫނުރައްޔިތުންގެ މަޖިލިސްބޯހިޔާވަހިކަން

އިތުރަށް ކިޔާލަން

29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު

29 ޖޫން 2026
މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު
29 ޖޫން 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

29 ޖޫން 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
29 ޖޫން 2026

އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު

29 ޖޫން 2026
އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު
29 ޖޫން 2026

ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު

29 ޖޫން 2026
ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު
28 ޖޫން 2026

ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ

28 ޖޫން 2026
ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ
28 ޖޫން 2026

ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު

28 ޖޫން 2026
ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު
27 ޖޫން 2026

ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު

27 ޖޫން 2026
ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް  އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު
25 ޖޫން 2026

ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާން: ރައީސް މުއިއްޒު

25 ޖޫން 2026
ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާން: ރައީސް މުއިއްޒު
24 ޖޫން 2026

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!

24 ޖޫން 2026
ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު