Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިޤްތިޞާދީ ހީނަރުކަން

އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު

ރާއްޖޭގެ ބޭރުގެ ދަރަނީގެ 95 އިންސައްތައަކީ މާލެ ސަރަހައްދު ތަރައްގީކުރަން ހޭދަކުރި ފައިސާކަން ފާހަގަކުރައްވައި، މާލިއްޔާއަށް ނުކަތާވަރުގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި. މާލޭގެ ރިއަލްއެސްޓޭޓް މާކެޓް ކުރިއެރުވީ ހުރިހާ ރައްޔިތުންގެ ފައިސާއިން ކަމަށްވާތީ، ދާއިމީ އެޑްރެސް އުވާލައި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި. އެގޮތުން ރަށްރަށުގެ މަޝްރޫއުތައް ހުއްޓި ޑޮލަރުގެ އަގު އުފުލިފައިވަނީ މާލެ ސަރަހައްދަށް އިސްކަންދީގެން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ކަމަށްވެސް ޝަމްހީދު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖޫން 2026 | ހޯމަ 10:08
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު ވާހަކަ ދައްކަވަނީ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު ވާހަކަ ދައްކަވަނީ. | ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، މާލެ، މާލެއެއްގެ ގޮތުގައި އުފަން ކުރުވީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާއިން ކަމަށެވެ. 

ރާއްޖޭގެ ބޭރުގެ ދަރަނި 4 ބިލިއަން ޑޮލަރަށް އަރައިގެން ދިޔައިރު، ގާތްގަނޑަކަށް އޭގެ 95 ޕަސެންޓް ދަރަންޏަކީ  މާލެ ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި ހޭދަ ކުރި ފައިސާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފައިސާއިން ރިޔަލް ސްޓޭޓް މާކެޓް ފުޅާ ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދަށް އިޝާރާތް ކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ، އެމްޑީޕީގެ ކުރީ ސަރުކާރުގައި ގޯތި ދިނުމާއި މި ސަރުކާރުން ހިއްކަން މަސައްކަތްކުރާ ރަސްމާލެ މަޝްރޫއާއެކު އިގުތިސާދުގެ މިއަދުގެ ހާލަތު ރަމްޒުކޮށްދޭ ކަމަށެވެ. އަދި ވިދާޅުވީ ޑޮލަރުގެ އަގު 21 ރުފިޔާ އަށް އަރައި، ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައިވަނީ މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. 

މި މާލެއަށް ހުރިހާ އެއްޗެއް ޖަމާކުރީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާއިން. މި ފައިސާއިން އަޅުގަނޑުމެން މި މާލޭގައި ރިއަލް ސްޓޭޓް ބޮޑު ފުޅާކުރި، ނޫނީ މީގެ އަގު ބޮޑުކުރި. މި މާކެޓް ވެލޫއަށް ޖެއްސީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާއިން. އެހެންވީމާ، މި ފައިސާއިން މިކަން ކޮށްފައި އަޅުގަނޑުމެން މިއަދު، އަޅުގަނޑު ދައްކަން މި އުޅޭ ވާހަކައަކީ، އެއީ ކުރިން ހޭދަކުރި ގޮތް. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން އެމްޑީޕީގެ ސަރުކާރެއްގައި، އަޅުގަނޑަށް ނިސްބަތްވި ސަރުކާރެއްގައި، އެންމެ ފަހުން އަނެއްކާވެސް މާލޭ މީހުންނަށް ގޯތިދިނުމާއި، އަދި މި ސަރުކާރުން މިއަދު ހިއްކަން މި އުޅޭ ފުށި ދިއްގަރާއި، އެ ރަމްޒުކޮށްދެނީ ހަގީގަތުގައި މިއަދު މި ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު، މި އޮތް ހާލަތަށް ވެއްޓުނީ. ހަގީގަތުގައި ގުޅިފައި ވަނީ މިކަމަށް.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ ގައުމުގެ ހާލަތަށް ބަލާއިރު ވެސް، ދާއިމީ އެޑްރެސް މިހާރު އުވާލަން ޖެހޭ ކަަމަށެވެ. އަދި ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުން މިނެކިރަންޖެހޭނީ އެއް ހަމައެއްގައި ކަމަށެވެ.

ޑރ. އަހްމަދު ޝަމްހީދުރައްޔިތުންގެ މަޖިލިސްއިޤްތިޞާދީ ހީނަރުކަން

އިތުރަށް ކިޔާލަން

29 ޖޫން 2026

ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު

29 ޖޫން 2026
ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު
28 ޖޫން 2026

ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ

28 ޖޫން 2026
ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ
28 ޖޫން 2026

ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު

28 ޖޫން 2026
ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު
24 ޖޫން 2026

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!

24 ޖޫން 2026
ނާގާބިލު ސަރުކާރެއްގެ ނާގާބިލު ވަޒީރު ގީލާ، އެނގިވަޑައިގަންނަވާ ހަމަ އެންމެ ކަމެއް ވެސް ނެތް!
24 ޖޫން 2026

ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!

24 ޖޫން 2026
ކޮމިޓީތަކުން ޖާގަ ދޭން އެދުމުން އަބްދުއްރަހީމްގެ ރުންކުރު ޖަވާބު: އެމްޑީޕީ ބޭނުންވާ ކޮމިޓީއަކުން ޖާގަ ދޭކަށް ނުޖެހޭ، 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ!
24 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

24 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
24 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

24 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް
24 ޖޫން 2026

ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް

24 ޖޫން 2026
ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް
24 ޖޫން 2026

ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު

24 ޖޫން 2026
ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު
24 ޖޫން 2026

އެންމެ ރެއެއްގެ ކާމޭޒު ދޮށުގައި ތިބެ ނިންމާ ނިންމުންތަކުގެ ނަތީޖާ މިއަދު މި ފެންނަނީ، ލަދެއްގައި ބެދި އުނބަށް ޖަހައިފި: މީކާއިލް

24 ޖޫން 2026
އެންމެ ރެއެއްގެ ކާމޭޒު ދޮށުގައި ތިބެ ނިންމާ ނިންމުންތަކުގެ ނަތީޖާ މިއަދު މި ފެންނަނީ، ލަދެއްގައި ބެދި އުނބަށް ޖަހައިފި: މީކާއިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު