Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވަރލްޑް ކަޕް 2026

އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ

4 ޖުލައި 2026 | ހޮނިހިރު 07:18

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އެ މެޗު ވަރަށް ބޮޑަށް އުނދަގޫވި ކަމަށާއި، އިދިކޮޅު ޓީމަކީ ވަރުގަދަ ޓީމެއް ކަމަށް. މެޗުގައި ފާހަގަ ކުރެވުނު ކަންކަން ނަގާނީ ޕޮޒިޓިވްކޮށްކަން ފާހަގަކޮށް ސްކަލޯނީ ބުނީ، އާޖެންޓީނާ އަކީ ހިތްވަރު ދޫކޮށްލާނެ ޓީމެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖުލައި 2026 | ހޮނިހިރު 07:18
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ. | ރޮއިޓާސް

އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ ކަމަށާއި، އެ ޓީމުން ކަންކަން ނަގާނީ ޕޮޒިޓިވްކޮށް ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ސްކަލޯނީ މިހެން ބުނެފައި ވަނީ ފީފާ ވަރލްޑް ކަޕްގައި އާޖެންޓީނާ އިން ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ. އެ މެޗުގައި އާޖެންޓީނާ އިން ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު ވެސް، ކޭޕް ވާޑް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް، ތިން ވަނަ ލަނޑެއް ޖަހައިގެން އާޖެންޓީނާ ވަނީ މެޗުން މޮޅުވެފައި އެވެ.

އެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އެ މެޗު ވަރަށް ބޮޑަށް އުނދަގޫވި ކަމަށާއި، އިދިކޮޅު ޓީމަކީ ވަރުގަދަ ޓީމެއް ކަމަށެވެ. މެޗުގައި ފާހަގަ ކުރެވުނު ކަންކަން ނަގާނީ ޕޮޒިޓިވްކޮށްކަން ފާހަގަކޮށް ސްކަލޯނީ ބުނީ، އާޖެންޓީނާ އަކީ ހިތްވަރު ދޫކޮށްލާނެ ޓީމެއް ނޫން ކަމަށެވެ.

މެޗުގައި ކޭޕް ވާޑް އިން ވަނީ އެ ޓީމަކީ ވަރަަށް ވަރުގަދަ އިދިކޮޅު ޓީމެއްކަން ސާބިތު ކޮށްދީފައި ކަމަށް ސްކަލޯނީ ބުންޏެވެ. އަދި ކޭޕް ވާޑް އިން ކުރި ހިތްވަރާއި، ދެއްކި ކުޅުމަށް މަރުޙަބާ ކިޔާ ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފައި އެވެ. އެއާ އެކު ސްކަލޯނީ ބުނީ ވޯލްޑް ކަޕްގައި އެއްވެސް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ.

މިއީ ސްކަލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ އިން ކުޅުނު 100 ވަނަ މެޗެވެ. އޭގެ ތެރެއިން 73 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، 18 މެޗުން ވަނީ އެއްވަރުވެފައި އެވެ. ބަލިވެފައި ވަނީ ނުވަ މެޗަކުންނެވެ. ސްކަލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ އިން ވަނީ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އެވެ. 

އޭގެ އިތުރުން ކޮޕާ އެމެރިކާ ދެ ފަހަރު ކާމިޔާބު ކޮށްފައިވާއިރު، ބައްރު ތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ވެސް އާޖެންޓީނާ އިން ވަނީ ކާމިޔާބު ކޮށްފައި އެވެ. ސްކަލޯނީ ވަނީ އާޖެންޓީނާ އިން އަބަދު ވެސް ކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަޤީންކަން ދީފައި އެވެ.

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުލިއޮނަލް ސްކަލޯނީ

އިތުރަށް ކިޔާލަން

04 ޖުލައި 2026

ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް

04 ޖުލައި 2026
ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
03 ޖުލައި 2026

ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި

03 ޖުލައި 2026
ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި
03 ޖުލައި 2026

ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި

03 ޖުލައި 2026
ޖަރުމަނުގެ ކޯޗުކަމުން ނާގަލްސްމަން ވަކި ކޮށްފި
03 ޖުލައި 2026

އަލްޖީރިއާ ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑަށް ނޮކްއައުޓުގެ ފުރަތަމަ މޮޅު

03 ޖުލައި 2026
އަލްޖީރިއާ ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑަށް ނޮކްއައުޓުގެ ފުރަތަމަ މޮޅު
03 ޖުލައި 2026

ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ

03 ޖުލައި 2026
ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ ކަޓުވާލައި ޕޯޗުގަލް ގަދަ 16 އަށް، ވާދަކުރަން ޖެހެނީ ސްޕެއިންއާ
03 ޖުލައި 2026

އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް

03 ޖުލައި 2026
އޮސްޓްރިއާ ބަލިކޮށް، ތާރީޚީ މޮޅާ އެކު ސްޕެއިން ގަދަ 16 އަށް
02 ޖުލައި 2026

އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!

02 ޖުލައި 2026
އިންގްލެންޑު އަތުން ބަލިވެ ކެޓި މެޗަށް ފަހު، ކޮންކޯގެ ކޯޗަށް ލިބުނީ ބައްޕަގެ މަރުގެ ޚަބަރު!
02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް