Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އިސްލާމީ އިންގިލާބުގެ ލީޑަރު އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލުހިފުމުގެ މަސައްކަތް ދުވަހަކުވެސް ހުއްޓާނުލާނެ ކަމަށް އީރާނުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ

5 ޖުލައި 2026 | އާދީއްތަ 15:14

އީރާނުގެ ރޫޙާނީ މީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލުހިފުމުގެ އަޒުމް އެ ގައުމުން ދޫނުކުރާނެ ކަމަށް ސިފައިންގެ ވެރިޔާ މޭޖަރ ޖެނެރަލް އާމިރު ޙާތަމީ ވިދާޅުވެއްޖެ. އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާގައި ޚާމަނާއީގެ އިތުރުން އާއިލާގެ ބައެއް މެންބަރުންނާއި ސިފައިންގެ އިސް ކޮމާންޑަރުންތަކެއް އަވަހާރަވެފައިވާއިރު، މި ޖަރީމާ ހިންގި ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގައި އީރާނުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި.

ރާއްޖެ އެމްވީ | 5 ޖުލައި 2026 | އާދީއްތަ 15:14
އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް، މޭޖަރ ޖެނެރަލް އާމިރު ހާތަމީ

އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް، މޭޖަރ ޖެނެރަލް އާމިރު ހާތަމީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލިތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކަމުގެ ބަދަލުހިފުމަށް ކުރާ މަސައްކަތް އީރާނުން ދުވަހަކުވެސް ހުއްޓާނުލާނެ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

މޭޖަރ ޖެނެރަލް އާމިރު ހާތަމީ މިހެން ވިދާޅުވީ، އާޔަތުﷲ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ މެންބަރުންގެ ޖަނާޒާގެ ރަސްމިއްޔާތުތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ދެވަނަ ދުވަސް ކަމަށްވާ އާދީއްތަ ދުވަހު ވާހަކަދައްކަވަމުންނެވެ.

ހާތަމީ ވިދާޅުވީ، މި ޖަރީމާ ހިންގި މީހުންނަށް އީރާނުގެ ރައްޔިތުންނާއި ސިފައިން އިންސާފު ހޯދުމަށް ކުރާ މަސައްކަތް ދުވަހަކުވެސް ހުއްޓާނުލާނެކަން އެނގެންޖެހޭނެ ކަމަށެވެ. އަދި އެ މީހުންނަށް ދޫނުދޭނެ ކަމަށާއި، މިއީ ނަތީޖާ ހާސިލްވަންދެން އީރާނުން ސާބިތުކަމާއެކު ދެމިއޮންނާނެ ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ފުރަތަމަ ދުވަހު، ތެހެރާންގައި ހުންނަ އާޔަތުﷲ ޚާމަނާއީގެ އޮފީހަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ އިތުރުން އާއިލާގެ މެމްބަރުންތަކަކާއި ސިފައިންގެ އިސް ކޮމާންޑަރުންތަކެއް ވަނީ އަވަހާރަވެފަ އެވެ.

އެމެރިކާ އާއި އިސްރާއީލުގެ މި އުދުވާނާ ގުޅިގެން އީރާނުން ވަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކާއި، އިސްރާއީލުން ހިފާފައިވާ ބިންތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާތައް ހިމެނެ އެވެ.

އެހެންނަމަވެސް، އާޔަތުﷲ ޚާމަނާއީ އަވަހާރަކޮށްލި މައްސަލައިގައި، އެންމެ ފަހުގެ އަދި އެންމެ ވަރުގަދަ ބަދަލު ހިފުމަކަށް އީރާނުން އިންތިޒާރު ކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާގައި އަވަހާރަވިއިރު ޚާމަނާއީގެ އުމުރުފުޅަކީ 86 އަހަރެވެ. އެމަނިކުފާނަކީ އީރާނުގެ އިންގިލާބަށްފަހު އެ ގައުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ދެވަނައަށް އެންމެ ނުފޫޒުގަދަ ޝަޚުސިއްޔަތެވެ. އާޔަތުﷲ ޚާމަނާއީ ވަނީ އީރާނުގެ ރައީސްކަން ދެ ދައުރަކު ފުރުއްވުމަށްފަހު، 1989 ވަނަ އަހަރު އިންގިލާބުގެ ބާނީ އާޔަތުﷲ ޚުމައިނީގެ ފަހުން ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.

މަސްދަރު: ޕްރެސްޓީވީ

އާޔަތުﷲ މުޖުތަބާ ޚާމަނާއީއީރާން-ޔޫއެސްއޭ-އިސްރާއީލްޖެނެރަލް އާމިރު ހާތަމީ

އިތުރަށް ކިޔާލަން

04 ޖުލައި 2026

މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް

04 ޖުލައި 2026
މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް
04 ޖުލައި 2026

ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ

04 ޖުލައި 2026
ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ
03 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

03 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ
02 ޖުލައި 2026

ރޫހާނީ ލީޑަރުގެ ޖަނާޒާގެ އިންތިޒާމުތައް ކުރަމުން ދަނިކޮށް، ހަމަލާ އެއް ނުދިނުމަށް އީރާނުން އެމެރިކާއާއި އިސްރާއީލަށް އިންޒާރު ދީފި

02 ޖުލައި 2026
ރޫހާނީ ލީޑަރުގެ ޖަނާޒާގެ އިންތިޒާމުތައް ކުރަމުން ދަނިކޮށް، ހަމަލާ އެއް ނުދިނުމަށް އީރާނުން އެމެރިކާއާއި އިސްރާއީލަށް އިންޒާރު ދީފި
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
14 ޖޫން 2026

ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟

14 ޖޫން 2026
ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟
06 ޖޫން 2026

ޓްރަމްޕް: އިރާނުގެ އާ ލީޑަރާ ބައްދަލުކުރުމަކީ "ޝަރަފެއް"

06 ޖޫން 2026
ޓްރަމްޕް: އިރާނުގެ އާ ލީޑަރާ ބައްދަލުކުރުމަކީ "ޝަރަފެއް"
20 މެއި 2026

އީރާނުގެ ކުރީގެ ރައީސް އަހްމަދީނިޖާދުގެ ގެކޮޅަށް ދިން ހަމަލާއަކީ، އޭނާ ގޭބަންދުން ސަލާމަތްކުރުމުގެ މަގްސަދުގައި ދިން ހަމަލާއެއް: ރިޕޯޓް

20 މެއި 2026
އީރާނުގެ ކުރީގެ ރައީސް އަހްމަދީނިޖާދުގެ ގެކޮޅަށް ދިން ހަމަލާއަކީ، އޭނާ ގޭބަންދުން ސަލާމަތްކުރުމުގެ މަގްސަދުގައި ދިން ހަމަލާއެއް: ރިޕޯޓް
04 މެއި 2026

އީރާނުން އެމެރިކާއަށް އިންޒާރު: ހޮރްމޫޒް ކަނޑުއޮޅިއާ ގާތް ނުވާތި!

04 މެއި 2026
އީރާނުން އެމެރިކާއަށް އިންޒާރު: ހޮރްމޫޒް ކަނޑުއޮޅިއާ ގާތް ނުވާތި!
02 މެއި 2026

ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ސްޕިރިޓް އެއާލައިންސް އިން ވިޔަފާރި ހުއްޓާލަން ނިންމައިފި

02 މެއި 2026
ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ  ސްޕިރިޓް އެއާލައިންސް އިން ވިޔަފާރި ހުއްޓާލަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް