Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ރޫހާނީ ލީޑަރުގެ ޖަނާޒާގެ އިންތިޒާމުތައް ކުރަމުން ދަނިކޮށް، ހަމަލާ އެއް ނުދިނުމަށް އީރާނުން އެމެރިކާއާއި އިސްރާއީލަށް އިންޒާރު ދީފި

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރުގެ ޖަނާޒާގެ ކަންކަން ތައްޔާރުވަމުންދާއިރު، އެ ގައުމަށް އެއްވެސް ހަމަލާއެއް ނުދިނުމަށް އީރާނުގެ އަސްކަރިއްޔާއިން އެމެރިކާއާއި އިސްރާއީލަށް ވަނީ އިންޒާރު ދީފި. މި ޖަނާޒާގައި ޕާކިސްތާނާއި، ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަން އިއުލާންކޮށްފައިވާއިރު، މި ދުވަސްވަރު އީރާނުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައި.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 12:25
އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ތައްޔާރީތައް އެ ގައުމުގައި ވަނީ ފަށާފައި

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ތައްޔާރީތައް އެ ގައުމުގައި ވަނީ ފަށާފައި | ގެޓީ އިމޭޖަސް

ހަނގުރާމައިގެ ފުރަތަމަ ދުވަހު ދިން ވައިގެ ހަމަލާތަކެއްގައި އަވަހާރަވި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން ތައްޔާރުވަމުންދަނިކޮށް، އެމެރިކާއާއި އިސްރާއީލުން އީރާނަށް އެއްވެސް ހަމަލާއެއް ނުދިނުމަށް އެ ގައުމުގެ އަސްކަރީ ކޮމާންޑަރަކު ބުރާސްފަތި ދުވަހު އިންޒާރު ދެއްވައިފި އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ބަޔާނެއްގައި، ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ކޮމާންޑަރު އަލީ އަބްދުﷲހީ ވިދާޅުވީ، އީރާނުގެ ދުޝްމަނުން، ޚާއްސަކޮށް އެމެރިކާއާއި ޒަޔަނިސްޓް އިސްރާއީލުން ކަމެއް ނިންމާ އިރު ގޯސް ހިސާބުތަކެއް ނުޖެހުމަށް އިންޒާރު ކުރާ ކަމަށެވެ. އަދި އީރާނަށް ދޭ އެއްވެސް އުދުވާނީ ހަމަލާއަކަށް ނުވަތަ ކުރިމަތިކުރާ ނުރައްކަލަކަށް އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން ދޭނެ ވަރުގަދަ ބަދަލާ މެދު ވިސްނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނި ގޮތުގައި، އީރާނުގެ ކުރީގެ ރޫހާނީ ލީޑަރުގެ ޖަނާޒާގައި އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު އިއުލާންކުރި ގޮތުގައި، ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް މެންބަރެއް ކަމަށްވާ ހީ ވޭ ވެސް މި ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭނާއަކީ ޗައިނާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމިޓީގެ ނައިބު ރައީސެވެ.

އިންޑިއާއިން ބުރާސްފަތި ދުވަހު ބުނީ، ޚާމަނާއީގެ ޖަނާޒާގައި އެ ގައުމު ތަމްސީލުކުރައްވާނީ ޑެޕިއުޓީ ފޮރިން މިނިސްޓަރާއި ސްޓޭޓް ގަވަރުނަރެއް ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބިހާރުގެ ގަވަރުނަރު ސައްޔިދު އަތާ ހަސްނައިން އާއި ޑެޕިއުޓީ ފޮރިން މިނިސްޓަރު ޕަބިތުރާ މާގަރީޓާ ޖުލައި މަހުގެ 3 ވަނަ ދުވަހު އީރާނަށް ވަޑައިގަންނަވާނެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ރަސްމިއްޔާތުގައި އިންޑިއާގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި ސަގާފީ ގުޅުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ސިޔާސީ އަދި އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށް ލިބޭ ބާރެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ޚާމަނާއީގެ ޖަނާޒާގެ ހަރަކާތްތައް ޖުލައި 4 ވަނަ ދުވަހު ތެހެރާނުގައި ފެށުމަށް ހަމަޖެހިފައިވާއިރު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމާ ހަމައަށް މި ހަރަކާތްތައް ކުރިއަށްދާނެ އެވެ. މީގެ އިތުރުން ގުމް އަދި އިރާގުގައި ވެސް ޚާއްސަ ރަސްމިއްޔާތުތަކެއް ބޭއްވުމަށް ވަނީ ރޭވިފަ އެވެ.

އީރާނުގެ މިހާރުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ އަވަހާރަކޮށްލާނެ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ދެއްވި އިންޒާރާ ގުޅިގެން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވެސް ބުދަ ދުވަހު ވަނީ މިފަދަ އިންޒާރެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ އީރާނުގެ ރައްޔިތުންނަށް ނުވަތަ ލީޑަޝިޕަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ވަގުތުން ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަނާޒާގެ ދުވަސްވަރު ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އިސްވެރިޔާ ބުދަ ދުވަހު ވިދާޅުވީ، ތެހެރާނާއި މަޝްހަދު ހިމެނޭހެން ބައެއް ސިޓީތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރާނެ ކަމަށެވެ.

އީރާން-އިޒްރޭލްއާޔަތުﷲ މުޖުތަބާ ޚާމަނާއީމުޖްތަބާ ހާމަނީއައްބާސް އަރަގްޗީ

އިތުރަށް ކިޔާލަން

02 ޖުލައި 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު

02 ޖުލައި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު
02 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި

02 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި
01 ޖުލައި 2026

އީރާނުގެ ރޫހާނީ ލީޑަރަށް އިސްރާއީލުން ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދީފި

01 ޖުލައި 2026
އީރާނުގެ ރޫހާނީ ލީޑަރަށް އިސްރާއީލުން ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދީފި
01 ޖުލައި 2026

ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް

01 ޖުލައި 2026
ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް
01 ޖުލައި 2026

ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި

01 ޖުލައި 2026
ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި
30 ޖޫން 2026

އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޖޫން 2026
އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
30 ޖޫން 2026

އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ

30 ޖޫން 2026
އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ
30 ޖޫން 2026

އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!

30 ޖޫން 2026
އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް