Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސްޕިރިޓް އެއާލައިން

ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ސްޕިރިޓް އެއާލައިންސް އިން ވިޔަފާރި ހުއްޓާލަން ނިންމައިފި

އެމެރިކާގެ ސްޕިރިޓް އެއާލައިންސްގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލަން ނިންމީ، އެއާލައިން ސަލާމަތްކުރުމަށް ސަރުކާރާއެކު ކުރި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން. މެދުއިރުމަތީގެ ހަނގުރާމައާ ހުރެ ތެލުގެ އަގު އިންތިހާއަށް އުފުލުމަކީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި އެއާލައިން މުޅިން އިނދަޖެހުނު މައިގަނޑު ސަބަބު. މި ނިންމުމާއެކު ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފައިވާއިރު، ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ރިފަންޑް ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި.

ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 16:30
ކެލިފޯނިއާގެ ލޮސް އެންޖެލިސްގައި ހުންނަ ލޮސް އެންޖެލިސް އިންޓަނޭޝަނަލް އެއާޕޯޓުން (އެލް.އޭ.އެކްސް) 2023 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހު، ސްޕިރިޓް އެއާލައިންސްގެ ބޯޓެއް އުދުއްސާލަނީ.

ކެލިފޯނިއާގެ ލޮސް އެންޖެލިސްގައި ހުންނަ ލޮސް އެންޖެލިސް އިންޓަނޭޝަނަލް އެއާޕޯޓުން (އެލް.އޭ.އެކްސް) 2023 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހު، ސްޕިރިޓް އެއާލައިންސްގެ ބޯޓެއް އުދުއްސާލަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދޭން ނިންމި 500 މިލިއަން ޑޮލަރު (368 މިލިއަން ޕައުންޑް) ގެ ބެއިލްއައުޓް ނުވަތަ މާލީ އެހީތެރިކަން ކާމިޔާބު ނުވުމާ ގުޅިގެން، ސްޕިރިޓް އެއާލައިންސްގެ ވިޔަފާރި އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ.

އަގުހެޔޮކޮށް ދަތުރުތައް ބާއްވަމުން އައި މި އެއާލައިން ބަނގުރޫޓުވިޔަނުދީ ސަލާމަތްކުރުމަށްޓަކައި، އެމެރިކާ ސަރުކާރާއެކު މީގެ ކުރިން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ.

ނަމަވެސް، އެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އެ އެއާލައިންގެ ވެބްސައިޓުގައި ހޮނިހިރު ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެއާލައިންގެ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ފަހުގެ ތާރީޚެއްގައި ދެވަނަ ފަހަރަށް ބަނގުރޫޓުވުމުން ސަލާމަތްވުމަށް ސްޕިރިޓް އެއާލައިންސްއިން މަސައްކަތް ކުރަމުން ދަނިކޮށް، އީރާނުގައި އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމަކީ އެ އެއާލައިން މުޅިން އިނދަޖެހިގެން ދިޔަ ސަބަބެވެ.

މި ނިންމުމާއެކު، ސްޕިރިޓް އެއާލައިންސްއިން ކުރިއަށް ރާވާފައި ހުރި ހުރިހާ ފްލައިޓްތަކެއް މިހާރު ވަނީ ކެންސަލްކޮށްފައެވެ.

ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި އެއާލައިނުން ބުނީ، ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު ބޭނުންކޮށްގެން ޓިކެޓް ގަނެފައިވާ ފަރާތްތަކަށް، އެ ފައިސާ ދެއްކި އެކައުންޓަކަށް އޮޓޮމެޓިކުން ރިފަންޑް ޖަމާކޮށްދޭނެ ކަމަށެވެ.

އެއާލައިނެއްގެ ޖުމްލަ ޚަރަދުގެ 40 އިންސައްތައަކީ ތެލުގެ ޚަރަދަށް ވާއިރު، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ވަނީ ދެގުނައަށް އުފުލިފައެވެ.

އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ރޭމަންޑް ޖޭމްސްގެ އެއާލައިން އެނަލިސްޓް ސަވަންތީ ސައިތު ވިދާޅުވީ، އީރާނު ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލުމަކީ ސްޕިރިޓް އެއާލައިންސް މުޅިން ހުއްޓުމަކަށް އައުމަށް ދިމާވި އެންމެ ބޮޑު ސަބަބު ކަމަށެވެ.

ބީބީސީއަށް މައުލޫމާތު ދެއްވަމުން ސައިތު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަނގުރޫޓުވުމުގެ މަރުހަލާގައި އެއާލައިނަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމަށް އެ ކުންފުނިން ފަސްޖެހިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދާ ބަނގުރޫޓުވުމުގެ މަރުހަލާގައި، ދަތުރުތައް މަދުކޮށް އަދި ބޯޓުތަކުގެ އަދަދު މަދުކުރުން ފަދަ މުހިންމު ބަދަލުތަކެއް ސްޕިރިޓްއިން ގެންނަން ފަށާފައިވާ ކަމަށެވެ.

ނަމަވެސް، އީރާނު ހަނގުރާމަ ފެށުމުގެ ކުރިންވެސް، މި އަހަރުގެ ނިޔަލަށް އެ އެއާލައިން ހިންގިދާނެތޯ ވަނީ ސުވާލު އުފެދިފައި ކަމަށް ސައިތު ފާހަގަކުރެއްވިއެވެ.

"ތެލުގެ އަގަށް މި ބަދަލު ނައި ނަމަ، ހޫނު މޫސުމުގެ ނިޔަލަށް އެއާލައިން ހިންގުނީސް. އެކަމަކު އޭގެ ފަހުންވެސް އެއާލައިން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި،" ސައިތު ވިދާޅުވިއެވެ. ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބައެއް އެއާލައިންތަކުން ދަތުރުތައް މަދުކޮށްފައިވާއިރު، އަނެއްބައި އެއާލައިންތަކުން ވަނީ ޓިކެޓުގެ އަގު ބޮޑުކޮށްފައެވެ. ހަމައެއާއެކު، ކުރިއަށް އޮތް ހަ ހަފުތާގެ ތެރޭގައި ޔޫރަޕުން މަތިންދާބޯޓަށް އަޅާ ތެޔޮ ހުސްވެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައި.އީ.އޭ) ގެ ވެރިޔާ ވަނީ ދެއްވާފައެވެ.

އޭޕްރީލް މަހުގެ ނިޔަލަށް ސްޕިރިޓް އެއާލައިންސްއިން އުންމީދުކޮށްގެން ތިބީ ޓްރަމްޕްގެ ސަރުކާރާއެކު ވެވޭ އެހީގެ އެއްބަސްވުން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ.

ނަމަވެސް އެ އެއްބަސްވުން ނާކާމިޔާބުވުމުން، ހުކުރު ދުވަހު ޓްރަމްޕް ބީބީސީގެ ޕާޓްނަރެއް ކަމަށްވާ ސީ.ބީ.އެސްއަށް ވިދާޅުވީ، އެއާލައިން ހިންގުމަށްޓަކައި "އެންމެ ފަހުގެ ހުށަހެޅުމެއް" ހުށަހަޅާފައިވާނެ ކަމަށެވެ.

އެމެރިކާ ސަރުކާރުން އެއާލައިންގެ 90 އިންސައްތަ ހިއްސާ ނަގައިގެން ހިންގުމަށް ކުރިން ރޭވި ރޭވުމަށް، ވޯލް ސްޓްރީޓާއި، ކެޕިޓަލް ހިލްގެ އިތުރުން ޓްރަމްޕްގެ ކެބިނެޓްގެ މެންބަރެއްގެ ފަރާތުންވެސް ވަނީ ބޮޑު ދެކޮޅުވެރިކަމެއް ކުރިމަތިވެފައެވެ. ޓްރާންސްޕޯޓް ސެކްރެޓަރީ ޝޯން ޑަފީ ރޮއިޓާސްއަށް ވިދާޅުވީ، މިފަދަ އެހީއެއް ދިނުމަކީ "ބޭކާރުވެފައިވާ ކަމަކަށް އިތުރު ފައިސާތަކެއް އުކާލުން" ފަދަ ކަމެއް ކަމަށެވެ.

ސްޕިރިޓް އެއާލައިންސްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ބައެއް އެއަރޕޯޓް ތަކާއި ވައިގެ ސަރަހައްދު ބައިނަލްއަގުވާމީ ފްލައިޓްތަކަށް ހުޅުވާލައިފި

އީރާނުގެ ބައެއް އެއަރޕޯޓް ތަކާއި ވައިގެ ސަރަހައްދު ބައިނަލްއަގުވާމީ ފްލައިޓްތަކަށް ހުޅުވާލައިފި

18 އެޕްރީލު 2026
ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ

ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ

17 އެޕްރީލު 2026
ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް

ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް

17 އެޕްރީލު 2026
އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކުރަން އެމެެރިކާއިން ނިންމި ނިންމުމަށް އިޒްރޭލުން ތާއީދު ކޮށްފި

އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކުރަން އެމެެރިކާއިން ނިންމި ނިންމުމަށް އިޒްރޭލުން ތާއީދު ކޮށްފި

13 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ

ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު