Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޚާމަނާއީގެ ޖަނާޒާ

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބާއްވާ ޖަނާޒާގެ ރަސްމިއްޔާތުތައް އީރާނާއި އިރާގުގެ އެކި ސިޓީތަކުގައި ފަށައިފި. މި ރަސްމިއްޔާތުތަކުގައި ބޭރު ގައުމުތަކުގެ އިސްވެރިންނާއި އެތައް މިލިއަން ރައްޔިތުން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، މިއީ އެ ގައުމުގެ ތާރީޚުގައި ބޭއްވޭ އެންމެ ބޮޑު ޖަނާޒާއަށް ވާނެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ވެރިރަށް ތެހެރާން ބަންދުކޮށްފައިވާއިރު، ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު މަޝްހަދުގައި.

ރާއްޖެ އެމްވީ | 3 ޖުލައި 2026 | ހުކުރު 06:13
Your browser does not support the video tag.
0:00 / 0:00

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެމަނިކުފާނުގެ ޖަނާޒާގެ ރަސްމިއްޔާތުތައް އެ ގައުމުގެ ވެރިރަށް ތެހެރާނުގައި ފަށައިފިފ | އެކްސް

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ޖުލައި މަހުގެ 3 ވާ ހުކުރު ދުވަހުން ފެށިގެން ޖުލައި 9 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އީރާނާއި އިރާގުގެ އެކި ސިޓީތަކުގައި ކުރިއަށްދާނެ ކަމަށާއި، އޭނާ ފަސްދާނުލުން އޮންނާނީ މަޝްހަދުގައި ކަމަށް އިއުލާންކޮށްފި އެވެ.

މެދުއިރުމަތީގެ ހަނގުރާމަ ފެށުމަށް މެދުވެރިވި އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގައި އަވަހާރަވި އީރާނުގެ އެންމެ މަތީ ވެރިޔާގެ ހަށިކޮޅު، ޖަނާޒާގެ ކުރިން ތެހެރާންގެ ގްރޭންޑް މުސައްލާއަށް ހުކުރު ދުވަހު ގެނެސްފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އަލީ ޚާމަނާއީގެ ރަސްމީ ޖަނާޒާގައި އެތައް މިލިއަން ރައްޔިތުންނާއި ބޭރު ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވޭއިރު، އޭނާ އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ރޫހުގައި ގިނަ އަދަދެއްގެ ބަޔަކު މި ރަސްމިއްޔާތަށް ނުކުތުމަށް އީރާނުގެ ޗީފް ނެގޯޝިއޭޓަރު ވަނީ ގޮވާލައްވާފަ އެވެ.

އީރާނުގެ ދިދައިން ނިވާކޮށްފައިވާ ޚާމަނާއީގެ ސަންދޯއްޕުޅު، އެ ގައުމުގެ އެންމެ މުހިންމު އެއް މަރުކަޒު ކަމަށްވާ ގްރޭންޑް މުސައްލާއަށް ވައްދާ މަންޒަރު ފެންނަ ފޮޓޯތައް ވަނީ އާންމުވެފަ އެވެ.

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ، އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތަކާއި ހިނގާލުންތައް، ޖުލައި މަހުގެ 3 ވާ ހުކުރު ދުވަހުން ފެށިގެން ޖުލައި މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ، އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތަކާއި ހިނގާލުންތައް، ޖުލައި މަހުގެ 3 ވާ ހުކުރު ދުވަހުން ފެށިގެން ޖުލައި މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި | ސްކްރީން އިމޭޖް

މީގެ އިތުރުން، ޖަނާޒާގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ކަޅު ހެދުމުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާ މަންޒަރާއި، ރަތް ފިނިފެންމަލުން ޒީނަތްތެރިކޮށްފައިވާ މައިދާނެއްގައި ސަންދޯއްޕުޅު ބާއްވާފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.

ހަނގުރާމަ ވަރުގަދަވުމުގެ ސަބަބުން ފަސްކުރެވުނު ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް މިހާރު ކުރިއަށްދަނީ، ހަނގުރާމަ ހުއްޓާލުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ވަގުތީ އެއްބަސްވުމަކަށްފަހު ގާއިމުވެފައިވާ ނާޒުކު ސުލްހައިގެ މާހައުލެއްގަ އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި މުހިންމު ދައުރެއް އަދާކުރި ޕާކިސްތާނުން ބުނީ، އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މި ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ޗައިނާ އާއި އަފްޣާނިސްތާނުގެ އިތުރުން ދުނިޔޭގެ އެތައް ގައުމުތަކުން ވެސް މި ރަސްމިއްޔާތަށް މަންދޫބުން ފޮނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ބުރާސްފަތި ދުވަހު މަސައްކަތްތެރިން ގްރޭންޑް މުސައްލާ ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު، ސަލާމަތީ ބާރުތަކުން ދިޔައީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ހުއްޓުވައި ބަލައިފާސްކުރަމުންނެވެ.

އީރާނުގެ ޗީފް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގަލީބާފް ބުރާސްފަތި ދުވަހު ވަނީ، އީރާނުގެ ހުރިހާ ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވެ، އިސްލާމީ އީރާނުގެ ތާރީޚުގައި ފަޚުރުވެރި ސަފުހާއެއް ލިޔުމަށް ގޮވާލައްވާފަ އެވެ.

އީރާނުގެ ޕާލަމެންޓުގެ ރައީސްކަން ވެސް ކުރައްވާ ގަލީބާފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބަދަލުހިފުމަށް އެދި ގައުމުގެ ރައްޔިތުން ގޮވާލާ ގޮވުން މުޅި ދުނިޔޭގެ ކަންފަތްތަކަށް އިވޭންޖެހޭނެ ކަމަށެވެ.

ޚާމަނާއީ އަވަހާރަވީ އުމުރުފުޅުން 86 އަހަރުގަ އެވެ. އޭނާ އަވަހާރަވީ އީރާނުގެ ވެރިރަށް ތެހެރާންގެ މެދުތެރޭގައި ހުންނަ އޭނާގެ ރަސްމީ ގަނޑުވަރަށް ދިން ހަމަލާތަކުގަ އެވެ.

ޚާމަނާއީގެ ހަށިކޮޅު ތިން ދުވަސް ވަންދެން ބޭއްވުމަށް ހަމަޖެހިފައިވަނީ އޭނާގެ ފޮޓޯފުޅުތަކާއި އިބުރަތްތެރި ބަސްފުޅުތައް ހިމެނޭ ބެނާތަކުން ޒީނަތްތެރިކޮށްފައިވާ ބިޔަ ގްރޭންޑް މުސައްލާގަ އެވެ.

މީގެ އިތުރުން، އެ ހަމަލާގައި އަވަހާރަވި އޭނާގެ އާއިލީ ބޭފުޅުންގެ ހަށިކޮޅުތައް ވެސް އެތަނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެކި ސިޓީތަކުގައި ބޭއްވޭ ހަރަކާތްތައް 

އޮފިޝަލުން ލަފާކުރާ ގޮތުގައި މި ޖަނާޒާގެ ރަސްމިއްޔާތުތަކުގައި 15 އާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެ އެވެ. މިއީ އެ ގައުމުގެ ތާރީޚުގައި ބޭއްވޭ އެންމެ ބޮޑު ޖަނާޒާއަށް ވާނެއެވެ.

ގަލީބާފް ސިފަކުރެއްވި ގޮތުގައި މިއީ އީރާނުގެ ތާރީޚުގައި އަންނާނެ "އެންމެ މުހިންމު އެއް ވަގުތެވެ."

ޖަނާޒާގެ ކަންކަން ކުރިއަށްދާއިރު، ވެރިރަށް ތެހެރާންގެ އިތުރުން، ޖަނާޒާގެ ފަހުގެ މަރުހަލާތަކާއި ފަސްދާނުލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ އީރާނުގެ މުގައްދަސް ސިޓީތައް ކަމަށްވާ ގުމް އަދި މަޝްހަދުގައި ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ ތެހެރާންގެ ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައް ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަދި ޓްރެފިކް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ސިޓީގެ މެދުތެރޭގެ ބޮޑު ބަޔަކަށް އަމިއްލަ އުޅަނދުތަކަށް ނުވަދެވޭނެ އެވެ.

ތެހެރާންގެ ވައިގެ ސަރަހައްދު ހުކުރު ދުވަހުން ފެށިގެން ބައެއް ގަޑިތަކުގައި ބަންދުކުރާނެ ކަމަށާއި، ހޯމަ ދުވަހު އެއްކޮށް ބަންދުވާނެ ކަމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ތެހެރާންގައި ބޭއްވޭ ރަސްމިއްޔާތުތަކަށްފަހު، ޚާމަނާއީގެ ހަށިކޮޅު އިރާގުގެ މުގައްދަސް ސިޓީތައް ކަމަށްވާ ނަޖަފް އަދި ކަރުބަލާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ފަހުން، ޖުލައި 9 ވަނަ ދުވަހު އޭނާ ފަސްދާނުލާނީ އޭނާ އުފަންވި ރަށް ކަމަށްވާ އީރާނުގެ އިރުއުތުރުގައި އޮންނަ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގަ އެވެ.

އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައި ނުވާ ޚާމަނާއީގެ ދަރިކަލުން އަދި އޭނާގެ ފަހުން ވެރިކަމަށް ވަޑައިގަންނަވާ މުޖުތަބާ، ތެހެރާންގައި ބާއްވާ މައި ޖަނާޒާގައި ސަލާމަތީ ސަބަބުތަކަށްޓަކައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ބައެއް ރިޕޯތްތައް ބުނެ އެވެ.

މި ޖަނާޒާގައި ގާތްގަނޑަކަށް 30 ގައުމެއްގެ މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، އަވަށްޓެރި އިރާގާއި، އަފްޣާނިސްތާނާއި ޕާކިސްތާނުން ގިނަ އަދަދެއްގެ ބަޔަކު ދަނީ އީރާނަށް ޖަމާވަމުންނެވެ.

އާޔަތުﷲ މުޖުތަބާ ޚާމަނާއީއީރާންއީރާން-އެމެރިކާމަޝްހަދު

އިތުރަށް ކިޔާލަން

03 ޖުލައި 2026

ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް

ހުރްމުޒް ކަނޑު އޮޅިން ދަތުރު ކުރަމުން އަންނަ ތެޔޮ ޓޭންކަރު ތަަކަށް ރައްކާތެރިކަމާ އެކު، އަދި ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ އެމެރިކާ އިން ބޭނުންވި އަމާޒު ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 350 އެމެރިކާ ޑޮލަރަށް އެރުމުން ހުއްޓިފައިވާ ކަަމަށް ޓްރަމްޕް ވަނީ ފާހަގަ ކުރައްވާފައި.

03 ޖުލައި 2026
ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް
02 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި

ޕާކިސްތާންގެ ފޮރިން މިނިސްޓްރީ އިން މިކަން ހާމަ ކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އެ މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ބޮޑު ވަޒީރު މި ދަތުރުފުޅު ކުރައްވާނީ އީރާން އާއި ޕާކިސްތާންއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަ ކުރައްވައި، އީރާންގެ ސަރުކާރު އަދި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވުމުގެ ގޮތުން ކަމަށް.

02 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި
02 ޖުލައި 2026

ރޫހާނީ ލީޑަރުގެ ޖަނާޒާގެ އިންތިޒާމުތައް ކުރަމުން ދަނިކޮށް، ހަމަލާ އެއް ނުދިނުމަށް އީރާނުން އެމެރިކާއާއި އިސްރާއީލަށް އިންޒާރު ދީފި

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރުގެ ޖަނާޒާގެ ކަންކަން ތައްޔާރުވަމުންދާއިރު، އެ ގައުމަށް އެއްވެސް ހަމަލާއެއް ނުދިނުމަށް އީރާނުގެ އަސްކަރިއްޔާއިން އެމެރިކާއާއި އިސްރާއީލަށް ވަނީ އިންޒާރު ދީފި. މި ޖަނާޒާގައި ޕާކިސްތާނާއި، ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަން އިއުލާންކޮށްފައިވާއިރު، މި ދުވަސްވަރު އީރާނުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައި.

02 ޖުލައި 2026
ރޫހާނީ ލީޑަރުގެ ޖަނާޒާގެ އިންތިޒާމުތައް ކުރަމުން ދަނިކޮށް، ހަމަލާ އެއް ނުދިނުމަށް އީރާނުން އެމެރިކާއާއި އިސްރާއީލަށް އިންޒާރު ދީފި
02 ޖުލައި 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު

ޤަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤަތަރާއި ޕާކިސްތާން އިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެމެރިކާ އަދި އީރާންގެ މަންދޫބުންނާ އެކު ވަކި ވަކިން ބޭއްވި ބައްދަލުވުންތައް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް. މި ބައްދަލުވުން ތަކުގައި "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން"އާ ގުޅޭ ކަންކަމުގައި ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި.

02 ޖުލައި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު
02 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި

މި ބޯޓަކީ ކޮމޮރޯސްގެ ދިދަ ޖަހައިގެން ދަތުރުކުރާ ބޯޓަކަށް ވީ ނަމަވެސް، މިއީ އީރާންގެ ތެލުގެ މަހުޖަނެއް ކަމަށްވާ މުޙައްމަދު ޙުސައިން ޝަމްޚާނީގެ ބެލުމުގެ ދަށުން ހިންގާ އޮޕަރޭޝަނެއްގެ ބައެއް ކަމަށް އެ ފަރާތްތަކުން ބުނެފައިވޭ.

02 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު